23 މެއި 2019 ( ބުރާސްފަތި )

banner

ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިސްލާހު- ވަކިމީހަކަށް ފެހި ކޯޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

އިދިކޮޅު ޕާޓީ ޕާޓީތަކާއި ޕީޕީއެމްގެ ޑީލް 2

ދެން އޮތީ އެންމެ ބޮޑު އިދިކޮޅު އެމްޑީޕީގެ ވާހަކައެވެ. އިންސާފު ހޯދުމަށް އިދިކޮޅު އެންމެ އެއްގަލަކަށް އަރުވައިގެން ސަރުކާރުގެ ނޭއްގާނި ކަމުގެ އަޑުތައް އުފުލަމުން ގޮސް ކުއްލިއަކަށް ރާގު ބަދަލުވީ ކީއްވެގެން ބާވައެވެ؟ އެމްޑީޕީން އަބަދުވެސް އަޑު އުފުލަމުންދާ ހަމަހަމަކަމާއި އަދުލު އިންސާފު ގެއްލިފައިވުން ނިމޭނެ ކަމަށް އެމްޑިޕީއަށް ގަބޫލުކުރެވެނީ ބާއޭ ސިޔާސީ އިސް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ރައީސް ނަޝީދު ނުޙައްގުން ހުކުމްކޮށް ބަންދުކޮށްގެން އުޅޭއުޅުން ދޫކޮށްލަން ސަރުކާރުން ދައްކާލި ދަޅައެއްގައި ގާސިމު ކުރިން ޖެހުނު ގޮތަށް ޖެހުނީ ބާއެވެ؟ ވަގުތީ ގޮތުން ފުރަތަމަ 3 ދުވަހަށް އަދި މިހާރު 2 މަސް ދުވަހަށް ނަޝީދު ގޭބަންދަށް ބަދަލުކުރުމަކީ އެމްޑީޕީގެ އިސްލީޑަރު ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށް ދެކެނީ ހެއްޔެވެ؟ “ކަމުން ކަންނަގާށޭ” ބުނާ އުސޫލުން ބަލާ ކަމުގައިވާނަމަ އެއީ ސަރުކާރުން ވޯޓު ހޯދުމަށް އެމްޑީޕީ ބޮލަށް ޖަހާލި “ޗިޕެއް” ކަމުގައި ބެލެވޭނެފަދަ ކަންކަން ކައިރި މާޒީން ފެންނަން އެބަހުއްޓެވެ. ފަސްދޮޅޮސް ފަސް އަހަރުން މަތީ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ލީ އިސްލާޙު އަނބުރާ ގެންގޮސްގެން ކޯޓްތަކާބެހޭ ގާނޫނު ބަދަލު ކުރުމަށް ޖޭޕީގެ ވޯޓް ހޯދިތަން ހާމަޔަށް ފެންނަން އެއޮތީއެވެ.

ނޫންނަމަ ނާއިބު ރައީސް ޑރ. ޖަމީލު އެމްޑީޕީއާއި އިދިކޮޅަށް “ޖަލަށް ލާނަމޭ، އިންތިޚާބު ވިޔަސް ވެރިކަން ހަވާލު ނުކުރާނާމޭ” ބުނެ އުފުލި ހަރު އަޑުގެ ބަދަލުގައި އިންތިޚާބު ވީމާ ވެސް ޖަމީލު މަގާމުގައި ނުބަހައްޓަން ކުރި ކަމެއް ބާއެވެ؟ އެމްޑީޕީން ބުނަމުންދާ ގާނޫނު އަސާސީގެ ވަކި މާއްދާތަކާ ކުޅުމަކީ އެޕާޓީން އެދޭ ކަމެއް ނޫންކަމުގައި ވާނަމަ މިއިސްލާހަށް ވޯޓުދިނީ ކޮން “ޑީލަކުން” ބާއެވެ؟ ހަމަ އެގޮތުން އެމްޑީޕީން ގަބޫލުކުރާ ހަމަހަމަކަން، ތަފާތު ނުކުރުން މިއިސްލާޙު އައި ގޮތުން ދެމެހެއްޓޭ ބާއެވެ؟ ނަމަވެސް ފެންނަން އޮތީ އެމްޑީޕީއާއި މުޅި މަޖުލީހުގެ އެކުގައިހެން (ހާޒިރު ނުވާ 3 މީހުނާއި އިދިކޮޅަށް ވޯޓުދިން 2 މެމްބަރުން ފިޔަވައި) ވަކިމީހަކާ ދެކޮޅުވެރިވުމުގެ ގޮތުން ވޯޓު ދިންތަނެވެ. ޑރ. ޖަމީލު ނާއިބު ރައީސް ކަމުން ބޭރުކޮށް އަދީބަށް މިދީބުގެ ނާއިބު ރައީސްކަން ދޭން ވޯޓު ދިނީ، އަދީބާއި މެދު ޚުދު އެމްޑީޕީން ވެސް ކުރާ ތުހުމަތުތައް ޖަމީލަށް ވުރެބޮޑު ވެފައި ގައުމަށް ނުރައްކާތެރި ކަމަށް ބެލެވެމުންދާ ވަގުތެއްގައެވެ.

