A wide advertisement which will be shown on all devices. (700 x 100)

ދިރާސީ އާ އަހަރު މާދަމާ ފެށޭއިރު ހަނދާނަށް ގެނައުމަށް

ފާއިތުވި 10 އަހރުގައި ރާއްޖޭގެ ދިރާސީ އަހަރުގެ ދުވަސްތައް ބެހިފައިވާ ގޮތް. މިކަލް ނޫސް

ދިރާސީ އާ އަހަރު މާދަމާ ފެށްން މިވަނީ ތައްޔާރުވެފައެވެ. ސްކޫލްތައް ރީތިކުރުމާއި ފޮތްތަކުގައި ގަނޑުލައި ނަންކޮޅު ތައްކޮށް ތަރުތީބުކޮށް މާދަމާ ހެނދުނަށް ސްކޫލަށް ދާން ދަރިވަރުންނާއި ބެލެނިވެރިން ތައްޔާރުވާއިރު މުދައްރިސުންނާއި ސްކޫލު ވެރިންވެސް އަންނަނީ ތައްޔާރު ވަމުންނެވެ. މިއާއެކު މިދިރާސީ އަހަރުގެ މުހިންމު ތާރީޚުތައް ހަނދާންކޮށްލުން އެންމެ ރަނގަޅު ވާނެއެވެ.

މިއަހަރު (2018ގެ) ދިރާސީ އަހަރުގައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި  ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 203 ދުވަހުއެވެ. މިއީ ފާއިތުވި 2017 ވަނަ އަހަރު ކިޔަވައި ދިނުމަށް ކަނޑައެޅި ދުވަހަށް ވުރެ 3 ދުވަސް މަދު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގައި ސްކޫލަތަކުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައި ވަނީ 98 ދުވަހުއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި 104 ދުވަހު ކިޔަވައި ދިނުމަށް ކަނޑައަޅާފައި ވެއެވެ. މިއަހަރުގެ ދެވަނަ ޓާމުގައި 105 ދުވަހު ކިޔަވައިދޭ އިރު، މިއީ މިދިޔަ އަހަރުގެ ދެވަނަ ޓާމަށްވުރެ  3 ދުވަސް އިތުރު މިންވަރެކެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން 14 ޖެނުއަރީ ވާ އާދީއްތަ ދުވަހު (މާދަމާ) ފެށޭއި މިޓާމުގެ ކިޔެވުން ނިމެނީ 7 ޖޫން ވާ ބުރާސްފަތި ދުވަހު އެވެ. މިއީ މިއަހަރުގެ ރަމަޝާން މަހުގެ 3 ވަނަ ހަފުތާ ނިމޭ ހިސާބެވެ. ފުރަތަމަ ޓާރމުގެ އިމްތިހާނު ތާވަލު ކުރެވިފައި ވަނީ  13 މޭ ވާ އާދީއްތަ ދުވަހުން 31 މޭ ވާ ބުރާސްފަތި ދުވަހަށެވެ. މިއިމްތިހާނުގެ ބޮޑުބައި ހޭދަކުރަން ޖެހެނީ ރަމަޟާން މަހުގެ ތެރޭގައެވެ. އެހެނީ ރަމަޟާން މަހު 1 ވަނީ މޭ މަހު 16 ވާ ބުދަ ދުވަހަށެވެ.

ސްކޫލް ކަލަންޑަރުން  15 ފެބްރުއަރީ އާއި 26 އޭޕްރީލް ވަނީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ޚާއްސަ ކުރެވިފައެވެ. މިފަހަރުގެ ފުރަތަމަ ޓާމުގައި ރަސްމީ ބަންދު ދުވަސް މުޅިއެކު އަންނަނީ ދެ ފަހަރެވެ. އެއީ 1 މޭ، ލޭބާރ ޑޭ އާއި 16 މޭ، ރަމަޟާން ފުރަތަމަ ދުވަހެވެ. ފިތުރު އީދު އަންނަނީ ފުރަތަމަ ޓާމު ޗުއްޓީ ތެރެއިންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !