16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ރައްޔިތުްނގެ މަޖުލީހުގެ އިންތިާޚބީ ދާއިރާތަކުގެ އާބާދީ - ފުވައްމުލައް ސިޓީ

މިފަހަރު މަޖުލިސް އިންތިޚާބީ ދާއިރާ ކަނޑައެޅި ގޮތް: ފުވައްމުލައް ސިޓީ

ރިޔާސި އިންތިާޚބު ކާމިޔާބުކުރި ކޯލިޝަން ސަރުކާރުން ހުވާކުރަން ތައްޔާރު ވެފައިވާ އިރު އަންނަ އަހަރު ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖުލިސް އިންތިޚާބަށް، ކޯލިޝަން ޕާޓުނަރުންނާއި އިދިކޮޅު ޕީޕީއެމް މެންބަރުންގެ ފޯރިވެސް ފުވައްމުލަކުގައި ވަނީ ގަދަ ވާން ފަށައިފިއެވެ.

ފުވައްމުުލަކުގައި އެކުލެވޭ ރައްޔިތުންގެ މަޖުލިސް އިންތިޚާބީ 3 ދާއިރާގ،ެ ދާއިރާ އެކުލެވޭ ސަރަހައްދު މިފަހަރު ބަދަލުވެގެން ދާނެކަމަށް ކުރިން ބެލެވުނު ނަމަވެސް ފުވައްމުލަކުގެ މަޖުލިސް ދާއިރާ ސަރަހައްދަށް ބަދަލު ނުގެންނަން އިލެކްޝަންސް ކަމިޝަނުން ވަނީ ނިންމާފައެވެ.

އިދާރީ ދާއިރާގެ ގޮތުގައި ބެލެވޭ ފުވައްމުލަކުގެ ރަޖިސްޓްރީ އާބާދީ އަކީ، 31 މާރޗު 2018 އަށ،ް 12895 އެވެ. ވުމާއެކު މި އަދަދު އިންތިޚާބީ 3 ދާއިރާއަށް ހަމައަށް ބަހާލުމުން އިންތިޚާބީ ދާއިރާއަކަށް ޖެހެނީ 4289 އެވެ.

ފުވައްމުލަކު އުތުރު ދާއިރާ

މިދާއިރާއަކީ މުޅި ރާއްޖެއަށް ބަލާލިޔަސް އާބާދި އެންމެ ބޮޑު ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެއެވެ. މިދާއިރާގެ ރަޖިސްޓްރީ އާބާދީ އަކީ 4928 އެވެ. އެއީ:

ދަޑިމަގު 1718

ދިގުވާނޑު 1485

ހޯދަޑު 1725 އެވެ.

މިއީ އިދާރީ ދާއިރާގެ ރަޖިސްޓްރީ އާބާދީ 3 ދާއިރާއަށް ބަހާލުމުން ޖެހޭ ވަރަށް ވުރެ %14.65 އިތުރު އަދަދެކެވެ.

ފުވައްމުލަކު މެދު ދާއިރާ

މިދާއިރާގައި ހިމެނެނި ފުވައމްުލަކު މެދަށް ނިސްބަތްވާ 3 އަވަށެވެ. މިދާއިރާގެ ރަޖިސްޓްރީ އާބާދީ އަކީ 4121 އެވެ. އެއީ:

މާދަޑު 1104

މިސްކިތްމަގު 2011

މާލެގަން 1006 އެވެ.

ފުވައްމުލަކުގެ އިދާރީ ދާއިރާގެ ރަޖިސްޓްރީ އާބާދީ 3 ދާއިރާއަށް ބަހާލުމުން ޖެހޭ ވަރަށް ވުރެ %4.13- (މަދު) އަދަދެކެވެ.

ފުވައްމުލަކު ދެކުނު ދާއިރާ

މިއީ މިއިދާރީ ދާއިރާގައި ހިމެނޭ އެންމެ ކުދަ އިންތިޚާބީ ދާއިރާއެވެ. މިދާއިރާގެ ރަޖިސްޓްރީ އާބާދީ އަކީ 3846 އެވެ. އެއީ:

ފުނާޑު 1721

ދޫނޑިގަން 2125 އެވެ.

ފުވައްމުލަކުގެ އިދާރީ ދާއިރާގެ ރަޖިސްޓްރީ އާބާދީ 3 ދާއިރާއަށް ބަހާލުމުން ޖެހޭ ވަރަށް ވުރެ %10.52- (މަދު) އަދަދެކެވެ.

ވުމާއެކު ފުވައްމުލަކުގައި ހިމެނޭ 3 އިންތިާޚބީ ދާއިރާގެ އަބާދީގެ ނިސްބަރުން އުތުރު ދާއިރާ އާއި އަނެއް ދެ ދާއިރާގެ ތަފާތު، ރައްޔިތުންގެ މަޖުލީހުގެ އިދާރީ ދާއިރާތައް ކަނޑައަޅާ ގާނޫނު، 1/2009 ގެ 9 ވަނަ މާއްދާގެ ށ. ގައި ބުނާ %15 އަށް ވުރެ ބޮޑެވެ.

ނަމަވެސް އިންތިޚާބީ ދާއިރާ ތަކުގެ ތަފާތު %15 އަށް ވުރެ ބޮޑުވި ކަމުގައި ވިޔަސް ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަން ޖެހޭ 10 ވަނަ މާއްދާގެ ހ.ގެ 2 ވަނަ ނަމްބަރުގައި ބުނާ

“އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލަށް ބެލުމަށްފަހު، ވީވަރަކުން ކުރިން ކަނޑައެލިފަިވާ އިންތިޚބީ ދާއިރާތަކަށް ބަދަލު ނުގެނެސް އިންތިޚާބީ ދާއިރާތައް ކަނޑައެޅުން”

މި އުސޫލަށް ބަލައި އިލެކްޝަންސް ކަމިޝަނުން ކަނޑައަ ފައިވަނީ މިފަހަރު އިންތިޚާބީ ދާއިރާތަކަށް ބަދަލު ނުގެނައުމަށެވެ.

ނަމަވެސް ބެލެވޭ ގޮތުގައި އަންނަ އަހަރަށް ފަހު ބޭއްވޭ ރައްޔިތުންގެ މަޖުލިސް އިންތިޚާބުގައި ދާއިރާތައް ބަދަލުވެގެން ދާނެކަމަށް ބެލެވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު


  1. ހާލީ 16 ނޮވެމްބަރ 2018 14:11

    ރަގަޅު ގޮތަކީ ހޯދަޑު އަވަށުގައި 1725 މީހުން ، ދިގުވާނޑު އަވަށުގައި 1485 އަދި ދަޑިމަގު އަވަށުގައި 1718 މީހުން

    1. މުހައްމަދު ޝިހާބް 20 ނޮވެމްބަރ 2018 10:11

      ޝުކުރިއްޔާ! އިސްލާހު ކުރެވިއްޖެ!