17 ޑިސެމްބަރ 2017 (އާދީއްތަ)


ޒިންބާބުވޭގެ ޒަމާންވީ ލީޑަރު ރޮބަޓް މުގާބޭ އަކީ ކާކު؟

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މިދިޔަ އަންގާރަ އެހެން އެއްވެސް ގޮތެއް ނެތިގެން ވެރިކަމުން އިސްތިއުފާދެއްވި ރޮބަޓް މުގާބޭ ދުނިޔޭގެ މަޝްހޫރުކަން ހޯދައިފައިވަނީ ޖެހިލުންކުޑަ ޑިކްޓޭޓަރެއްގެ ގޮތުގައެވެ. ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ލީޑަރުގެ 37 އަހަރުގެ ވެރިކަން ނިމުމަކަށް އައުމާއިއެކު ޒިންބާބުވޭ މަގުތައް މަތީގައި އުފާފާޅުކުރާ މީހުން މަދެއްނޫނެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން ޒިންބާބުވޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުވާއިރު ރޮބަޓް މުގާބޭ ފަސްމަގަށް ބާލާލުން މުހިންމެވެ.

މިދިޔަ އަންގާރަ ދުވަހު ވެރިކަން ނިމުމަކަށް އައި އުމުރުން އެންމެ ދުވަސްވީ ހެޑް އޮފް ސްޓޭޓް ނުވަތަ ގައުމެއްގެ އެންމެ އިސްވެރިއާ ރޮބަޓް މުގާބޭ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 ފެބުރުއަރީ 1924 ވަނަ އަހަރު އޭރުގެ ސެލިސްބަރީ (މިހާރުގެ ހަރާރޭ) ގެ ކުޓާމާ ކައިރީގެ ރޮޑޭސިއާ ކިޔާ އަވަށެއްގައެވެ. 

ކުރީގެ ޓީޗަރުކަންވެސް ކޮށްފައިވާ ހަތް ޑީގްރީގެވެރި މުގާބޭ މީހުންގެ ސަމާލުކަމަށް އައިސްފައިވަނީ އޭރު އެގައުމު ހިސާރުކޮށްފައި ތިބި ޔޫރަޕްގެ ދޮންމީހުންނާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ގެރިއްލާ ހަގުރާމައާއި ގުޅިގެންގެންނެވެ. ލޭއޮހުރުވާލި މިހަމަލާއަށްފަހު މުގާބޭ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން 1964 ވަނަ އަހަރު 10 އަހަރު ދުވަހަށް ޖަލަށް ލެވުނެވެ. 

އޭގެ 10 އަހަރުފަހުން 1974 ވަނަ އަހަރު މުގާބޭ ޖަލުން މިނިވަންވުމާއިއެކު އިސްތިއުމާރީ ބާރުތަކާއި ދެކޮޅަށް މިނިވަންކަމުގެ ހަރަކާތްތައް ފެށިއެވެ. މިނިވަންކަމުގެ ހަރަކާތުގައި އެގައުމުގެ ބޯޑަރު ހުރަސްކޮށް އަވަށްޓެރި މޮޒަންބީކަށް މުގާބޭ އެތެރެވިއެވެ. އަދި މޮޒަންބީކުގެ ބޯޑަރު ހިމާޔަތެއްގެ ގޮތުގައި ހޯއްދަވައި އެހިސާބުން ހަމަލާތައް ފުޅާކުރެއްވިއެވެ. 

މިހަރަކާތުގެ ފުރިހަމަ ނަސްރާއިއެކު އަބުރާ ރޮޑޭސިއާއަށް ނުގާބޭ ވަޑައިގަތީ 1979 ވަނައަހަރެވެ. އެއަށްފަހު އަލަށްއުފަންވި ގައުމުކަމަށްވާ ޒިންބާބުވޭގެ ވެރިކަމާއި 1980 ވަނަ އަހަރު މުގާބޭ ހަވާލުވިއެވެ. 

މުގާބޭ ފުރަތަމަ އަބިކަނބަލުން ސެލީ ހޭފްރޮން 1992 ވަނަ އަހަރު ކިޑުނީގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވިއެވެ. އެއަށްފަހު 1996 ވަނަ އަހަރުގެ މިހާރުގެ އަބިކަނބަލުން ގްރޭސް މުގާބޭއާއި ކައިވެނި ބައްލަވައިގަތެވެ.

މުގާބޭގެ ވެރިކަމުގެ ކުރީކޮޅު ސްކޫލްތަކާއި ހޮސްޕިޓާތައް ބިނާކުރުން ފަދަ އިޖުތިމާއީ ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދެވުމާއި ގުޅިގެން މުގާބޭއަށް ތައުރީފުކުރި ނަމަވެސް، ވެރިކަން ދިގުލަމުންދިޔަ ވަރަކަށް ރައްޔިތުންގެ ނުރުހުމާއި ޚުދުމުޚުތާރުކަން އިސްކުރަމުން ގެންދާކަމުގެ ތުހުމަތު މުގާބޭއަށް ކުރެވުނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!