16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ރޭގެ ޖަލްސާގައި ފުވައްމުލަކަށް ކޮށްދޭނެ ކަމެއް ނެތުމުން ޕީޕީއެމް ސަޕޯރޓަރުން މާޔޫސްވެފައި ފޮޓޯ؛ ވާފީ

ރިއާސީ ވައުދު: ފުވައްމުލަކަށް ކޮށްދެއްވާނީ ކޮންކަމެއް

ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ދިވެހިރާއްޖޭގައި ވެރިކަންކުރާނެ ވެރިއަކު ހޮވުމަށް މާދަމާ ވޯޓުލާން ނިކުންނައިރު ވާދަވެރި ދެކެންޑިޑޭޓުން ވެވަޑައިގެންނެވި ވައުދުތަކަށް ބަލާލުން މުހިންމެވެ. ދެކެންޑިޑޭޓުންގެ ތެރެއިން ފުވައްމުލަކުގެ ކުރިއެރުމަށާއި ފުވައްމުލަކުގެ ތަރައްގީއަށް މުހިންމީ ކޮން ކެންޑިޑޭޓެއްތޯ ބަލާލުން މުހިންމެވެ. ފުވައްމުލަކަކީ މުހިންމު ރަށެއްކަން ދެކެންޑިޑޭޓުންގެ ބައްދަލުވުންތަކުން ވެސް ފާހަގަވިއެވެ.

ޕީޕީއެމް ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާ ނިންމާލެއްވީ ފުވައްމުލަކުން ކަމަށް ވިދާޅުވިއެވެ. އަދި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ފަހު ދަތުރެއްގެ ގޮތުގައި ކަނޑައެޅުއްވީ ފުވައްމުލަކާއި އައްޑު އަތޮޅެވެ. އަދި އިދިކޮޅު އިއްތިހާދުގެ ރިއާސީ ރަނިންމޭޓަކީ ފުވައްމުލަކުގެ ދަރިއެކެވެ. ފުވައްމުލަކަކީ ތިންވަނައަށް އެންމެ އާބާދީ ބޮޑު ރަށަށްވާތީ މިރަށުގެ ވޯޓު ހުރިހާ ކެންޑިޑޭޓުންނަށް ވެސް މުހިންމެވެ.

ނަމަވެސް، ފާއިތުވީ ފަސް އަހަރުތެރޭ ފުވައްމުލަކަށް އެކަށީގެންވާ ތަރައްގީގެ ކުރިއެރުންތަކެއް ނުލިބޭ ކަމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން ޝަކުވާ ކުރެއެވެ. އެގޮތުން، ނަރުދަމާ އާއި ފެން އަވަސް އަރުވާލައިގެން ހުޅުވާލި ނަމަވެސް އެޚިދުމަތް އަދިވެސް ފުވައްމުލަކުގެ ގެތަކަށް ނުލިބެއެވެ. ނަމަވެސް، ފުވައްމުލަކަށް ވުރެ އާބާދީކުޑަ އެތައް ރަށަކަށް ވަނީ އެޚިދުމަތް ފޯރުކޮށްދީފައެވެ. ފުވައްމުލަކަކީ ނިސްބަތުން ގިނަ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅޭ ރަށެއް ނަމަވެސް މަގުތައް ވަނީ ނެހެދިފައެވެ. 2.7 ކިލޯ މީޓަރުގެ މަގެއް ހަދަން އަމަލީ މަސައްކަތްފެށި ކަމަށް ބުނާތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. ނަމަވެސް، ރިއާސީ އިންތިޚާބާއި ދިމާކޮށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް އަވަސްއަރުވާލައިގެ ކުރިއެވެ.ރާއްޖޭގެ އުތުރާއި ދެކުން ގިނަ އަދަދެއްގެ ރަށްތަކުގައި ވަނީ ތާރު އެޅިގެން މަގު ހަދާފައެވެ. އެގޮތުން، ކުޅުދުއްފުއްޓާއި، ދިއްދޫ އާއި ށ.ފުނަދޫ އާއި ލ.ގަމާއި ލ.ފޮނުދޫއާއި ދ.ކުޑަހުވަދޫ އާއި މިހެންގޮސް ލިސްޓު ލިޔެލަންވެއްޖިއްޔާ ޖެހޭނީ ރަގަޅު ދިރާސާއެއް ކުރާށެވެ.

