A wide advertisement which will be shown on all devices. (700 x 100)

21 ޖުލައި 2015 ވަނަ ދުވަހަކީ ފުވައްމުލަކުގެ ހަޔާތުގައި ކަޅު ދުވަހެއް – ފުވައްމުލަކު ރައްޔިތުން

ޑރ.ޖަމީލް ނައިބް ރައިސް ކަމަށް އިންތިހާބު ވުމުން ، ފުވައްމުލަކު ރައްޔިތުން މަރުހަބާ ދެއްނެވުމުގެ ގޮތުން ބޭއްވި ޖަލްސާ - ފައިލް ފޮޓޯ/ ޑރ.ޖަމީލް ފޭސްބުކް

ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ ރާއްޖޭގެ ފުރަތަމަ ނައިބް ރައިސް،ޏ. ފުވައްމުލަކު އީސްޓްލައިޓް، ޑރ. މުހައްމަދު ޖަމީލު އަޙްމަދު ،ގެ އިތުބާރު ނެތްކަމަށް ބުނެ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ،78 މެމްބަރުންގެ ވޯޓުގެ ބޮޑު އަޢުލަބިއްޔާތަކުން 21 ޖުލައި 2015 ވީ އަންގާރަ ދުވަހު ވަނީ މަގާމުން ވަކިކޮއްފައެވެ.

ނައިބް ރައީސް ޑރ. ޖަމީލް ވަކިކުރުމާއި ގުޅިގެން ފުވައްމުލަކު ރައްޔިތުން ދަނީ ތަފާތު ޝުއޫރުތަށް ފާޅުކުރަމުންނެވެ. މިގޮތުން ބައެއް ރައްޔިތުންގެ ޝައޫރުތަކަށް ބަލައިލާނަމެވެ.

ނައިބް ރައިސް ކަމުން ޑރ.ޖަމީލް ވަކިކުރުން، ހޯދަޑު ކައުންސިލްގެ ރައީސް އަބްދުﷲ ނާސިރު، ސިފަ ކޮއްފައިވަނީ، ފުވައްމުލަކުގެ ހަޔާތުގައި އާ ކަޅު ދުވަހެއްގެ ގޮތުގައެވެ. “މިއަދަކީ (21 ޖުލައި 2015 ) އަކީ ފުވައްމުލަކުގެ ހަޔާތުގައި ހިތާމަވެރި އެހާމެ ކަޅު ދުވަހެއް، އަދި މިކަމަކީ ފުވައްމުލަކު 3 މެމްބަރުން ވިސްނަންޖެހޭނެ ކަމެއްކަން ޔަގީން! ނަމަވެސް އެމްޑީޕީއިން ނައިބް ރައީސް ޖަމީލް ދިފާއު ކުރާކަށް ނުޖެހޭނެ ކަންވެސް ޔަގީން “ އެމްޑީޕީ އަށް ނިސްބަތްވާ ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް އަބްދުﷲ ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދަނޑިމަގަށް ނިސްބަތްވާ ބޭފަޅަކު ވިދާޅުވި ގޮތުގައި ދިވެހި ތާރީހުގައި ފުވައްމުލަކަށް ލިބުނު އެންމެ ފަހުރުވެރި މަގާމަކީ، ތަޢުލީމީ ޤަބިލް ރަށުގެ ދަރިއެއް ކަމުގައިވާ ޑރ.ޖަމީލްއަށް މި ސަރުކާރުގެ ނާއިބް ރައީސްކަން ލިބުން ދުވަސްކަމަށާއި، އެހެން ނަމަވެސް ފުވައްމުލަކުން އެ ފަހުރުވެރި އެ މަގާމު ބައެއްގެ ރޭވުމުގެ މަތިން ފޭރިގަނެގެން އެދިޔައީ ކަމަށެވެ.

ނައިބް ރައީސް ކަމުން ޑރ. ޖަމީލް ވަކިކުރެއްވި ދުވަސް، ބައެއް ބޭފުޅުން ސިފަކުރައްވަނީ ފުވައްމުލަކު މޮޑަރން ސިޓީއަކަށް ހެދުމަށް، ފުވައްމުލަކު ދެކުނު ދައިރާގެ މަޖްލީސް މެމްބަރ އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ މަސީހު ވެފައިވާ ވައުދުގެ އަމަލީ މަސައްކަތް، ފެއްޓެވި ދުވަސްގެ ގޮތުގައިއެވެ.

“އެންމެ ފުރަތަމަ އާތިޔާ، 2 ވަނައަށް މަލީޙް، އަދި އެންމެފަހުން ނައިބް ރައީސް ޖަމީލް ވަކިކުރި ހިސާބުން މޮޑަރން ސިޓީ އާރާސްތުވެ ނިމުނީ ކަމަށް، ފުވައްމުލަކު ރައްޔިތަކު ސިފަކުރިއިރު، އެހެން ރައްޔިތަކު ވަނީ ފުވައްމުލަކު ދެކުނު ދައިރާއަށް ނިސްބަތްވާ ޑރ. ޖަމީލް މަގާމުން ވަކިކުރުމަށް،ދެކުނު ދައިރާގެ މަޖްލިސް މެމްބަރ އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ މަސީޙް އަވަދިނެތި އުޅުއްވީ ޑރ. ޖަމީލް ފުވައްމުލަކު މޮޑަރން ސިޓީއަކަށް ހެދުމަށް ދެކޮޅު ހައްދަވާތީތޯ؟ ސުވާލު އުފައްދަވާފައެވެ .

ކޮންމެ އެކަސް، ނާއިބް ރައިސް މިއަދު މަގާމުން ވަކިކޮއްފިއެވެ. އުއްމީދަކީ ހުއްޓިފައިވާ ފުވައްމުލަކުގެ ތަރައްޤީގެ އެކި މަޝްރޫއުތަށް، ގޫގުލް ސްޕީޑް ގައި ގޮސް ނިމި، “ފުވައްމުލަކު މޮޑާރން ސިޓީ” ނައިބް ރައީސްގެ މަގާމަށް އައްޔަން ކުރަން ނިންމާފައިވާ މިހާރުގެ ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބްގެ މަސައްކަތުން ގާއިމްވެގެން ދިއުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !