15 އޯގަސްޓް 2018 (ބުދަ)


ވާންއުޅޭ މައިދައިތަ ދަނބި ދަރިފުޅުގައިގައި ތެޅުމުގެ އާދަ-ޕެރޫ

ވާންއުޅޭ މައިދައިތަ ދަނބި ދަރިފުޅު ގައިގައި ތަޅަނީ- ޕެރޫގެ އާދައެއް

ވާންއުޅޭ މައިދައިތަ ދަނބި ދަރިފުޅު ގައިގައި ތަޅަނީ- ޕެރޫގެ އާދައެއް

ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ޕެރޫގައި އަލަތު ކައިވެންޏަށް ފިރިހެން ކުއްޖާ އެދޭ ހިނދު ވާން އުޅޭ މައިދައިތަ (އަންހެން ކުއްޖާގެ މަންމަ) ގެ ޚާއްސަ ޓެސްޓެއް ފިރިހެން ކުއްޖާއަށް ދިނުމުގެ އާދައެއް ގެންގުޅެއެވެ. މިގޮތުން ފިރިހެން ކުއްޖާއަކީ ކައިވެންޏާއެކު ދިރިއުޅުމުގެ ކަންކަމަށް، ޒިންމާދާރު ވެވޭ ކެތްތެރިކަން ހުރި މީހެއްތޯ ބަލަން މިޓެސްޓް ކުރެވޭ ކަމަށް ވެއެވެ.

މިޓެސްޓުގައި ވާން އުޅޭ މައިދައިތަ ވާންއުޅޭ ދަނބި ދަރިފުޅުގެ ގައިގައި ހައްދު ޖަހާ ގޮތަށް ތެޅުން އޮވެއެވެ. މިތެޅުން ކުރިޔަށް ގެންދަނީ އެހެން މީހުންގެ ކުރިމަތީގައެވެ. އަދި ފިރިހެން ކުއްޖާ ރުހުމުގައި މިތެޅުމަށް ޖާގަ ދޭން ޖެހެއެވެ. މި ތެޅުމަށް ކެތްތެރި ވެގެން ނޫނީ ކައިވެންޏާއި ހަމަޔަކަށް ނުދެވެއެވެ.

މަތީގައި އެވާ ފޮޓޯގައި އެވަނީ މިގޮތަށް ވާން އުޅޭ މައިދައިތަ ވާން އުޅެ ދަނބި ދަރިފުޅުގެ އަޖުމަ ބެލުމުގެ ގޮތުން ތަޅާ ތަނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!