20 ނޮވެމްބަރ 2018 ( އަންގާރަ )

banner

އިންޑޮނޭޝިއާގައި 'ނިއެޕި' - އާއަހަރު ފާހަގަ ކުރުން - ދިވެހިންގެ ޢީދު ފާހަގަ ކުރުމާއި ވައްތަރު ބާ؟

އެކި މުޖުތަމިއުގައި އައު އަހަރު ފާހަގަ ކުރުން

މުސްލިމު މުޖުތަމިއުތަކުގައި އާއްމު ގޮތެއްގައި އައު އަހަރު ފާހަގަ ކުރަނީ އިސްލާމީ ކެލެންޑަރު ނުވަތަ ހިޖުރީ ކެލެންޑަރުން ފުރަތަމަ މަސް ކަމަށްވާ މުހައްރަމް މަހު 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ބަޔަކު އެދުވަހު ރޯދަ ހިފާ އަޅުކަން ކުރެއެވެ. އަދި ބައެއް ޖާމާތައަތްތަކުގައި މި ފާހަގަ ކުރުން މުހައްރަމް މަހު 10 ވަނަ ދުވަހާއި ހަމަޔަށް ދެމިގެން ދާކަމަށް ވެއެވެ. އަދި ޚާއްސަކޮށް ގެން 10 ވަނަ ދުވަހު، އާޝޫރާ ދުވަހު ރޯދަ ހިފައެވެ.

އެމެރިކާ

އެމެރިކާގައި ހިނގަމުންދާ އަހަރު 31 ޑިސެމްބަރު ދުވަހުގެ ރޭ މެންދަމުގައި ނިމުމާއެކު، އާ އަހަރު ފަށަނީ ޖެނުއަރީ 1 އިން ނެވެ. މި ދުވަސް ބިނާ ވެފައި އޮންނަނީ ދުނިޔޭގެ ގިނަ ގައުމުތަކަކުން އަމަލު ކުރަމުންދާ “ޑިފެކްޓޯ ކެލެންޑަރ” – ގްރިގޯރިއަން ކެލެންޑަރަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގައި ވެސް އާ އަހަރު ފާހަހަގަ ކުރަނީ އުފާވެރިކަމާއި ހިނިތުން ވުމާއެކު އެކުގައެވެ. އަދި ބައެއް ފަހަރު ވާދަވެރިކަމާ ވެސް އެކުގައެވެ.

1904 ވަނަ އަހަރުން ފެށިގެން ނިއުޔޯކުގައި އާ އަހަރު ފެށުމުގެ ޚާއްސަ އާދަ ކާދައެއް ގެންގުޅެމުން އާދެއެވެ. މިކަމަށް ‘ބިގް އެޕްލް’ ގެ ނަމުން މުޚާތަބު ކުރެވެއެވެ. އެގޮތުން އާ އަހަރުގެ “އީވް ބޯލް ޑްްރޮޕް” ހަރަކާތް ޓައިމްސް ސްކްއަރ ގައި ކުރިޔަށް ގެންދެއެވެ. 31 ޑިސެމްބަރު ދުވަހުގެ ރޭ ދަންވަރު 11:59 ން (މެންދަމުގެ ބަރާބަރު 60 ސިކުންތު ކުރިން) ޓައިމްސް ސްކްއަރ މަތީގައި ވާ ދަނޑިއަކުން ދޫކޮށްލެވޭ ބޯޅައެއް އައިސް ބިމުގައި ޖެހޭނީ ބަރާބަރު 12 ޖަހާއިރުއެވެ.

މި ހަރަކާތުގައި މިއުޒިކާއި ލަވަ އަދި ހަވާ އެރުވުން ކުރިޔަށް ގެންދެވެއެވެ. މީގެ އަމާޒަކަށް ވެފައި އޮންނަނީ ގިނަބަޔަކު ޝައުގުވެރިކުރިވާ އެތަނަށް ގެނައުން ކަމަށް ވެއެވެ. އެގޮތުން މިހާރު ކޮންމެ އަހަރަކު ވެސް އެސަރަހައްދަށް މިލިޔަނަކަށްވުރެ ގިނަ މީހުން މިހަރަކާތް ބެލުމަށް އެމެރިކާއިންނާއި ދުނިޔޭގެ އެކި ހިސަބުތަކުން ޖަމާވަމުން ދެއެވެ. އަދި އެތައް މިލިޔަން ބަޔަކު ލައިވުކޮށް ޓީވީން މި މަންޒަރުތައް ބަލާކަމަށް ވެއެވެ.

ޒަމާނުއްސުރެ މި ހަރަކާތުގެ ޚާއްސަ ލަވައެއް ކަމަށްވާ “އާލްޑް ލިން ސިން” ކިޔުން އޮވެއެވެ. މިލަވަ އަކީ މަޝްހޫރު އިނގިރޭސި ޅެންވެރިއެއް ކަމަށްވާ ރޮބަރޓް ބާރންސްގެ ޅެމެއް އަސްލަކަށް ބަލައިގެން ހަދާފައިވާ ލަވައެކެވެ.

އިތި އޮޕިއާ

އިތި އޮޕިއާގައި އާ އަހަރު ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު އެވެ. އަދި ލީޕް އަހަރު ތަކުގައި ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު އެވެ. މި ދުވަސް އެމީހުން ފާހަގަ ކުރަނީ ‘ގެއެޒް’ ކެލެންޑަރަށް ބަލައި ގެންނެވެ. މި ދުވަހަށް ކިޔަނީ އެންކްޓާޓަޝް އެވެ. މިދުވަހުގެ ހަރަކާތްތައް ފެށެނީ އަޅުކަމުންނެވެ. އަދި ބޮޑު ހުޅެއް (އަލިފާން) ޖަހައެވެ. މިހުޅުން ރަމްޒުކޮށް ދެނީ ބަދުނަސީބު އަންދާލުމެވެ. ނުވަތަ ފޮހެލައި ބަދު ނަސީބާއި ދުރު ވުމެވެ. އަދި ޚާއްސަ ކެއުމެއް ބާއްވައެވެ. މިކެއުމަށް ކިޔަނީ ‘އިންޖެރާ’ އެވެ. މިކެއުމުގައި ޕާނާއި އެއްގަމު މަހުގެ ރިހަ (ކުކުޅު، ގެރި ބަކަރި ފަދަ) ހިމެނެއެވެ. – މައުލޫމާތު: އިތިއޮޕިއާ ޓްރެވެލެ 2017

އިންޑޮނޭޝިއާ

ބެލިނީސް އާ އަހަރުގެ ގޮތުގައި އިންޑޮނޭޝިއާގައި އާއަަހރު ފާހަގަ ކުރަނީ މާރޗް ނުވަތަ އޭޕްރީލް މަހުގައެވެ. މިދުވަހަށް ކިޔަނީ ‘ނިއެޕި’ އެވެ. މި ދުވަސް ފާހަގަ ކުރުމަށް އެމީހުން ބަލަނީ ގަދީމީ ‘ޕެވުކޮން’ އަދި ‘ސަކާ’ ކެލެންޑަރަށެވެ. މިދުވަހަކީ އާއްމުކޮށް އޮންނަ ވާދަވެރިކަމާއި ދުރަށް ޖެހިލާ ދުވަސްކޮޅެކެވެ. މިދުވަސްކޮޅު ހަމަހިމޭންކަމާއި މަޑުމައިތިރިކަން އަދި އަޅުކަން އިސްކުރެއެވެ.

އައު އަހަރު ފެށުމުގެ 3 ދުވަސް ކުރިން ‘މެލަސްތީ’ އަޅުކަން ފަށައެވެ. އެގޮތުން އަޅުކަން ކުރާ ތަންތަނަށް، ފައްޅި އާއި ފެންގަޑަށް އަޅުކަން ކުރަން ގެންގުޅޭ ތަކެތި ގެންގޮސް ދޮޮވެ ސާފުކުރެއެވެ. ބުދަށް އަޅުކަން ކުރާ މީހުން ފައްޅި ތަކުން ބުދު ނެރެގެން ގޮސް ކަނޑުން އެއެތި ފެންވަރުވާ ސާފުކުރުމަށް ފަހު އަޅުކަން ކުރެއެވެ.

އައު އަހަރު ފެށޭ ދުވަހުގެ ކުރީ ދުވަހު ޚާއްސަ އަޅުކަމެއް ކުރެއެވެ. އެއަށް ކިޔަނީ “ޓަވޫރު ކެސެންޖާ” އެވެ. މީގެ ބޭނުމެއް ކަމަށް ވަނީ ހުރިހާ ސުންޕާ ކަމާއި ނުބައި ކަމަކުން ސަލާމަތް ވުމެވެ. ނުވަތަ ކުރެވިފައިވާ ގޯސް ކަންތައްތައް ފޮހެ ލުމެވެ.

ބާލީގައި، ނޭޕީ ދުވަހަކީ (އާ އަހަރުގެ ފުރަތަމަ ދުވަހަކީ) މުޅިން ހަމަ ހިމޭން ދުވަހެކެވެ. މަގުމައްޗަށް މީހުން ނިކުމެއުޅުމެއް ނޯވެއެވެ. އެއްޗެހި ދުއްވައެއް ވެސް ނަހަދައެވެ. އެއާރޕޯރޓު ވެސް އެދުވަހު ބަންދު ކުރެއެވެ. މިފަދަ ކަންތައްތައް ކުރުން ވަނީ ވަރަށް ހަރުކަށިކޮށް މާނާ ކުރެވިފައެވެ. އެދުވަހު އެއްވެސް މަސައްކަތެއް ކުރުން ވެސް މަނަލެވެ. އެގޮތުން އުނދުން ރޯކުރުމާއި އިންޖީނުން ތައް ހިންގުން ނުވަތަ ގޭގެ ބޮއްކެއް ދިއްލުން ވެސް މަނަލެވެ. އެދުވަހު ހަށިގަނޑުގައި ހުރި ހަކަތައެއްގެ ބާރުގައި ހަމަހިމޭން ކަމާއެކު ތިބެނީއެވެ.

މި ހަމަހިމޭން ދުވަސް ބޮޑަށް ބޭނުން ކުރެވެނީ، ފާއިތުވި އަހަރުގައި އެމީހަކަށް ކުރެވުނު ކަންތައްތަކާއި މެދު އަލުން ވިސްނައި ފިކުރު ކުރުމަށެވެ. މީގެ ސަބަބުން ދުނިޔެއަށް (އާރތު) އަރާމު ކުރުމަށް ވަގުތުކޮޅެއް ދެވި، އެއެތި އަލުން ފުރިހަމަ ވުމަށް ފުރުސަތު ދެވޭކަމަށް އެމީހުން ދެކެއެވެ. އަދި މިކަމުގެ ސަބަބުން ސާފުކާމާއި ތާޒާކަމާއެކު އާ އަހަރުގެ ފެށުން ރަމްޒުކޮށްދޭ ކަމަށް އެމީހުން ގަބޫލުކުރެއެވެ. މައުލޫމާތު:އިންޑޮނޭޝިއާ ޓްރެވެލެ 2017

banner

ކިޔުންތެރިންގެ ޚިޔާލު