މިއަދު ގެނައި އިސްލާޙުން އެމްޑީޕީގެ ވިސްނުމަށް އަދި މުޅިގައުމަށް ލިބޭނެ ފައިދާއެއް ފެންނާކަށް ނެތެވެ. ނަމަވެސް ރައީސަކަށް ހުންނަ މީހަކަށް އިތުބާރު ހިފޭ ނާއިބު ރައީސަކު ހުރުމަށް އެމްޑީޕީން ކުރާ ތާއީދަކީ ގައުމަށް ކުރާނެ ފައިދާއެކެވެ. އެހެނީ އެމްޑީޕީގެ ވެރިކަމުގައި އަދި އޭގެ ކުރިން ވެސް ރާއްޖޭގެ ނާއިބު ރައީސުން ނަކީ ބަޣާވާތް ގެނައުމުގައި އަޑީގައިތިބޭ ފަރާތްތައްކަން ތާރީޚު ހެކިދޭތީއެވެ. އަދި ބަޣާވާތުގެ ހިތިރަހަ އެމްޑީޕީ ވެރިކަމުގައި ދެކެފައިވާތީއެވެ. ނަމަވެސް މިއިސްލާހުގައި އެފަދަ ކަމެއް ފެންނާން ނެތްއިރު ވޯޓްދިނީ ސިޔާސީ މަސްރަޙުން ކޮން ފައިދާއެއް ހޯދުމަށް ބާއެވެ؟

ނަމަވެސް މިއަދު މިގެނެވުނު އިސްލާޙުގައި ވަނީ ހަމައެކަނި ވެރިކަމަށް ކުރިމަތިލެވޭ ފަރާތުގެ އުމުރުގެ ވާހަކައެވެ. މިއީ ކުރިން އެމްޑީޕީން އަޑު އުފުލަމުން ދިޔަ “ގާނޫނަކީ ވަކި މީހަކަށް ފަހާ ކޯޓަކަށް ވެގެން ނުވާނޭ” ބުނާ އަސާސްއާއި މުޅިން ޚިލާފަށް ނިމިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ސަރުކާރު ހިންގާ ޕާޓީން އެކަން އެކިގޮތް ގޮތުން ބުނަމުން ދިޔައިރު އެމްޑީޕީއަށް އެކަން ނޭނގޭނެ ކަމަށް ގަބޫލުކުރެވޭނެ ޖާގައެއް ނެތެވެ. މިއިސްލާޙަކީ އަދީބު “ބްރޯ” އަށް ފެހި ކޯޓެއްކަން ހާމަވާ ހިންދު އެކޯޓު މިފަހަރު ހެޔޮވަރުކޮށް މިދިނީ އެމްޑީޕީން ކަމަށް ބުނެވޭނެ ޖާގަ އެއޮތީ ހުޅުވައި ދީފައެވެ. އަދި މިއިސްލާޙަކީ ސީދާ ނައިބު ރައީސް ޑރ. ޖަމީލު ބޭރުކުރުމަށް ގެނައި އިސްލާހެއްކަމަށް މިހާރު ފާޅުގައި ސަރުކާރު ހިންގާ ޕާޓީން ބުނެ އެމްޑީޕީއާއި ނުލައިވެސް އެކަން ކުރާނެކަން އެދަނީ ބުނަމުންނެވެ.

އެމްޑީޕީން ބުނަމުން ދަނީ މިއަދުގެ އެއިސްލާޙުން އެޕާޓީއަށް ކުރާނީ ފައިދާ ކަމަށެވެ. ނަމަވެސް އެބައެއްގެ އަސާސްތަކާއި އިދިކޮޅު އިސްލާހަކުން ފައިދާއެއް ލިބޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ނޫންބާއެވެ؟ ޕާޓީގެ އިސް ފަރާތްތަކަށް ސަރުކާރުން ނުޙައްގުން ދައުވާކޮށް އަދަބު ދެމުން ދާއިރު މިއީ ސަރުކާރުގެ މުށުތެރެއަށް ވަދެ ކުޑަވެގަންނަން ޖެހޭ ވަގުތުތޯ ސުވާލު އުފެދެއެވެ. ނުވަތަ އެމްޑީޕީގެ ބަހުރުވައިންނަމަ ފަހަތަށް ޖެހެންވީ ވަގުތު ހެއްޔެވެ؟ ބަޣާވަތަކުން ވެރިކަން ބަދަލުވިކަމަށް އެމްޑީޕީން ބުނެގެން ކުރިޔަށް ގެންދިޔަ ނެޝެނަލް އިންކުއަރީގައި އެމްޑިޕީން ހުށަހެޅި ގޮތް ދޫކޮށް ފަހަތަށް ފިޔަވަޅު އެޅުމުން ކުރިމަތިލާން ޖެހުނު ހިތި ތަޖުރިބާ އެރިޕޯރޓުން އެއޮތީ ފެންނާން ކަން ހަނދާން އާކޮށްލަން ޖެހެއެވެ.

މަޝްވަރާގެ މޭޒަށް އިދިކޮޅު ފަރާތްތަކުން ގޮވާލުމުން ސަރުކާރުން ފުރަގަސްދީ އިދިކޮޅު ލީޑަރުން ޖަލަށްލައި ސާރުކާރުން ބޭނުން ހުރިހައިކަމެއް ހިތު ހުރިގޮތަކަށް ކޮށްނިމުމުން ހައްގުބަސް ދޫކޮށް ސަރުކާރުގެ އަޑިނޭގޭ ބަސްތަކަށް ހެއްލެން ވީހެއްޔެވެ؟ ސަރުކާރުން މަޝްވަރާއަށް ގޮވާލުމުން ކުރި ހުރިހާ ޝަރުތުތައް އެއްފަރާތްކޮށް ދޫކޮށް ކުއްލިއަކަށް މަޝްވަރާއަށް އެއްބަސްވީ ކޮންފަދަ ޑީލެއްގެ ސަބަބުން ހެއްޔެވެ؟ ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރަމުން ދަނީ ސަރުކާރުން އެމްޑީޕީއާއެކު ވެސް “ޑީލެއް” ހެދީ ކަމަށެވެ.

ބައިނަލް އަގުވާމީ މަސްރަހުގައި އެމްޑީޕީގެ އަޑުތަކަށް ބާރުލިބެމުން ދާ ވަގުތެއްގައި މިފަދަ “ޑީލެއް”ގެ ސަބަބުން އެޕާޓީއާއި އަދި އެޕާޓީއާއި ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހަރަކާތުގައި އުޅުނު އިސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް “މިޑީލް” ކުށްވެރިކޮށްފައެވެ. އެމްޑީޕީގެ ސިޔާސީ އިތުބާރު ކުޑަވަމުން ދާކަމަށް ގިނަ ފަރާތްތަކަކުން ގަބޫލުކުރާން ފެށުމުން ސިޔާސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ދެން އޮވެވޭނީ ކިހާ ދުވަހަކަށް ބާވައެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު