A wide advertisement which will be shown on all devices. (700 x 100)

ފަސްދޮޅަސް އަހަރު ކުރިން ގުނަމުން އައިގޮތް

ބަހަކީ ބަދަލުވަމުން އަންނަ އެއްޗެކެވެ. މީގެ އަހަރުތަކެއް ކުރިން ބޭނުންކުރި ގިނަ ބަސްތަކެއް މިއަދު މިވަނީ ބަދަލުވެފައެވެ. އޭގެ ތެރޭގައި ދިވެހިން ގުނަމުން އައިގޮތަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން، ތާރީޚާއި ތަގާފަތަށް ނަމަވެސް ދިވެހިން މީގެ އަހަރުތަކެއް ކުރިން ގުނަމުން އައިގޮތް އެގިފައި އޮތުމަކީ މުހިންމު ކަމެކެވެ. މީގެ ފަސްދޮޅަަހަކަށް އަހަރު ކުރިއަށް ނަޒަރު ހިންގާލާއިރު ދިވެހިން ގުނުމުގައި ބޭނުން ކޮށްފައިވަނީ 12 އިން 12 އަށް އަދަދުގެ ނަމަށް ބަދަލު އަންނަ ގޮތަށެވެ. އެހެންގޮތަކަށް ދަންނަވާކަމަށްވާނަމަ، ދިހައަކުން މިހާރު ގުނަމުން ދާގޮތުގެ ބަދަލުގައި ޑަޒަނަކުން ޑަޒަނަކުން ގުނަމުންދާ ބީދައިންނެވެ. 

ކުރުކޮށް ބަޔާންކުރާ ކަމުގައިވާނަމަ، އެކެއް ދޭއް ތިނެއް…. ނުވައެއް، ދިހެއް، އެކޮޅަސް، ދޮޅަސް އެވެ. އެކޮޅަހަކީ 11 އެވެ. ދޮޅަހަކީ 12 އެވެ. 12 އަށްފަހު ގުނަން ފަށާނީ ދޮޅަސް އެކެއް ދޮޅަސް ދޭއް ދޮޅަސް ތިނެކެވެ. އަދި 23 އަށް ދޮޅަސް އެކޮޅަސް، 24 އަށް ފައްސިހިއެވެ. 

12 – ދޮޅަސް

24 – ފައްސިހި

36 – ތިން ދޮޅަސް (3 ގުނަ 12)

48 – ފަނަސް 

60 – ފަސް ދޮޅަސް (5 (ފަސް) ގުނަ 12 (ދޮޅަސް))

72 – ފާހިތި

84 – ހަތް ދޮޅަސް

96 – ހިޔަ

576 – ހައްސަ ( ހަ ހިޔަ) 

672 – ހަތް ހިޔަ 

1000 – ހާސް

މައުލޫމާތު: ދިވެހި ޑައިޖެސްޓްގެ 79 ވަނަ އަދަދު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !