16 ޖޫޏް 2019 ( އާދީއްތަ )

ފުވައްމުލައް ބޭނުންވަނީ ރައްޔިތުންގެ ވިންދާއި އެކު މަސައްކަތް ކުރާނެ މަޖްލީސް މެމްބަރުން ތަކެއް!

ރިޔާސީ އިންތިޙާބު ނިމި ރައްޔިތުންގެ ހިތްތަކަށްް މިވަނީ އުފާވެރިކަން ވެރިވެފައެެވެ. މި އުފާވެރިކަން ދެމެހެއްޓުމައްޓަކައި ދެން ކުރައްވަން ޖެހޭ އެންމެ ބޮޑު މަސައްކަތެއް ކަމަށް ފެންނަނީ، މިއަންނަ 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖްލީހުގެ އިންތިޙާބުގައި، ރައްޔިތުންނާއި ގާތުން، ރައްޔިތުން އެދޭ ގޮތަށް ވަކާލާތުކުރަނެ މެމްބަރުންތަކެއް އިންތިހާބު ކުރުމެވެ.

މަޖްލީސް އިންތިޙާބުގެ ފޯރި އެއްދުވަހުން  އަނެއް ދުވަހަށް ގަދަވަމުން ދާއިރު، މާޒީގެ ސަފުހާތަކުން އިބުރަތް ލިބިގަނެ، އެ ހިތި މަޒީފަރުދާ ކޮއްލަވާނެ، މެމްބަރުންތަކެއް ފުވައްމުލަކު 3 ދާއިރާއިން ހޮވުމަކީ ފުވައްމުލަކުގެ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެޅޭނެ ވަރުގަދަ  އިންޖީނެއް ކަމާއި މެދު އެއްވެސް ދެބަސްވުމެއް ނެތެވެ.

މި ހިގަމުންދާ މަޖްލީހުގެ ދައުރަށް ކުރު ގޮތަކަށް ނަޒަރު ހިންގާލާނަމަ، ފުވައްމުލަކު 3 ދައިރާގެ މެމްބަރުންވެސް ރައްޔިތުންގެ ވިންދާއި އެއްގޮތަށް  މަސައްކަތް ކޮށްފަ ނުވާކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ، އެހެންނަމަވެސް ފުވައްމުލަކު އުތުރު ދާއިރަގެ މްމަބްރ އަލީ ޝާހު އާދި މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދު ، މިވަނީ ރައްޔިތުންގެ ސަފަށް އަރައި ރައްޔިތުންގެ އަޑު އަހަން ދާދި ފަހުން ފަށާފައެވެ. ނިމިދިޔަ އިންތިހާބުގައި ވެސް މި 2 ބޭފުޅުން ވަނީ ފާހަގަކޮށްލެވޭ ވަރުގެ މަސައްކަތްތަކެއް ކޮށްފައެވެ. މިކަން ފުވައްމުލަކު ރައްޔިތުން ބަލާގަންނާނީ ކޮން މިންގަޑަކުންތޯ އެ ރައްޔިތުން ނިންމާނީ މިއަންނަ އިންތިހާބުގައި އެވެ .

މި ޖަޒީރާ ރާއްޖޭގެ މުޅި ނިޒާމް ގަނޑުބަޑުކުރުމަށް އެންމެ އިސްރޯލެއް އަދާކުރެއްވި އެއްބޭފުޅަކީ ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތެރި މެމްބަރ، އަދި ދާދީ ފަހަކާއި ޖެހެންދެން ރައްޔިތުންގެ މަޖްލީސްގެ ރައީސްކަން ކުރެއްވި އަބްދުﷲ މަސީހު މުހައްމަދު ކަމަށް ފުވައްމުލަކާއި ރައްޖޭގެ ގިނަ ރައްޔިތުން ގަބޫލްކުރައްވައެވެ. ފުވައްމުލަކުގެ ތަރައްޤީއަށް ވެސް އޮތް އެެންމެ ބޮޑު ހުރަހަކީ މަސީހުކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވައެވެ.

އެހެން ކަމުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖްލީސް އިންތިޙާބުގައި، މަދު ފައިސާ ކޮޅަކަށް ވޯޓު ވިއްކާލުމުގެ ބަދަލުގައި  ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާނެ ފަދަ މެމްބަރުން ތަކަކައް ވޯޓު ދިނުން ނުހަނު މުހިންމެވެ.ކިޔުންތެރިންގެ ޚިޔާލު