A wide advertisement which will be shown on all devices. (700 x 100)

ބޮޑު ޢީދު ފާހަގަ ކުރުން -ފުވައްމުލައް

މިފަހަރު ބޮޑުޢީދު ހޯދަޑު އަވަށުގައި ފާހަގަކުރުމަށް ޚާއްސަ ކަންތައްތަކެއް ރޭވިފައި ވޭ. ފޮޓޯ: މ.އާސިފު

މިއަދަކީ އެންމެހާ މުސްލިމުންނަށް މިއަހަރު، 1438 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. މުސްލިމުންގެ ދީނީ ރުކުނެއް ކަމުގައިވާ ޙާއްޖާއި ގުޅުގެން އަންނަ މި ޢީދަކީ އެންމެ ގިނަ މުސްލިމުން އެއްފަހަރާ ފާހަގަކުރާ ޢީދެވެ. ފިޠުރު ޢިދަށްވުރެ އަޟުޙާ ޢީދު ބޮޑުވަނީ ފިޠުރު ޢީދުގައި 3 ދުވަސް ފާހަގަ ކުރާއިރު އަޟުޙާ ޢީދުގައި 4 ދުވަސް ފާހަގަ ކުރުމާއި ފިޠުރު ޢީދު ދުވަސް ބަހެއް ފަހަރު އެކިގަމުތަކުގައި ފާހަގަކުރާ ދުވަސް ތަފާތުވާތީ އެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ މުސްލިމުން ވެސް އަޟުޙާ ޢިދު ފާހަގަކުރަނީ އެއް ދުވަހެއްގައި ކަމަށް ވުން ވެސް ހިމެނެއެެވެ.

މީގެ އިތުރުން އަޟުޙާ ޢީދާއި ގުޅިގެން އަންނަ ދުވަސްތައް އުފަލާއި މަޖާކުރުމުގައި ހޭދަކުރުން އިތުރުވާތީ ވެސް މެއެވެ. އެކަމަކު ފިޠުރު ޢީދުގެ ފުރަތަމަ ދުވަހަށްފަހު، ދެން އަންނަ ދުވަސްތަކުގައި ގިނަބަޔަކު 6 ދުވަހުގެ ރޯދައިގެ އަޅުކަމަކަށް އެނބުރި ރުޖޫއަ ވުމުން އީދުގެ އުފަލާއި މަޖާކުރުން ކުޑަވެގެން ދެއެވެ. ވުމާއެކު ފިޠުރު ޢީދު ދިވެހިންގެ ތެރޭގައި މަޝްހޫރީ ބޮޑަށް ކުޑަ އީދުގެ ގޮތުގައެވެ.

ފުވައްމުލަކުގައި ކުޑަޢީދާއި ބޮޑު ޢީދު ފަހަގަ ކުރުމުގައި އެހާ ބޮޑު ފަރަގެއް އޮންނަ ކަމަކަށް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުުގައި މިތަފާތު ވަރަށް ބޮޑަށް ވެސް ތަފާތެވެ. އެގޮތުން ކޯޑީ ނެރުމާއި މާލި ނެރުމާއި ބޮޑުމަސް ކުޅިވަރާއި ބޮޑުބެރު ފަދަ ސަގާފީ ކުޅިވަރުތަކަށް ބޮޑަށް ޚާއްސަ ވެގެން ދެއެވެ. އެކަމަކު ފުވައްމުލަކުގައި މި ދެ ޢީދުގައި ވެސް ކުޅޭ ކުޅިވަރުތަކުގައި މާކަ ބޮޑު ތަފާތެއް ނުހުރެއެވެ. 

ފުވައްމުލަކުަގއި ބޮޑު ޢީދު ގައި ގިނައިން އޮންނަނި ރަށުގެ ކޮންމެ އަވަށެއް ވެސް ވަކިން އެމީހުންގެ ކުޅިވަރު ކުދި މުބާރާތްތަކެއް ސިފާގައި މުޅި ޢީދުގެ ދުވަސްތައް ކުޅިވަރު ކުޅުމުގައި ފާހަގަ ކުރަމުން ދިއުމެވެ. އެގޮތުން ގިނައިން ކުޅެނީ ވެސް ފުޓުބޯޅަ، ވޮލީ، ނެޓްބޯޅަ، ފައިގަތަޅާ، ފެންކުޅި، ވާދެމުން، ސުވާ  ފަދަ ކުޅިވަރު ތަކެވެ. މިކުޅިވަރުތަކުގެ އިތުރުން ތަފާތު އައު ކުޅިވަރުތައް ވެސް ކުޅެއެވެ. އެގޮތުން ވޯޓަރ ޕޯލޯ، ފަދަ އައު ކުޅިވަރުތައް ތަޢާރަފުކުރަމުން އާދެއެވެ. 

މިފަހަރުގެ ބޮޑު ޢީދު ފާހަގަ ކުރުމުގެ ގޮތުން ހޯދަޑު އަވަށުން ކުޅިވަރުގެ ޚާއްސަ ހަރަކާތްތަކެއް ވަރަށް ފޯރިއާއެކު ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !