23 މެއި 2019 ( ބުރާސްފަތި )

banner

ދިވެހި ޖުމްހޫރިއްޔާގެ ކުރީގެ ރައީސުން. އައު ރައީސަކަށްއިބްރާިމް މުހައްމަދު ސޯލިޙު ނޮވެމްބަރު 17ގައި ހުވާ ކުރައްވާނެ.

ދިވެހި ޖުމްޖޫރިއްޔަތަށް ބައިގަރުނު ވީ – ދެން މިސްރާބު ހުރީ…؟

ދިވެހިރާއްޖޭގެ ދެވަނަ ޖުމްޖޫރީ ވެރިކަމަށް މިއަދު ބައިގަރުނު ވީއެވެ. ނޫންނަމަ 50 އަހަރު ވީއެވެ. ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔަތެއް ގާއިމު ކުރެވުނީ 1953 ވަނަ އަހަރު ޖެނުއަރީ މަހު 1 ވަނަ ދުވަހު މުހައްމަދު އަމީނު ރައީސެއްގެ ގޮތުގައެވެ. ދެވަނަ ޖުމްޖޫރިއްޔަތެއް ގާއިމުކުރެވިފައި ވަނީ 11 ނޮވެމްބަރު 1968 ގައި ގާއިމު ކުރެވުނީ ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ފުރަތަމަ ޖުމްހޫރިއްޔާ ދިގުދެމިގެން ދިޔައީ 3 މަހެއް ހާދުވަހަށް ކަމަށް ބެލެވެއެވެ. ފުރަތަމަ ޖުމްޖޫރިއްޔާގެ ހަޔާތް ކުރުވި ކަމުގައި ވިޔަސް ދެވަނަ ޖުމްހޫރިއްޔާ ޖުމްޖޫރިއްޔާ މިވަނީ ދެވަންފުރައިން މައްޗަށް ޖެހިލާފައެވެ.

ސުވާލާކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ސިފަތަކާއި މެދު މިއަދު ދިވެހިން ދެކެނީ ކޮން ގޮތަކަށް ބާވައެވެ؟ ޖުމްހޫރިއްޔަތަކުން ކުރާ އުއްމީދުތައް ހާސިލު ވޭބާވައެވެ؟

ރާއްޖޭގައި މިއޮތީ ރިޔާސީ ޖުމްހޫރިއްޔަތެކެވެ. ނުވަތަ ރައީސަކަށް ބާރު ލިބިދެވޭ ގޮތަށް ގާއިމުކުރެވިފައިވާ ވެރިކަމުގެ ނިޒާމެކެވެ. މިވެރިކަމުގައި 3 ބާރު ވަކި ކުރެވިފައި ވިޔަސް އެންމެ އިސްފަރާތަކީ އަބަދުވެސް ރައީސުލް ޖުމްހޫރިއްޔާ އެވެ. ނުވަތަ ރައްޔިތުން ގެ ވޯޓުން އިންތިޚާބުކުރާ ދައުލަތުގެ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ.

ދުނިޔެ ބަލައިގެންފައިވާ ޑިމޮކްރަސީގައި ރިޔާސީ ވެރިކަމާއި ބަރުލަމާނީ ވެރިކަން ވެސް އޮވެއެވެ. އަދި މިދެބައި އެއްކުރެވިފައިވާ ވެރިކަންތައް ވެސް އޮވެއެވެ. އެގޮތުން ބަރުލަމާނީ ވެރިކަމުގެ މިސާލަކީ އިންޑިއާއެވެ. އަދި ރިޔާސީ ވެރިކަމުގެ މިސާލަކީ އެމެރިކާއެވެ. އަދި މިދެބައި ހިމެނޭ ޖުމްހޫރިއްޔަތެއްގެ މިސާލަކަށް އަވަށްޓެރި ސްރީ ލަންކާ ފުދެއެވެ.

ރާއްޖޭގެ ޖުމްހޫރިއްޔަތުގައި މިނިވަން ކަމާއެކު އާއްމު ރައްޔިތުންގެ ހައްގުގެ ވާހަކަ ދެކެވި ފުރަތަމަ އިންތިޚާބަކަށް ކުރިމަތިލިއިރު ރައްޔިތުންގެ މެދުގައި އުފެދުނު  ވެރިކަމުގެ ނަޒާމާއި މެދު ސުވާލު އުފެދުނެވެ. އާދެ! ދިވެހި ޖުމްހޫރިއްޔަތުގައި އޮންނަންވީ ރިޔާސީ ނިޒާމެއް ހެއްޔެވެ؟ ނުވަތަ ބަރުލަމާނީ ނިޒާމެއް ހެއްޔެވެ؟

މިސުވާލަށް ޖަވާބު ހޯދަން ރައްޔިތުންގެ މަޖުލީހަށް ފެނުނީ ސީދާ ރައްޔިތުންގެ ބަހަށް ގޮތް ނިންމުމަށެވެ. އެގޮތުން ރިޔާސީ ތޯ ބަރުލަމާނީ ތޯ ނެގުނު ފެންނަ ނުފެންނަ ވޯޓްގައި، 2008 ގައި ކާމިޔާބު ހޯދީ ރިޔާސީ ނިޒާމެވެ.