މާޒީ ބޭއްވުމަށްފަހު މުސްގަތުބަލަށް ބަލާލުން މުހިންމެވެ. ކުރިއަށް އޮތީ ރިއާސީ އިންތިޚާބުގެ ވޯޓެވެ. ފުވައްމުލަކަށް ވެދެއްވި ވައުދުތައް ކޮބައިތޯއެވެ.

ދެކެންޑިޑޭޓުންގެ ވައުދުތަކަށް ބަލާއިރު، ޕީޕީއެމްގެ ކެންޑިޑޭޓު ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ދެއްކެވީ 1.1 ބިލިއަން ފަސްއަހަރު ތެރޭ ޚަރަދު ކުރި ވާޙަކައެވެ.. ނަމަވެސް، ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ އަދަދެއް ނޫނެވެ. މަޝްރޫއުތަކެކެވެ. އެމްޑީޕީ ޒައާމަތުގައި އެއާޕޯޓު ހުޅުވުނެވެ. ރައީސް މައުމޫނުގެ ޒައާމަތުގައި ބަދަރު ހުޅުވުނެވެ. ރައީސް ޔާމީނު ޒައާމަތުގައި ހުޅުވާލެއްވީ ޚިދުމަތް ނުލިބޭ ނަރުދަމާ އާއި ފެނުގެ ނިޒާމެކެވެ.

ޕީޕީއެމް ކެންޑިޑޭޓް ރައީސް ޔާމީނު ފުވައްމުލަކަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި ވިދާޅު ވެދެއްވީ ނަމޫނާ ސިޓީއަކަށް ދެން އަންނަ ދައުރެއްގައި ފުވައްމުލައް ހައްދަވާނެ ކަމަށެވެ. ކޮށްދެއްވާނެ އެއްވެސް ކަމެއް ވިދާޅެއް ނުވެއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މެމްބަރު ކަމަށް ކުރިމަތިލައްވަމުން ވިދާޅު ވެދެއްވީ ފުވައްމުލައް މޮޑާން ސިޓީއަކަށް ހައްދަވާނެކަމަށެވެ. ނަމަވެސް ކޮށްދެއްވުނު ކަމެއް ނެތެވެ. އެފަދަ ތަޖުރިބާ ތަކާއިއެކު ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ ކޮށްދެވާނެ ކަންތައްތަކެކެވެ. ވައުދުތަކެކެވެ.

ޕީޕީއެމް ކެންޑިޑޭޓް ރައީސް ޔާމީނު ބައިވެރިވެވަޑައިގެންނެވި ޖަލްސާއިން އެއްވެސް ވައުދެއްވެ ވަޑައިނުގެންނެވުމުން ފުވައްމުލަކުގެ ޕީޕީއެމް މެމްބަރުން ވިމާޔޫސްވުން ފިލުވައިދެއްވީ ޒުވާނުންނާއިއެކު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުން ކޮށްދެއްވާނެކަމަށް ތިން ހަތަރު ކަމެއް ފާހަގަކުރައްވައިގެނެވެ. އެއީ؛

1.      ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އެޅުމާއި،

2.       ފުވައްމުލަކުގެ ހުރިހާ ބޮޑެތި މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމާއި

3.      ފަތާ ފެންގަނޑެއް ހެދުމާއި،

4.      ކޮންމެ ދާއިރާއަކަށް ބޮޑު ޓާފް ދަޑެއް އެޅުން

ނަމަވެސް، މިހަތަރު ކަންތައްތަކުގެ ތެރެއިން ސިޓީ ހޮޓާ އެޅުން ފިޔަވައި އެހެންކަމެއް ސަރުކާރުން ނުވަތަ ޕީޕީއެމްއިން ރަސްމީކޮށް ނުދަންނަވައެވެ. އިދިކޮޅު އިއްތިހާދުން ފުވައްމުލަކުގެ ޖަލްސާއަށް ތައްޔާރުވަމުން ދަނިކޮށް ޓްއަރިޒަމް މިނިސްޓާރ ފުވައްމުލަކުގައި 1000 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅުއްވާނެ ކަމަށް ވިދާޅުވެ ނޫސް ކޮންފަރެންސެއް ބޭއްވެވިއެވެ. އެހެންކަމުން، ބާކީ ހުރި ކަންތައްތަކަށްވާނީ ކިހިނެތްތޯއެވެ.

މިއާއި ޚިލާފަށް އިދިކޮޅު އިއްތިހާދުން ފުވައްމުލަކުގައި ބޭއްވެވި ޖަލްސާގައި އެއިއްތިހާދުގެ ރިއާސީ ކެންޑިޑޭޓު ވަނީ ހަކަމެއް ފުވައްމުލަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ދެއްވާފައެވެ. އެއީ؛

1.      ހުރިހާ ބޮޑު މަގެއްގައި ތާރު އަޅުން

2.      ގިރާ ސަރަހައްދު ހިމާޔަތްކުރުން

3.      ފަތާ ފެންގަނޑެއް ހެދުން

4.      500 އެދުގެ ސިޓީ ހޮޓަލެއް ގާއިމުކުރުން

5.      ގައުމީ ޔުނިވާސީޓީގައި އައިސީޓީއަށް ޚާއްސަ ފެކަލްޓީއެއް ހައްދަވާ އެފެކަލްޓީގެ މައިމަރުކަޒަށް މިރަށް ހެދުން

6.      އޯޕަން މިއުޒިއަމެއް ތަރައްގީކުރުން

އެހެންކަމުން، މިއީ، މާދަމާ ވޯޓަށް ނިކުންނަވާއިރު ވިސްނާލުން މުހިންމުކަންތައްތަކެކެވެ.

އެމްޑީޕީ

ޕީޕީއެމް

ބައްދަލުވުން

1.      ހުރިހާ ބޮޑު މަގެއްގައި ތާރު އެޅުން

2.      ގިރާ ސަރަހައްދު ހިމާޔަތްކުރުން

3.      ފަތާ ފެންގަނޑެއް ހެދުން

4.      1000 އެދުގެ ސިޓީ ހޮޓަލެއް ގާއިމުކުރުން

5.      ގައުމީ ޔުނިވާސީޓީގައި އައިސީޓީއަށް ޚާއްސަ ފެކަލްޓީއެއް ހައްދަވާ އެފެކަލްޓީގެ މައިމަރުކަޒަށް މިރަށް ހެދުން

6.      އޯޕަން މިއުޒިއަމެއް ތަރައްގީކުރުން

·       1.1 ބިލިއަން ޚަރަދު ކޮށްފިން

·       ނަމޫނާ ސިޓީއަކަށް ދެން އަންނަ ދައުރެއްގައި އަޅުގަނޑު ފުވައްމުލައް ހަދާނަން

ހުޅުވާލެވިފައިވާ އާންމު ބައްދަލުވުމުގައި ވެވަޑައިގެންނެވި ވައުދުތައް

1.      ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އެޅުމާއި،

2.       ފުވައްމުލަކުގެ ހުރި ހާ ބޮޑެތި މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމައި

3.      ފަތާ ފެންގަނޑެއް ހެދުމާއި،

4.      ކޮންމެ ދާއިރާއަކަށް ބޮޑު ޓާފް ދަޑެއް އެޅުން

ޒުވާނުންނާއިއެކު ބޭއްވި ބައްދަލުވުން ފާހަގަ ކުރެއްވި ކަންތައްތައް

 

 

banner


ކިޔުންތެރިންގެ ޚިޔާލު