20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


އިދިކޮޅު ކޯލިޝަން ރަނިންމޭޓް ކަމާއި ދިމާލަށް - ފައިސަލް ނަސީމު

ސިޔާސީ ދާއިރާގެ އިތުރުން ފައިސަލް އަކީ އިޖުތިމާޢީ އެތައް ކަމެއް އޭނާގެ ފައިސަލް ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާވާދާ ފަރާތެއް.

ސިޔާސީ ދާއިރާގެ އިތުރުން ފައިސަލް އަކީ އިޖުތިމާޢީ އެތައް ކަމެއް އޭނާގެ ފައިސަލް ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާވާދާ ފަރާތެއް.

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިންމޭޓެއް ނެރުމަށް އެ އިއްތިހާދުން ނިންމާ އެމްޑީޕީގެ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަން އެމްޑީޕީއިން ހުށަހަޅާ އެ ނަމަށް ގިނަ ބަޔެއްގެ ތާއީދުވެސް މިވަނީ ލިބިފައެވެ. ނަމަވެސް، ރަނިންމޭޓެއް އަންނަ އަންގާރަ ދުވަހު ނެރޭނެ ކަމަށް ޖޭޕީއިން ހާމަކޮށްފައިވާ މިދަޑިވަޅުގައި އެކިފަރާތްތަކުން އެފަރާތްތަކުން ތާއީދު ކުރާ ފަރާތްތައް ދަނީ ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަމުންނެވެ. އެގޮތުން، މިފަހަރުގެ އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓަކަށް ގާސިމް އިބްރާހީމްގެ ހަގު އަބިކަނބަލުން އާއިޝަތު ނަހުލާ އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ޖޭޕީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ ނަން ދަނީ ދައުރު ވަމުންނެވެ.

ރަނިންމޭޓަކަކީ މުސްތަގުބަލުގައި ނާއިބު ރައީސްގެ މަގާމު ފުރުއްވާނެ ބޭފުޅަކަށް ވެދާނެތީއާއި އަދި ރައީސް ނެތް ހާލަތްތަކުގައި ރައީސްގެ ޒިންމާ އަދާކުރައްވާނެ ބޭފުޅަކަށް ވާތީވެ، އެފަރާތަކީ ހުނަރާއި ތަޖުރިބާހުރި ފަރާތަކަށްވާން ޖެހެއެވެ. ސިޔާސީ ދާއިރާއަށް އާ ބޭފުޅަކަށް ވުރެ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައިވާ ފަރާތަކަށް ވުން މުހިންމެވެ. އޭގެ އިތުރުން ގިނަ ބަޔަކާއި ގުޅޭ ރައްޔިތުންގެ ތަރުހީބު އޮތް އާންމުން ބަލައިގަންނަ ފަރާތަކަށް ވުމީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ޖޭޕީގެ ކެންޑިޑޭޓުންނަށް ބަލާލާއިރު ފައިސަލް ނަސީމުގެ ސިޔާސީ ހަރަކޓްތަކަށް ބަލާލުން މުހިންމެވެ. 

ފައިސަލް ނަސީމް - ނާއިބު ރައީސް ކަމަށް

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލުމަށް އުފެއްދި ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ފުވައްމުލަކުން އެންމެގިނަ ވޯޓް ހޯއްދަވައިގެން އެމަޖިލީހަށް ވަޑައިގަތް ފައިސަލް ނަސީމަކީ ފުވައްމުލަކުގެ ޒުވާނުންނާއި ގުޅޭ ފުވައްމުލަކަށް ގިނަގުނަ އިޖުތިމާއީ ޚިދުމަތްތަކެއް ކުރައްވާފައިވާ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ފައިސަލް ނަސީމުގެ ޚިދުމަތް ލިބިވަޑައިގެންފައި ވަނީ ހަމައެކަނި ފުވައްމުލަކަށް އެކަންޏެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ތަމްސީލު ކުރައްވާ ކާށިދޫ އާއި ގާފަރުގައި ފައިސަލް ނަސީމަކީ މަޝްހޫރު ނަމެކެވެ. އިހުތިރާމް ލިބިގެންވާ ޚިދުމަތްތެރިއެކެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެންމެ އަހުލުވެރިވާނެ އެއް ބޭފުޅަކަށް ފައިސަލް ނަސީމު ހިމެނި ވަޑައިގަންނަވާއިރު، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ޓްއަރިޒަމް އިންޑަސްޓްރީގައި ގިނަގުނަ ތަޖުރިބާވެސް ފައިސަލް ނަސީމަށް ވަނީ ލިބިވަޑައިގެންފައެވެ. 

މި ލިސްޓުން ކުރި ފައިސަލް ނަސީމަށް ލިބެނީ ފައިސަލް ނަސީމުގެ އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ ތަޖްރިބާގެ ސަބަބުންނެވެ. އިބްރާހިމް މުހައްމަދު ސޯލިހު އާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ފައިސަލް ނަސީމު ވަނީ ރައްޔިތުންގެ މަޖުލީހުގައި އެކި ކޮމެޓީތަކުގައި އާއި ބައްދަލުވުން ތަކުގައި މަޝްވަރާކުރެވި، ކަންކަމުގައި ވިސްނުން ގެއންގުޅޭ ގޮތްތައް އެއްގޮތް ކަމާވެއެ އެކުގައެވެ.

ފުވައްމުލަކު އުފަން ބޭފުޅަކު ނާއިބު ރައީސްކަމަށް އައިސްގެން ފުވައްމުލަކާއި ދެކުނުގެ އަތިޅު ތަކަށް އިތުރު ކުރިއެރުން ހޯދިދާނެ ކަމަށް ގަބޫލުކުރެވެއެވެ. ޚައްސަކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އަތޮޅާއި އެންމެ ގުޅޭ އިގުތިސޯދީ މަސައްކަތް ތަކަށް ހަލުވި ކުރިއެރުން ފައިސަލް ނަސީމާއެކު ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ފައިސަލްގެ 'އިކޯ ޓުވަރިޒަމް'ގެ ވިސްނުން ފުޅާވެސް އެކުގައެވެ.

ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ އައްޑުއާއި ފުވައްމުލަކުގައި ކަމަށް ވާއިރު އެހިސާބުގެ ބޭފުޅަކު ނާއިބު ރައީސް ކަމަށް ގެނައުމަކީ ރިޔާސި އިންތިޚާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކުރުމަށް ލިބޭ ބާރެއް ކަމަށް ޚުދު އެންމެ ބޮޑު އާބާދި ހިމެނޭ މާލެއަށް ނިސްބަތްވާ މީހުން ވެސް ބުނަމުން ދެއެވެ.

ވެރިކަމުގެ ބާރުތައް މުޅި ރާއްޖޭގެ އުތުރާއި ދެކުނަށް ބެހިގެންދާ ފަދަ ގޮތަކަށް އޮތުމަކީ އިންސާފާއި ހަމަހަމަކަމު ރީތި އުސޫލެވެ. އެގޮތުން ނަމޫނާ ދައްކަން ވެސް އެންމެ ރަނގަޅު ގޮތަކީ ފައިސަލް ނަސީމު ކަމަށް އޭނާގެ ސަޕޯޓަރުން ދެކެއެވެ. ރިޔާސީ ކެންޑިޑޭޓަކަށް އުތުރަށް ނިސްބަތްވާ ޅ.ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިޙާއި އެކު ރަނިން މޭޓަކަށް އެންމެ ރަނގަޅުވާނީ ދެކުނުން ފައިސަލް ނަސީމުކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!