22 ޖޫން 2018 (ހުކުރު)


ބޯން ބޭން ފައި – ގޮވާމަށް ފަހިކުރުމުގެ ހަފުލާ

ބޯން ބޭން ފައި ފެސްޓިވަލުގައި ލާއޯސް މީހުން ރޮކެޓް އުދުއްސަނީ - ވާރޭ ވެހުމަށް އެދި

ބޯން ބޭން ފައި ފެސްޓިވަލުގައި ލާއޯސް މީހުން ރޮކެޓް އުދުއްސަނީ - ވާރޭ ވެހުމަށް އެދި

'ބޯން ބޭން ފައި' ނުވަތަ ރޮކެޓް ފެސްޓިވަލް އަކީ ލާއޯސް ދަރިކޮޅުގެ މީހުން ފާހަގަ ކުރާ ގޮވާން ކުރުމަށް ފަހި ކުރުމުގެ (ފާރޓިލިޓީ) ހަފުލާއެކެވެ. މިހަފުލާގައި އެގައުމުގެ މީހުން ރޮކެޓް (ބޭންގ ފައި) އުދުއްސައެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކު މޭ މަހު 4-8 އަށެވެ. މިދުވަހު އަމިއްލައްއަށް ހަދާފައިވާ ރޮކެޓްތައް އުދުއްސައެވެ. މިއީ ވާރޭ ވެހުމަށް އެދިގެން ކުރެވޭ ކަމެކެވެ. ލާއޯސްގެ މީހުންގެ އިތުރުން އުތުރު –އިރުމަތީ ތައިލޭންޑުގެ މީހުންވެސް މިހަފުލާ ފާހަގަ ކުރެއެވެ. 

މި ގޮތަށް އުދުއްސާ ރޮކެޓުން އެމީހުންގެ ކަލާނގެއަށް ވާރޭ ވެއްސުމަށް ހަދިޔާ ދެވޭ ކަމަށް އެމީހުން ގަބޫލުކުރެއެވެ. އަދި އެއާއެކު ވާރޭވެހި ރަނގަޅަށް ދަނޑުފނަގުތައް ހެދި ރަނގަޅު މަތިވަރެއް ގޮވާމުން ލިބޭ ކަމަށް އެމީހުން ގަބޫލުކުރެއެވެ. އެއީ ބުދު ދީނުގެ އަހުލުވެރި ބައެކެވެ.

ރާއްޖޭގައި އިރުވައި މޫސުމުގެ ހޫނަށްފަހު ހުޅަނގު މޫސުމުގެ ވާރެއާއެކު ގޮވާމަށް ފަހި މާހައުލެއް އުފެދިގެން ދެއެވެ. ނަމަވެސް މިފަހަކުން ފާހަގަ ކުރެވިގެން މިދިޔައީ ފުވައްމުލަކުގެ ދަނޑު ގޮވާމަށް ވާރޭގެ ސަބަބުން ދިމާވާ ގެއްލުންތަކެއްގެ ވާހަކައެެވެ.

އަނބު ގަހުގައި މާ އަޅާއި، މާ އަނަބަށް ބަދަލުވެގެން ދާ ދުވަސްވަރު ވާރޭ ވެހިމާތައް 'ވަނދުވެ' ބޮޑު ބައެއް އަނބަށް ނުވެ ދާކަމަށް އަނބު ގަސް ހައްދާ ފުވައމްުލަކުގެ މީހުން ބުންއެވެ. އަދި ވާރެއާއެކު ބައެއް ބަލިތައ ްގަހަށ ްޖެހިގެން ވެސް ރަނގަޅު މަތިވަރެއް ލިބުމަށް ހުރަހަކަށް ވާކަމަށް ބުނެ އުޅެއެވެ.

ފުވައްމުލަކުގައި މިފަހަރު ރޯދަމަހަށް ހެއްދި ކަރާ ދަނޑު ތަކަށް ވެސް ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި އެކަށީގެންވާ މިންވަރަށް ކަރާ ލިބުމަށް ވެސް ހުރަޖހަކަށް ވެގެން ދިޔަކަމަށް ދަޑު ވެރިން ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!