އެއާއެކު އިސްލާޙު ކުރެވުނު އައު ގާނޫނު އަސާސީ (ނޫ ގާނޫނު އަސާސީ) އާއި އެކު  2008 ގައި ވެސް ވެރިކަން ކުރަން ފެށީ ކުރިންވެސް އޮތް ރިޔާސީ ނިޒާމުގެ ބައްޓަމަށެވެ.

ވެރިކަމުގެ 3 ބާރުކަމުގައި ވާ ރައްޔިތުންގެ މަޖުލީހާއި، އަދުލު އިންސާފުގެ ނިޒާމާއި ވެރިކަން ހިންގާ ބާރު މިނިވަންކަމާއެކު ވަކިވަކިން އެއްބާރު އަނެއްބާރަށް އެހީތެރިވެދީ ފާރަލަމުން ދާ އުސޫލުން ކަމަށް ބަލައިގެންވެ.

ނަމަވެސް މާގިނަ ދުވަހެއް ނުވެ، 2 އަހަރާއި 8 މަހެއްހާ ދުވަހަށްފަހު އެވެރިކަން ވެއްޓުނީ އަދުލު އިންސާފުގެ ބާރާއި ރައްޔިތުންގެ މަޖުލީހުގެ ބާރުން ވެރިކަން ކުރާ ބާރަށް އެއްބާރުލުން ނުދިނުމުންނެވެ. އެބަދަލު އެއްބަޔަކު ބަޣާވާތެއްގެ ގޮތުގައި ސިފަކުރާއިރު އަނެއްބަޔަކު ސިފަކުރީ އެއީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ލިބުން ކަމުގެ ގޮތުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖުލީހުން ވެރިކަން ކުރާ ދައުލަތުގެ އެންމެ އިސްފަރާތަށް ވެރިކަން ހިންގަން އުނދަގުވާ ގޮތަށް ގާނޫނުތައް ބަދަލުކުރަމުން ދިޔަ ތަނެވެ. އަދި އެކަން ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއަށް ޖުޑިޝަރީ ވަދެ ވެރިކަމުގެ ބާރާއި ޖުޑިޝަރީން ވެސް ދެކޮޅުވެގެން ދިޔަ ތަނެވެ. އެންމެ ފަހުގެ ނަތީޖާއަކީ ރިޔާސީ ދައުރު ހަމަނުވެ ވެރިކަން ވައްޓާލުމެވެ.

އައު ގާނޫނު އަސާސީއާއެކު 2013ގައި ދެވަނަ ރިޔަސީ ދައުރެއް ފެއްޓީ ރައީސް ޔާމީނެވެ. ވޯޓު ލުން 3 ފަހަރު ބާއްވާން ޖެހުމުން މި ދައުރުގެ ހުވާ ކުރައްވަން ރައީސް ޔާމީނަށް ޖެހުނީ ދައުރުގެ 6 ދުވަސް ފަހުން 17 ނޮވެމްބަރު ގައެވެ. މި ދައުރުގައި ރައީސް ޔާމީނަށް ރައްޔިތުންގެ މަޖުލީހުގެ ސުޕަރ މެޖޯރިޓީއާއި އަދުލު އިންސާފުގެ ބާރުގެ ފުރިހަމަ އެހީތެރިކަން ލިބެމުން ދިޔައެވެ.

ނަތީޖާއަކީ ކުރިން ބަދަލުކުރި ގާނޫނުތައް އަލުން ވެރިކަމަށް ފަހިވާ ގޮތަށް ބަދަލުކުރުމާއި، ގާނޫނު ތަކުން އިތުރު ބޮޑެތި ބާރުތަކެއް ވެރިކަން ކުރާ ފަރާތަށް ލިބޭގޮތަށް ގާނޫނުތައް އުފެއްދުމާއި އިސްލާހު ކުރެވިގެން ދިޔައެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިކުރުމާއި ގައުމުގެ މާލިއްޔަތު ހިތުހުރި ގޮތަކަށް ބޭނުން ކުރުމުގެ ފުރުސަތު ވެރިމީހާއަށް މަޖުލީހުން ތަންވަސްކޮށްދިނެވެ.

އެންމެ ފަހުން ވެރިމީހާގެ އަމަލުތައް ގަބޫލުނުކުރެވިގެން ރައްޔިތުންގެ މަޖުލީހާއި ޖުޑިޝަރީން ވެސް ކަންތައް ބޮޑުވިތަން ފެނިގެންދިޔައެވެ. ވެރިމީހާ އެދޭ ގޮތާއި ދެކޮޅަށް ރައްޔިތުންގެ މަޖުލީހުގެ ކަންތައްތައް ބަދަލުވެގެން ދާތަން ފެނުމުން މަޖުލީސް މެންބަރުން ހުރަގެއަށްލައި ރައްޔިތުންގެ މަޖުލީހުގެ ޖަލްސާތައް ހިސޯރު ކުރިތަން ފެނިގެން ދިޔައެވެ. ހަމަ އެބީދައިން ޖުޑިޝަރިން ވެސް ވެރިކަމުގެ ބާރުން ނޭދޭ ގޮތަށް އަމުރުނެރެ، ހުކުމް ކުރަން ފެށުމުން އުއްތަމަ ފަނޑިޔާރާއި ސީނިއަރ ޖަޖު ޖަލަށް ލީ ގައުމުގެ އަމާންކަން ބަލަހައްޓަން ތިބި ސިފައިން މެދުވެރިކޮށް ގަދަ ބާރުންނެވެ.

އެގޮތުގައި ވެރިކަމުގެ ދައުރު ނިމެންދެން ހިފަހައްޓާލެވުނެވެ. އެންމެފަހުން، ދައުރު ނިންމީ ރައްޔިތުންގެ ވޯޓުން ނޫނެކޭ ބުނެގެންނެވެ.

މިކުރު ޚުލާސާއަށް ވިސްނާލުމުން ވެސް މިގައުމުގެ ޖުމްހޫރިއްޔަތު އަދި  އޮތީ މާ އާރުލާ ގޮތަކަށޭ ބުނެވޭކަށް ނެތެވެ. ޖުމްހޫރިއްޔަތުގެ ސިފަތަކަށް ބަދަލު ގެންނަން ޖެހެއެވެ. އަމާންކަމާއެކު އިދިކޮޅު ފަރާތްތައް ވެސް ބައިވެރިކޮށްގެން ވެރިކަން ހިންގޭނެ އައު ވިސްނުމެއް ހޯދަން ޖެހެއެވެ.

ޖުމްހޫރިއްޔަތުގެ ފުރަތަމަ ވެރިކަން ކުރި އަދި 3 ވަނަ ވެރިކަމަކަށް އިންތިޚާބުވެފައިވާ އެމްޑީޕީން ގަބޫލު ކުރަނީ އަދިވެސް ރާއްޖޭގައި ކާމިޔާބު ވާނީ ބަރުލަމާނީ ވެރިކަމެއް ކަމަށެވެ. ނަމަވެސް، މި ދެފަހަރު ވެސް އެމްޑީޕީއަށް ވެރިކަމަށް އާދެވުނު ކޯލިޝަން ކުދި ޕާޓީތަކުގެ ވިސްނުން ހުރީ މުޅިން އިދިކޮޅަށް ރިޔާސީ ނިޒާމަކަށެވެ. ވިމާ ނަޒާމު ބަދަލުވެގެންދާނެ ގޮތެއް އަދި ޖެހެނީ ވިސްނާށެވެ.

މި ޖުމްޖޫރިއްޔަތުގެ ދެވަނަ ބައި ގަރުނަށް ފަށާއިރު ޖުމްހޫރިއްޔަތަށް ގެންނާންވީ ކޮންފަދަ ބަދަލުތަކެއް ހެއްޔެވެ؟

ރިޔާސީ ނިޒާމު މި ޖީލުގެ ދަރިންނަށް ތަޖުރިބާ ކުރެވުނު އިރު ބަރުލަމާނީ ނިޒާމު ތަޖުރިބާ ކުރާ ކަށެއް އަދި ނުލިބެއެވެ. ދެން ދާން ވީ ބަރުލަމާނީ ނިޒާމު ތަޖުރިބާ ކުރަން ބާވައެވެ؟

ނޫނީ ދާން ވީ ދެބައި މައްސުނިވެފައިވާ، ބޮޑު ވަޒީރަކާއި ރައީސަކު ހުންނަ ޒާތުގެ ވެރިކަމަކަށް ހެއްޔެވެ؟ ގައުމުގެ ވެރިޔާ، ނުވަތަ މުޅި ދައުލަތުގެ ވެރިޔާ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާނީ އޭރުން ވެސް ރައްޔިތުންނެވެ. ވެރިކަން ހިންގާ ބޮޑު ވަޒީރު އައްޔަން ކުރާނީ ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނެވެ. ވަޒީރުންނަކީ ބައެއް ޖަޖުލީސް މެންބަރުންނެވެ.

ބޮޑުވަޒީރު ވެރިކަން ހިންގާ ގޮތާއި މަޖުލީސް މެންބަރުން ނުރުހިއްޖެ ނަމަ ދައުރުގެ ތެރޭގައި ވެސް މަޖުލީހުގެ ތެރެއިން އައު ބޮޑު ވަޒީރަކު އައްޔަން ކުރާނީ އެވެ.

banner


ކިޔުންތެރިންގެ ޚިޔާލު