A wide advertisement which will be shown on all devices. (700 x 100)

“ޓާރގެޓެޑް ސެންކްޝަންސް” އަކީ ކޮބާ؟

ދަތިކުރުމުގެ ފިޔަވަޅުތަކަކީ ސަރުކާރުތަކުން ނުހަނު ކަންބޮޑުވާ ފިޔަވަޅުތަކެއް.

ޓާރގެޓެޑް ސެންކްޝަންސް ނުވަތަ ސްމާރޓް ސެންކްޝަންސް އަކީ ބައިނަލް އަގުވާމީ އިދާރާއަކުން (ތަކުން) ގައުމެއްގެ ވަކި ބަޔަކާއި މެދު އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ. އެގޮތުން ފިޔަވަޅު އަޅަނީ ގައުމެއްގެ ނުވަތަ ޖާމާއްތެއްގެ ބަޔަކު އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީގެ އުސޫލުތަކާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓުމުވުގެ ގޮތުންނެވެ. މިފަދަ ފިޔަވަޅުތައް އަމާޒު ކުރެވެނީ އިންސާނީ ހައްގުތައްތަކާއި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމަށް ހަވާލުވެފައިވާ ފަރާތްތަކާއި މެދުގައެވެ.

އާއްމު ގޮތެއްގައި މިފަދަ ފަރާތްކުގެ ތެރޭގައި ހިމެނެނީ ގައުމެއްގެ ސިޔާސީ އިސްފަރާތްތަކާއި ސަރުކާރުގެ އިސްފަރާތްކާއި ދައުލަތެއްގައި ހިމެނޭ މިނިވަން މުއައްސަސާތަކާއި އަދުލު އިންސާފު ދެމެހެއްޓުމަށް ހަވާލުވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އަދުލު އިންސާފު ނެތިކޮށްލުމަށް އަދި ޑިމޮކްރަސީގެ އުސޫލުތައް މުގުރާލުމަށް ފަންޑްކުރާ (ފައިސާ ޚަރަދު ކުރާ) ފަރާތްތަކުގެ މައްޗަށެވެ.

މިގޮތުން ބައިނަލްއަގުވާމީ ޖަމާއަތްތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ ފަރާތްތަކަށް ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރުން މަނާ ކުރުމާއި ބޭރުގެ ބޭންކު ތަކުގައި ހިމެނޭ އެފަދަ ފަރާތްތަކުގެ މުދަލާއި ފައިސާ ފްރީޒް ކުރުމާއި (ހިފެހެއްޓުމާއި) މިފަދަ ފިޔަވަޅު އަޅާ ގައުމަކަށް ފަތުރު ވެރިން ދަތުރުފަތުރު ކުރުން މަނާކުރުން އަދި ހަތިޔާރު ވިއްކުން މަނާ ކުރުން ވެސް ހިމެނެއެވެ.

ސެލެކްޓިވް ސެންކްޝަންސް އާއި ޓާރގެޓެޑް ސެންކްޝަންސް ގެ ތަފާތަކީ ކޮބާ؟

ބައިނަލްއަގުވާމީ އިދާރަތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިލެކްޓިވް ސެންކްޝަންސް އަކީ އަމާޒުކުރެވޭ ވަކިވަކި މުދަލުގެ ބާވަތް ނުވަތަ ކަންކަމެއް މަނާ ކުރުމެވެ. ސިލެކްޓިވް ސެންކްޝަންގައި ދަތިކުރުމުގެ ފިޔަވަޅު އަޅަނީ ކަނޑައެޅޭ ވަކި ބާވަތްތަކެއްގެ މުދަލާއި ވަކިވަކި ކަންކަމަކުން ލިބޭ ފައިސާ ހިފެހެއްޓުމާއި ދައުރުވުން މަނާކުރުމެވެ. މިއާއި ޚިލާފަށް ޓަރގެޓެޑް ސެންކްޝަންސްގައި ދަތިކުރެވޭނީ އަމާޒުކުރެވޭ ވަކި ބަޔެއްގެ ކަންތައްތަކެކެވެ.

ޓާރގެޓޭޑް ސެންކްޝަންއަށް ވުރެ ސިލެކްޓިވް ސެންކްޝަންސްގެ ދާއިރާ ހަނިވެގެންދެއެވެ. ހަމައެއާއެކު ބައެއް ކަންކަމަކީ މިދެބައިގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ. 

މީގެ އިތުރުން، އިކޮނޮމިކް ސެންކްޝަންސް ނުވަތަ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅަކީވެސް ބައިނަލް އަގުވާމީ އިދާރާތަކުން ގައުމުތަކާއި މެދު އަޅާ ފިޔަވަޅެކެވެ. މިފަދަ ފިޔަވަޅުން މުޅިގައުމުގެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭލެއް ބޮޑުވުމުން މި ފިޔަވަޅު އަޅަނީ މަތީގައި ބަޔާންކުރެވުނު ދެ ފިޔަވަޅަށް ވުރެ ފަހުންނެވެ. ނުވަތަ ގައުމެއްގެ ޙާލަތު މާބޮޑަށް ގޯސްވުމުންނެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބައިނަލް އަގުވާމީ އިދާރާތަކުން މިފަދަ ފިޔަވަޅުތައް އަޅަނީ ގައުމަކުން އެގައުމެއްގެ ގާނޫނު އަސާސީގައި ކަނޑައަޅަފައިވާ ކަންތައްތަކާއި ޚިލާފަށް އެގައުމެއްގެ ރައްޔިތުންނާއި މެދު ތަކުރާރުކޮށް އަމަލު ކުރަމުންދާތީ ކަމެވެ. އަދި އެގައުމަކުން އަމަލުކުރުމަށް އިގުރާރުވެފައިވާ ބައިނަލް އަގުވާމީ މުއާޙަދާތަކާއި ކަނޑައެޅިގެން ޚިލާފަަށް ތަކުރާރުކޮށް އަމަލުކޮށް ރަށްޔިތުންގެ ނިކަމެތިވަމުންދާތީއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !