A wide advertisement which will be shown on all devices. (700 x 100)

އިއްޔެގެ ހުކުމާއެކު އެމްޕީ ޝާހުގެ ގޮނޑި ގެއްލޭނެ ބާ؟

އެމްޕީ ޝާހުގެ ދާއިރާއަކީ މިހާތަނަށް ޕީޕީއެމަށް މުޅިރާއްޖެއިން ވެސް އެންމެ ބޮޑު ތަރުޙީބެއް ލިބުނު ރާއިރާ

ސްޕްރިމް ކޯޓުން އިއްޔެ ނެރުނު ހުކުމާއި ގުޅިގެން ފުވައްމުލަކު އުތުރު ދާއިރާގެ މެންމަބަރު އަލީ ޝާހުގެ ގޮންޑި ގެއްލޭނެތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ. މިގޮތަށް ސުވާލު އުފެދެން މެދުވެރިވި ކަމަށް ބެލެވެނީ އިއްޔެ ސްޕްރިމް ކޯޓުގެ ހުުމް އައި ގޮތުންނެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އިންތިޚާބުވެފައިވާ ޕާޓީން، އިއްޔެ (13 ޖުލައި 2017) އިން ފެށިގެން ވަކިކުރާ މެންބަރުންނާއި ވަކިވާ މެންބަރުން އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮންޑި ގެއްލޭނެ ކަމަށެވެ.

އެ ހުކުމުގައި ވާގޮތުން އެމްޕީ ޝާހުގެ ގޮނޑި ގެއްލޭނެ ތޯ ސުވާލު އުފެދެނީ، ޝާހު އިންތިޚާބުވި ޕީޕީއެމުން ވަކިވުމަށް ކުރިން ސިޓީ ފޮނުވާފައި ވުމުންނެވެ. ޕީއެމުން ވަނީ ދާދި ފަހުން އެޕާޓީން ވަކިވުމަށް އެދުނު ބައެއް މެންބަރުން ވަކިވާނީ އެޕާޓީގެ އިސްތިއުނާފު ކޮމެޓީން ބަލަމުންދާ މައްސަލައަކަށް ފަހުގައި ކަމަށް ބުނެފައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވާއިދު ބުނާ ގޮތުން މެންބަރު ކަމުން ވަކިވުމަށް އެދި ސިޓީ ފޮނުވުމުން އެ މެންބަރަކު ޕާޓީން ވަކިވީ ކަމަށް އޮތުމުން އުފެދޭ ސުވާލެވެ.

ރޭގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ނިހާނު މީޑީއާގައި ވިދާޅުވެފައި ވަނީ އެ ޕާޓިން ވަކިވުމަށް އެދި ސިޓީ ފޮނުވި އެންމެހާ މެންބަރުން ވެސް އެނިންމުން ބަދަލުކޮށް އަނބުރާ އެޕާޓީއާއި ގުޅުމުގެ ފުރުސަތު ހުޅުވިފައިވާ ކާމަށާއި، އެޕާޓީން އެ މެމްބަރުންނަށް އަދިވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެގޮތުން އިއްޔެ އާއި ހަޔަށް ޕީޕީއެމުން ވަކިވުމަށް ކުރިން ސިޓީ ފޮނުވާފައިވާ ފަރާތްތައް ޕާޓީން ވަކިކުރަނީ އިއްޔެއަށް ވުރެ ފަހުން ކަމުގައިވާނަމަ މަޖުލިސް މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

ސިޔާސީގޮތުން އެކި ވިސްނުމުގެ ފަރާތްތަކުން މިކަމުގައި ގެންގުޅޭ ވިސްނުން ވެސް ވަރަށް ތަފާތެވެ. ސަރުކާރުގެ ފަރާތުން ގެންގުޅޭ ވިސްނުމަށް ބަލާއިރު ހާމަވަނީ އަދި އެ މެންބަރުން ޕާޓީން ވަކިނުވާކަށެވެ. މެންބަރުކަމުން ވަކިވުމަށް އެދިފައި ވިޔަސް ވަކިވާނީ ޕާޓީން ވަކިވިކަަމަށް އިލެކްޝަންސް ކަމިޝަނަށާއި އެ މެންބަރަކަށް އެންގުމުން ކަމަށެވެ. އެ މެންބަރުންގެ ސުލޫކީ މައްސަލއެއްގެ ސަބަބުން އަދި މެންބަރުކަމުން ވަކިނުކޮށް އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މެންމަބރުން ޕާޓީން ވަކިވިކަން ރައްޔިތުންގެ މަޖުލީހަށް ވެސް ހުށަހަފައި ނުވާކަމަށެވެ. ކަން މިހެން ހުރުމާއެކު މަސީހާއި އިދިކޮޅަށް ސޮއިކުރި ގިނަ މެބަރުންނަކީ އަދިވެސް ޕީޕީއެމްގެ މެންބަރުން ކަމަށާއި އެ މެންބަރުން އަނބުރާ ޕާޓީއާއި ގުޅުމަށް އެދޭކަމަށް ޕާޓީގެ އިސް ފަރާތްތަކުން މީޑިއާގައި ވަނީ ހާމަކޮށްފައެވެ. 

ޕީޕީއެމްގެ އިސް ސަފުގައި ހިމެނޭ މެންބަރުން ރޭ ޓީވީ ޗެނެލްތަކުގައި ނުސީދާގޮތުން އެ މެންބަރުންނަށް ދެއްވީ އިންޒާރުތަކެއް ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެއެވެ. އެގޮތުން އެބުނެވެނީ ‘އިންތިޚާބުވެފައިވާ މަޖުލިސް ގޮނޑި ގެއްލުވާލުމުގެ ބާރު ތިމަންނަމެން އަތުގައި އެބައޮތޭ! އަވަހަށް އަނބުރާ ޕީޕީއެމަށް އަންނާށޭ! އެހެން ނޫންނަމަ މެންބަރުކަމުގެ ގޮނޑި ގެއްލުވާލާނަމޭ!’ ކަމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ޕާޓީން ވަކިވުމަށް ހުށަހަޅާފައިވާ މެންބަރުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނަނީ އެއީ ޕީޕީއެމުން ގަސްތުގައި ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ. ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ބުނާ ގޮތުން ޕާޓީން ވަކިވުމަށް އެދި ހުށަހަޅާ ވަގުތުން ފެށިގެން އެމެންބަރަކު ސިޔާސީ ޕާޓީން ވަކިވާނެކަމަށެވެ. އިލެކްޝަނަށް ސިޓީ ފޮނުވުމާއި މަޖުލީހަށް އެންގުން އެއީ އިދާރީ ގޮތުން އެޕާޓީއަކުން ކުރަން ބޭނުން ވަގުތަކު ކުރަން ހުރިކަންކަން ކަމަށެވެ. އެގޮތަށް ބުނެ މެންބަރެއްގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށެވެ. ވަކިވުމަށް އެދުނު މެންބަރުން ވަނީ ޕާޓިން ވަކިވެފައިކަމަށެވެ.

މެންބަރުކަމަށް ވުމަށް އެދި ސިޓީ ފޯމު ފުރާފައި ޕާޓީ އޮފީހަށް ހުށަހެޅުމުން މެންބަރުކަމަށް ވެ ޕާޓީގެ އިންތިޚާބުތަކުގައި ވޯޓު ވެސް ދެމުންދާކަމީ ޕީޕީއެމްއާއި އެހެން ޕާޓީތަކުން އަމަލުކުރަމުން އަން ގޮތްކަމަށެވެ. އެފަދަ ކޮންމެ މެންބަރެއްގެ ނަން ޕާޓީގެ އިލެކްޝަން ދަފުތަރުގައި ނޯންނަކަމަށެވެ. އެގޮތުން ބަލާއިރު ޢަމަލުކުރަމުން މިދާ އުސޫލުން ޝާހުގެ ގެބެސް އަދި އެހެން މެންބަރުންގެ ގޮންޑިވެސް ގެއްލޭނެ ތަނެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ކަންކަން ނިމިގެންދާނެ ގޮތެއް އެގޭނީ އެކަމެއް ވުމުންނެވެ. އެހެނީ ސްޕްރީމް ކޯޓުގެ މިހުކުމަކީ ވެސް ގާނޫނު އަސާސީގެ މާއްދާތަކަށްބަލާއިރު ނުނިންމޭނެ ނިންމުމެއްކަމަށް އިދިކޮޅު ފަރާތްތަކުން އައީ ބުނަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !