A wide advertisement which will be shown on all devices. (700 x 100)

ބްރެޒިލުން ގްރޫޕްގެ އެއްވަނައަށް، ދެވަނަ ސްވިސްއަށް

ބްރެޒިލްގެ ނޭމާ މިމެޗުގައި މޮޅު ކުލުމެއް ދެއްކި. ފޮޓޯ: ފީފާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭކުޅުނު މެޗު 2-0ން ކާމިޔާބުކޮށް ގްރޫޕް ގެ އެއްވަނަ ބްރެޒިލުން ހޯދައިފިއެވެ. ސާބިއާ ކޮޅަށް 2 ގޯލު ޖަހައި ކުރި ހޯދީ މެޗުން މޮޅުވެގެން ސާބިއާއަށް ވެސް ދެވަނަ ބުރަށް ދެވަނަ އޮތްވައެވެ. އަދި މެޗުން ބަލިވެގެން ބަރެޒިލް ކެޓުމުގެ ފުރުސަތު ވެސް އޮތެވެ. 

ގްރޫޕް އީގެ ފަހު މެޗުގައި މިރޭ ސްވިޒަރލޭންޑާއި ކޮސްޓަރިކާ ގެމެޗު 2-2 ން އެއްވަރު ވުމުން ގްރޫޕުގެ 2 ވަނަ ލިބުނީ ސްވިޒަރލޭންޑަށެވެ.

ބްރެޒިލް 2-0 ސާބިއާ:

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނިޓްގައި ބްރެޒިލްގެ ޕައުލީނިއޯ ކާމިޔާބުކޮށްދިން ގޯލަކާއިއެކު ލީޑު ނެގި ނަމަވެސް ބްރެޒިލްގެ ގޯލަށް ވެސް ދިޔައި ނުރައްކާތެރި ހަމަލާތަކެއް އަމާޒު ވަމުންނެވެ.  ދެވަނަ ހާފުގައި ބްރެޒިލްގެ ތިއާގޯ ސިލްވާ ގޯލަކާއެކު މެޗުގެ މޮޅެއް ޔަގީން ކުރިއެވެ. މިމެޗުގައި ބްރެޒިްލެގ ނޭމާއަށް ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް މޮޅު ކުޅުމެއް ދެއްކިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ބްރެޒިްލގެ ޕައުލީނިއޯއެވެ.

ސްވިޒަރލޭންޑް 2 -2 ކޮސްޓަރިކާ

ގްރޫޕް އީގެ ފަހު މެޗުގައި މިރޭ ސްވިޒަރލޭންޑާއި ކޮސްޓަރިކާ ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލް ސްވިޒަލޭންޑްގެ ޑެޒްމައިލީ ކާމިޔާބުކޮށް ދިނީ 31 ވަނަ މިނިޓްގައެވެ. ދެވަނަ ހާފުގައި ކޮސްޓަރިކާގެ ކ.ވޮޓްސަން ކާމިޔާބުކުރި ގޯލަކުން މެޗުގެ ނަތީޖާ 1-1ން އެއްވަރުކުރިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ސްވިޒަރލޭމްޑުން ލީޑު ނެގީ މެޗު ނިމެން 2 މިނިޓަށް ވަފައި ވަނިކޮށް ޑްރިމިޗް އެވެ. މި މުބާރާތުން ކޮސްޓަރިކާ އަށް ޕޮއިންޓެއް ލިބުނީ މެޗުގެ އިތުރު ވަގުތުގައި ސްވިޒަރލޭންޑްގެ ކުޅުންތެރއިަކު އަތުން ބައިކޮޅަށް ވަން ގޯލަކުން 2-2ން ނަތީޖާ އެއްވަރު ވުމުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސްވިޒަރލޭންޑްގެ ފުރަތަމ ގޯލު ކަމީޔާބުކޮށް ދިން ޑެޒްމައިލީ އެވެ.  

މި ނަތީޖާއާއެކު މި ގްރޫޕުން ބްރެޒިލަށް 1 ވަނަ ލިބެނި 7 ޕޮއިންޓުންނެވެ. އަދި ދެވަނަ ސްވިޒަރލޭންޑަށ ްލިބެނި 5 ޕޮއިްނޓާއެކު އެވެ. ގްރޫޕް ސްޓޭޖުން ކެޓީ 3 ޕޮއިންޓާއެކު ސާބިއާއާއި 1 ޕޮއިންޓުން ކޮސްޓަރިކާއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !