17 އޮކްޓޯބަރ 2018 ( ބުދަ )

banner

ބަޖެޓް 2018: ފުވައްމުލަކު ސިޓީ ކައުންސިލަށް ތިންގުނަ ކުޑަ ބަޖެޓެއް

ފުވައްމުލައް ސިޓީ އަކަށްވުމާއިއެކު ފުރަތަމަ އެކުލަވާލި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ބަޖެޓް އޭގެކުރީ އަހަރަށްވުރެ 3 ގުނަ ކުޑަވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައިވާ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އަށް ބަޖެޓް ކޮށްފައިވަނީ 6.8 މިލިއަން ރުފިޔާއެވެ. އެއީ މިހިގާ އަހަރު ރިވައިޒްކުރި ބަޖެޓްކަމަށްވާ 18.6 މިލިއަން ރުފިޔާއަށްވުރެ ތިންގުނަ ކުޑަ އަދަދެކެވެ.

އަންނަ އަހަރު ސިޓީ ކައުންސިލްތަކަށް ލަފާކޮށްފައިވާ ބަޖެޓްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ލަފާކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެއީ 17.8 މިލިއަން ރުފިޔާއެވެެ. އެއީ ސިޓީ ކައުންސިލްތަކުގެ އިދާރާއަށް ކުރި ބަޖެޓްގެ 44 އިންސައްތައެވެ. މިއަހަރު އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 18.0 މިލިއަން ރުފިޔާއެވެ. އެއީ ކައުންސިލް އިދާރާތަކުގެ ބަޖެޓްގެ 34 އިންސައްތައެވެ.

ދެވަނަ އަށް އެންމެ ބޮޑު ބަޖެޓެއް އެކުލަވާލާފައިވާ ސިޓީ ކައުންސިލް އިދާރާ އަކީ މާލެ ސިޓީ އެވެ. އެއީ 15.9 މިލިއަން ރުފިޔާއެވެ. އެއީ އަންނަ އަހަރު ސިޓީ ކައުންސިލްތަކަށް އެކުލަވާލި ބަޖެޓްގެ 39 އިންސައްތަ އެވެ. މިއަހަރު މާލެ ސިޓީ ކައުންސިލަށް ކަނޑައަޅާފައި ވަނީ 16.2 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރުގެ ސިޓީ ކައުންސިލް އިދާރާތަކަށް ކަނޑައެޅި ބަޖެޓްގެ 31 އިންސައްތަ އެވެ.

މިއާއި ޚިލާފަށް ފުވައްމުލަކު ސިޓީ ކައުންސިލަށް ކަނޑައެޅި ބަޖެޓަކީ މާލެ ސިޓީ ކައުންސިލަށް ކަނޑައެޅި ބަޖެޓަށްވުރެ 2.3 ގިނަ ކުޑަ އަދަދެކެވެ. އަދި މިއަހަރުގެ ސިޓީ ކައުންސިލްް ތަކުގެ ބަޖެޓަށް ބަލާއިރު ފުވައްމުލަކު ސިޓީ ކައުންސިލަށް 35 އިންސައްތައިގެ ބަޖެޓެއް ދީފައިވެއެވެ. އެއީ އެހެން ހުރިހާ ސިޓީ ކައުންސިލްތަކަށް ވުރެ ބޮޑު ބަޖެޓެކެވެ. ނަމަވެސް، ސިޓީއަކަށް ވުމާއިއެކު، އެބަޖެޓެ ތިން ގުނަ ކުޑަވެ ސިޓީ ކައުންސިލް ތަކުގެ ތެރެއިން އެންމެ ކުޑަ ހޭދައެއް ކުރާ ސިޓީ ކައުންސިލަށް ފުވައްމުލައް ވެގެން ދާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް ކުރާ ހޭދަ ކުޑަވުމަށް ދިމާވާ އެންމެ ބޮޑުއެއް ސަބަބެއްކަމަށް ބެލެވެނީ އަތޮޅު ކައުންސިލް ތަކަކުން ސިޓީ ކައުންސިލަކަށް ބަދަލުވުމާއިއެކު ރަށު އޮފީސްތައް ހިންގުމަށް ކުރިހޭދަ ބަދަލުވެގެން ދިއުމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު