A wide advertisement which will be shown on all devices. (700 x 100)

ބަންގާޅު މަސައްކަތު މީހުން ކުރިމަގުގައި ބޮޑު އިޖުތިމާއީ މައްސަލައަކަށް ވެދާނެ

ބަންގާޅުން މަސައްކަތު މީހުން ގެނައުން ވަގުތީ ގޮތުން މިހާރުވަނީ ހުއްޓާލާފައެވެ. މިކަމުގައި ހުރި މައްސަލަތަކުގެ ވާހަކަ އިމިގްރޭޝަނުން ހާމަނުކުރި ނަމަވެސް ގިނަ ބަޔަކު ދަނީ ބަންގާޅު މަސައްކަތު މީހުންގެ ސަބަބުން ގިނަ ގުނަ މައްސަލަތަކެއް މުސްތަގުބަލުގައި އަތުވެދާނެ ކަމަށް އިންޒާރު ކުރަމުންނެވެ. 

ބަންގާޅު މަސައްކަތު މީހުންނަށް ނިސްބަތުން ކުޑަ މުސާރައެއް ދިންނަމަވެސް މަސައްކަތު މާހައުލުގައި މަސައްކަތްކުރެވޭ މިންވަރަށް މަސައްކަތްތެރިކަން ނޭގޭ ކަމަށާއި އަދި ކަންތައްތައް ދަސްކުރަން ގިނަދުވަސް ނަގާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިމައްސަލަ މިހެން ހުރި އިރު، ބަންގާޅުން އަންނަ މަސައްކަތު މީހުންގެ ފަރާތުން ތަފާތު ގައިންގަޔަށް އަރާ ބަލިތައް ދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި، ޓީބީ، ހެޕަޓައިޓިސް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން އެޗްއައިވީ ވެސް މަދުމަދުން ނަމަވެސް ފެންނަމުންދެއެވެ. 

މިކަމުގައި އެންމެ ކަންބޮޑުވާން ޖެހޭ މައްސަލައަކީ އެފަދަ ފަރާތްތައް ވަޒީފާދޭ ފަރާތަށްނޭގި ފިލުމުގެ މައްސަލައެވެ. މިކަލް ނޫހާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ހާމަކުރިގޮތުގައި ބަންގާޅު މަސައްކަތު މީހަކު ގެނެސް އޭނާގެ މެޑިކަލް އިން ފާސްނުވެއްޖިއްޔާ އެމީހާ ފިލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެފަރާތުން އެފަދަ މީހުންނާއި އެކު ސެކިއުރިޓީއެއް ބަހައްޓަމުން ދަނިކޮށް ފިލައިފައި އެބަހުއްޓެވެ. އަދި އެފަދަ މީހުންގެ މެޑިކަލް ރިޕޯޓް ދޫކުރާނީ އެޗްޕީއޭ އިންނެވެ. އަދި އެޗްޕީއޭއިން އެރިޕޯޓް ލިބުމުގައި ގިނަ ދުވަސްތައް ވަމުން ދިއުމުގެ ސަބަބުން ވެސް އެފަދަ ފަރާތްތައް ފިލުމަށް އޮންނަ ފުރުސަތު އިތުރު ވެގެންދެއެވެ. މިކަމުގެ ސަބަބުން ބިދޭސީ ކޮމިއުނިޓީގައި ގައިންގަޔަށް އަރާ އެފަދަ ބަލިތައް އާންމުވެ މުސްތަގުބަލުގައި ދިވެހިންނަށް އެފަދަ ބަލިތައް ފެތުރުމަށް އޮތް ފުރުސަތު ބޮޑެވެ.

