A wide advertisement which will be shown on all devices. (700 x 100)

މިއަދަކީ ރާއްޖެގައި ‘ކޮޑޯމޯ ނޯ ހައި’

ޖަޕާނުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް "ކާރޕް" އުދުއްސުން

ކޮޑޯމޯ ނޯ ހައި އަކީ ކޮބައިހެއްޔެވެ؟ އެއީ ޖަޕާނުގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހު 5 ގައެވެ. މިއީ ޖަޕާނުގައި ރަސްމީ ބަންދު ދުވަހެކެވެ. މިދުވަހު ކުޑަކުދިންނަށް ހެޔޮއެދުން ވެދުން ކުރުމާއި އެކުއްޖެއްގެ ކިބާގައިވާ ހުނަރެއް ފާހަގަކޮށް އެކަމށް ހިތްވަރު ދިނުމުގެ ކަންކަމަށް ޚާއްސަ ކުރެވިގެންދެއެވެ.

އާއިލާތަކުން ގޭގެ ބޭރުގައި އާއި އާއްމު އިމާރާތްތައް ‘ކޮއިނޮބޯރި’ އިން ޒީނަތްތެރި ކުރެވެ. ކޮއިނޮބޯރި އަކީ ތުނި ފޮތިން ‘ކާޕް’ މަހުގެ ސިފައަށް ހަދަފައިވާ މަހެކެވެ. މިމަސް ރޯނުތަކާއި ދަނޑިތަކުގައި އެލުވައި ޒީނަތްތެރި ކުރެއެވެ. ކޮއިނޮބޯރީ ނުވަތަ ކާރޕް މަހަކީ ހިތްވަރުގަދަ ކަމަށް ޖާޕާނުގައި މަޝްހޫރު މަހެކެވެ. ކާޕް މަހަކީ އޮޔާއި ދެކޮޅަށް އޮހެމުންދާ ފެނުނުގެ ތެރެއިން ކުރިއަރައިގެން އެއިގެ މަގު ހޯދާ މަހެކެވެ.

މީގެ އިތުރުން ވެސް ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޖަޕާނުގެ އާއިލާތަކުން ‘ކަބޫޓޯ’ – ސަމޫރާއީ ހެލްމެޓް އާއި ‘ގޮގަޓްސޫ-ނިންގޔޯ’ ސަމޫރާއި ކުޅެ ބުދު (ޑޯލް) ފަދަ ތާރީޚީ އާދަކާދައާއި ގުޅިފައިވާ ތަކެތި ބޭނުން ކުރެއެވެ. މިތަކެތިން ރަމްޒުކޮށް ދެނީ އެމީހުންގެ ފުލޯކު ވާހަކައެއް އެއްކަމަށްވާ ކިންޓާރޯ އާއި މޮމޮޓާރޯ އެވެ. ކިންޓާރޯ އާއި މޮމޮޓާރޯ އިންވެސް ގެނެސްދެނީ ހިތްވަރުގަދަކަމާއި ބާރުވެރިކަމެވެ.

އެދުވަހު ކުޑަކުދިންނަށް ‘ކަށިވާ-މޯޗީ’ – ހަނޑުލު ފުށުން ތޮޅިއެއްގެ އޮށުގެ ބައްޓަމަށް ހަދައި އޯކް ފަތުން އޮޅާލާފައިވާ ޚާއްސަ އެއްޗެއް ކާންދެއެވެ. މީއި ވެސް ކުދިންގެ ގައިގައި ބާރުގަދަ ކުރުމުގެ ގޮތުން ކާންދޭ އެއްޗެކެވެ.

ޖަޕާނުގައި ގަބޫލުކުރާ ގޮތުން މިފަދަ މިސާލުތަކުގެ ސަބަބުބް ކުޑަކުދިންގެ ކިބައިގައި ވަރުގަދަ އަޒުމެއް އުފެއްދުމަށާއި ގަދައަޅާ ކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރުމުގެ ރޫޙު އުފެދިގެން ދާނެއެވެ.

މިއަދު، 10 މޭ އަކީ ދިވެހިރާއްޖެގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާ ދުވަހެވެ. މިދުވަހާއި ގުޅުވައިގެން ފުވައްމުލަކުގެ ސްކޫލްތަކުން ގިނަ ހަރަކާތްތަކެއް ރާވައި ހިންގައެވެ.      

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !