ހަތަރު ލައްކައެއްހާ މަދު މީސްކޮޅެއް ދިރިއުޅޭ މިދިވެހިރާއްޖޭގައި މިނިސްޓަރުގެ ނާއިބުގެ މަގާމުން ފެށިގެން މަތީ ސިޔާސީ މަގާމުތަކުގައި 167 މުވައްޒަފުން އެބަތިއްބެވެ. އެހެންކަމުން މިރާއްޖޭގެ ކޮންމެ 2360 އެއްހާ މީހަކަށް މިނިސްޓަރުގެ ނާއިބަށްވުރެ މަތީ ފެންވަރުގެ މަގާމެއް ވަނީ ހަމަޖައްސާފައެވެ. މިއަދަދަކީ މިފަދަ ކުޑަކުޑަ އާބާދީއަކަށް އެންމެ އެކަށީގެންވާ އަދެދެއްތޯއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވެބްސައިޓަށް ބަލާއިރު ރައީސް ޔާމީނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ އެންމެ 17 ކެބިނެޓް މިނިސްޓަރުންނެވެ. ނަމަވެސް މިނިސްޓަރުގެ ނާއިބުގެ ފެންވަރުގެ މަގާމުތަކުގައި 97 މުވައްޒަފުން އެބަތިއްބެވިއެވެ. މީގެއިތުރުން 37 ސްޓޭޓް މިނިސްޓަރުންނާއި އެމްބެސެޑަރުންނާއި އަދި މިނިސްޓަރުންގެ ފެންވަރުގެ 18 މެމްބަރުން އެބަތިއްބެވިއެވެ. ކުޑަކުޑަ ގައުމަކަށް މިއީ އެކަށީގެންވާ ވަރަށްވުރެ ގިނަ ސިޔާސީ މަގާމުތޯއެވެ.
ޚިޔާލުތައް