ގައިން ގަޔަށް އަރާ ބަލީގެ އިތުރުން، ފިލައިގެން އުޅޭ ފަރާތްތައް ޑީޕޯޓް ކުރުމަށް ނުކުޅެދިފައިވާ ކަަމަށް ގިނަބަޔަކު ތުހުމަތުކުރެއެވެ. މިކަލް ނޫހާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ހާމަކުރިގޮތުގައި ފިލައިގެން އުޅޭ ބަންގާޅު މަސައްކަތު މީހުންގެ ޕާސްޕޯޓް އާާކޮށްދިނުމަށް ބަންގާޅު އެމްބަސީއިން ދެކޮޅު ހަދައެވެ. އެއީ ބަންގާޅު ރައްޔިތުންކަމަށް ބަންގާޅު އެމްބަސީއިން ބަލައިނުގަންނަ ކަމުގެ ހެއްކެކެވެ. މިގޮތަށް ކުރިއަށް ދާކަމަށް ވާނަމަ، އެފަދަ ފަރާތްތައް ގިނަވެ، ދުރު މުސްތަގުބަލުގައި މިރާއްޖޭގައި ބަންގާޅު ދައުލަތުން ގަބޫލުނުކުރާ މާސިންގާ ބަންގާޅު އާބާދީއެއް ގާއިމް ވެދާނެ ކަމުގެ ބިރުބޮޑެވެ. އެއާބާދީ ލައްކައިން ގުނާލާ ކަމުގައިވާނަމަ، ނަސްލީ ބޮޑު އަރާރުމަކަށް ގޮސް، އެއާބާދީ ދިވެހިންކަމުގައި ބަލައިގަންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާ ހިސާބަށް ގޮސްދާނެއެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅަށް ބަލާލާއިރު އެބައިމީހުންގެ ގިނަބަޔަކީ މިޔަންމާއިން އެގައުމުގެ ރައްޔިތުންކަމަށް ބަލައިގަންނަ ބައެއްނޫނެވެ. އެއީ އެގައުމުގެ ދަރިކޮޅެއް ކަމަށްވެސް އެގައުމުން ބަލައެއް ނުގަނެއެވެ. އެއަށްފަހު ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ގޮނާކުރުން އާންމުވެ އެންމެފަހުން ބޮޑު ގަތުލުއާންމަކަށް ބަދަލުވިއެވެ.

މިއީ ދުވަހަކުވެސް ދިވެހިންދެކެން ބޭނުންވާނެ ދުވަހެއްނޫނެވެ. ދިވެހިންގެ އަޚު ބަންގާޅު ބޮޑު އާބާދީއެއް އެއްވެސް ގައުމެއްގެ ބަޔަކަށް ނުވެ ދިވެހިރާއްޖޭގައި ތާށިވެގައި ތިބުމަކީ ދިވެހިންނަށް ވެސް ލިބޭ ދެރައެކެވެ. އަދި މުސްތަގުބަލުގައި ދިވެހިރާއްޖޭގައި ދެވަނަ ދަރިކޮޅެއް އުފަންކުރުވަން ޖެހިދާނެ ކަމެކެވެ. ބަންގާޅު މީހަކު ރައްޔިތަކަށް ވާ ހިސާބުން އެފަރާތުގެ ގާތްތިމާގެ މީހުން މިރާއްޖެ ގެންނާނެއެވެ. އަދި އެއާބާދީ ހަލުވިކަމާއިއެކު އިތުރުވާން ފަށާފާނެއެވެ.

މިފަދަ އެތަކެއް ސަބަބަކަށްޓަކައި ދިވެހި ސަރުކާރުން ވަނީ ބަންގާޅު މަސައްކަތު މީހުން މިރާއްޖެ ގެނައުން ވަގުތީގޮތުން ހުއްޓާލާފައެވެ. ނަމަވެސް، ބަންގާޅު މަސައްކަތު މީހުން ގެންނަވަރަކަށް ގެންނަނީއެވެ. މިކަލް ނޫހާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ހާމަކުރި ގޮތުގައި ބަންގާޅު މަސައްކަތު މީހެއް ގެނައުމަކީ ދިވެހި އެމްޕްލޯއިމަންޓް އެޖޭންސީތަކަށް މާއުދަގޫ ކަމެއްނޫނެވެ. ބަންގާޅު މަސައްކަތު މީހުންގެ ވޯކް ޕާމިޓަށް އެދުމަށްފަހު އެޕްލިކޭޝަން ނަމްބަރު ބޭނުންކޮށްގެން އެފަރާތްތައް ވޯކްޕާމިޓް އެޕްރޫވް ކުރަމުންދާކަން އެފަރާތުން ހާމަކުރިއެވެ. 

ގަވާއިދުން ބޭރުންވުން އާންމުވެ މަދުބައެއްގެ ވިޔަފާރި މަސްލަހަތު އިސްކުރެވި ދުރު މުސްތަގުބަލުގައި މިގައުމު ނަސްލީ ހަމަނުޖެހުމަކަށް ދިއުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއްނޫނެވެ. ނަމަވެސް، މިކަމާއިމެދު މިއަދު ޖީލުން ވިސްނަންޖެހެއެވެ. އެހެންނޫން ކަމުގައިވާނަމަ، ނަސްލީ ހަމަނުޖެހުމެއްނެތް އަމާން މިރާއްޖެއަށް ދުރުމުސްތަގުބަލު ގައި ދިމާވެދާނެ ގޮންޖެހުން ބޮޑެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !