20 އޯގަސްޓް 2019 ( އަންގާރަ )

ފާއިތުވީ 5 އަހަރުތެރޭ 27 މީހަކު މަރާލާފައިވޭ

ރާއްޖޭގައި މީހުން މެރުން މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން، ފާއިތުވީ 5 އަހަރުތެރޭ 27 މީހަކު މަރާލާފައިވާ ކަަމަށް އެމްވީ މާޑާސް ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން، ފާއިތުވީ 5 އަހަރު އޭގެ ކުރީ 5 އަހަރާއި އަޅާ ބަލާއިރު ފާއިތުވީ 5 އަހަރު މީހުން މަރާލާފައިވާ ނިސްބަތް ވަނީ 17 އިންސައްތަ އިތުރުވެފައެވެ. 

ފާއިތުވީ 5 އަހަރުތެރޭ އެންމެ ގިނަ މީހުން މަރާލާފައިވަނީ 2015 ވަނަ އަހަރުގައެވެ. އެއަހަރު 9 މީހަކު މަރާލާފައިވާއިރު ފާއިތުވީ 2016 އަދި 2017 ވަނަ އަހަރު ކޮންމެ އަހަރަކު 6 މީހުން މަރާލާފައިވެއެވެ.

2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރާލާފައިވަނީ 2012 ވަނަ އަހަރުއެވެ. އެއަހަރު 10 މީހަކު މަރާލާފައިވެއެވެ.

މީހުން މެރުމުގެ ރެކޯޑަށް ބަލާއިރު ގިނައިން މަރާލާފައިވަނީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ. ފާއިތުވީ 5 އަހަރު މަރާލެވުނު 27 މީހުންގެ ތެރެއިން 5 މީހަކު ފިޔަވައި ބާކީ ތިބި 22 މީހުންނަކީ 30 އަހަރުން ދަށުގެ މީހުންނެވެ.


ކިޔުންތެރިންގެ ޚިޔާލު