22 ޖޫން 2018 (ހުކުރު)


ނެތިގެން ހިގަނދާނެކަމުގެ ބިރު ހީވެފައިވާ އޮރެންގޫޓާންގެ އާވައްތަރެއް ފާހަގަ ކުރެވިއްޖެ

'ޓެޕަނުލީ އޮރެންގޫޓާން

'ޓެޕަނުލީ އޮރެންގޫޓާން" - ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހިވެފައިވާ ޖަނަވާރުގެ އާއިލާއެއް

ދާދި ފާހަކާ ޖެހެންދެން ދުނިޔެއިން ނެތިގެން ހިގައިދާނެފަދަ ނާޒުކު ހާލަތެއްގައި ވާކަމަށް ކަމަށް ބެލެވިފައި ވަނީ ދެބާވަތެއްގެ އޮރެންގޫޓާން އެވެ. އެއީ 'ބޯނިއަން އޮރެންގޫޓާންސް' އާއި 'ސުމަޓްރަން އޮރެންގޫޓާން' ގެ އާއިލާ އެވެ. ހޯދުންތަކުން އެނގޭ ގޮތުގައި މިހާރު ދުނިޔޭގައި އުޅޭ ކަމަށް ބެލެވިފައިވަނީ 50 ހާސް 'ބޯނިއަން އޮރެންގޫޓާން' އެވެ. އަދި 6 ހާސް 'ބޯނިއަން އޮރެންގޫޓާން އެވެ.

ނަމަވެސް ދާދި ފަހުގެ ހޯދުންތަކުން ދުނިޔެއިން ނެތިގެންދާ ފަދަ ނާޒުކު ހާލަތެއްގައި އޮރެންގޫޓާންގެ 3 ވަނަ ވައްތަރެއް ވެސް ވާ ކަމަށް ބައިލޮޖިސްޓުންނަށް ވަނީ ހާމަވެފައެވެ. އެއީ 'ޓެޕަނުލީ އޮރެންގޫޓާން"ގެ އާއިލާ އެވެ. މިއާއިލާގެ އޮރެންގޫޓާން ދިރިއުޅެނީ އިންޑޮނޭޝިއާގެ އުތުރު-ސުމަޓްރާގެ ޓެޕަނުލީގެ ކުދި ފަރުބަދަތަކުގެ ސަރަހައްދެއް ކަމަށްވާ ބެޓެންގް ޓޮރޫ ސަރަހައްދުގައެވެ.

ރާމާމަކުނަށް (އޭޕްސް) ނިސްބަތްވާ މިއާއިލާގެ އޮރެންގޫޓާން ފުރަތަމަ ބެލެވިފައި އޮތީ މިއީ ސްމަޓްރާން އޮރެންގޫޓާންސްގެ އާއިލާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ 37 ސައިންޓިސްޓުންގެ ފަހުގެ ހޯދުންތަކުން ހާމަވީ ޓެޕަނުލި އޮރެންގޫޓާން ގެ އާއިލާ އަކީ ކުރީގައި ފާހަގަ ކުރެވުނު ދެ އާއިލާއަށް ވުރެވެސް ދޮށީ މުޅިން ތަފާތު ގޮތަކުން (އިވޮލިއުޝަނަރީ) އުފަންވެގެން އައިސްފައިވާ ބާވަތެއް ކަމެވެ. އަދި މިބާވަތުގެ އޮރެންގޫޓާން އެރަށުގައި (ސުމަޓްރާ) އުޅޭ ސުމަޓްރަން އޮރެންގޫޓާން އަށްވުރެ އާއިލީގޮތުން މާ ދުރުގައި، ޖާވާ ކަނޑު ހުރަސްކޮށް އޮންނަ ބޯނިއޯ އައިލެންޑަށް ނިސްބަތްވާ، ބޯނިއަން އޮރެންގޫޓާން އާއި ދަރިކޮޅުގެ ގޮތުން މާ ބޮޑަށް ގާތްކަން ހާމަވެފައިވާ ކަމަށް "ކަރަންޓް ބައިލޮޖީ" މަޖައްލާގައި ޝާއިއުކޮށްފައި ވެއެވެ.

މިބާވަތުގެ އޮރެންގޫޓާންގެ އަދަދު 800 އަށް ވުރެވެސް މަދުކަމަށް ބެލެވެއެވެ. އެއާއެކު މިހާރު އޭޕް އާއިލާއިން ނެތިގެންދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ އޮރެންގޫޓާންގެ އާއިލާއަކަށް ޓެޕަނުލީ އޮރެންގޫޓާން ވަނީ ކަނަޑައަޅާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!