16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

މިފްކޯގެ ބޯޓަކަށް މަސްކިރަނީ - ފޮޓޯ: މުހައްމަދު ކަލޯ / މިކަލްނިއުސް

ފުވައްމުލައް ސިޓީގެ މަސްވެރިންނަށް މަސް ކިލޯއަކުން 2 ރުފިޔާ ގެއްލުން

ފުވައްމުލައް ސިޓީގެ މަސްވެރިނަށް އައިސް ލިބުމުގައި ދަތިތަކެއް ކުރިމަތި ވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މަސް ފިނި ކުރުމަށް ބޭނުންވާ އައިސް ނުލިބޭތީ، ބާނާ މަހުގެ ކޮންމެ ކިލޯ އަކުން 2 (ދޭއް) ރުފިޔާ ގެއްލުންވާ ކަމަށް މަސްވެރިން ހާމަކުރެއެވެ. ރަށުން މަސްވެރިކަމުގައި ގިނައިން ބޭނުން ކުރަނީ ކުދި ދޯނި ތަކެކެވެ. މަސްވެރިން ބާނާ ބާނާ މަހުގެ ކޮންމެ ކިލޯއަކުން ގެއްލުންވާ 2 (ދޭއް) ރުފިޔާ އަކީ ފުވައްމުލަކުގެ މަސްވެރިންނަށް ނުހަނު ބޮޑުވާ އެއްޗެކެވެ. މިކަމާ މަސްވެރިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރެއެވެ.

ފުވައްމުލައް ސިޓީގައި ދެވަނަ އައިސް ޕްލާންޓް ހެދުމުގެ މަސައްކަތް މިފްކޯއިން ކުރަމުން އަންނަންތާ ދުވަސްތަކެއް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މި އައިސް ޕްލާންޓް ގާއިމު ކުރުމަށް، ފުވައްމުލަކު ބަނދަރުގައި ކުރިން ހުރި އައިސް ޕްލާންޓުން ފެށިގެން އެއްގަމަށް އިމާރާތެއް އެޅުމުގެ މަސައްކަތް ފާއިތުވި ސަރުކާރުން ފެށިއެވެ. ނަމަވެސް މަސައްކަތް ނިމިފައި ނުވުމުން އައިސް އުފެއްދުމަށް ބޭނުންވާ މެޝިނަރީ އިންސްޓޯލްކޮށް ފައެއް ނުވެއެވެ.

އެއިގެ ކުރިން ހުރި އައިސް ޕްލާންޓަކީ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ބިގްފިޝް މޯލްޑިވްސް ޕްރައވެޓް ލިމިޓެޑް ތަނެކެވެ. އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވަމުން، ހިންގުމާއި ހަވާލުވެ ހުންނެވި މުޙައްމަދު ސައީދު ވިދާޅުވީ “އަޅުގަނޑުމެންނަކީ ކަންނެލި ގަންނަ ބައެއް ނަމަވެސް، އެކަށީގެންވާ މިންވަރަށް ކަންނެލި ނުލިބޭތީ ފައިދާއެއް ނުވޭ. އެހެންވެ، އައިސް ޕްލާންޓް ނުހިންގަނީ. ނަމަވެސް އޯޑަރ ކުރުމުން ގިނަ އަދަދަކަށް އައިސް ބޭނުންވާ ފަރާތްތަކަށް ވާނީ އައިސް ވިއްކާފައި. އަދި ފުވައްމުލައް ސިޓީގެ މަސްވެރިންނަށް ވެސް ހެޔޮ އަގުގައި ވާނީ އައިސް ވިއްކާފައި”. ސައީދު ހާމަކުރިއެވެ.

އެފަރާތުން އިތުރަށް ވިދާޅުވިގޮތުގައި އައިސް ޕްލާންޓާއި އެކު ފުވައްމުލަކު މަސްވެރިންނަށް މަސް މާރުކޭޓޭއް އާޅާދީފައި ވާ ކަމަށެވެ. ނަމަވެސް ވިޔަފާރި އިން ގެއްލުންވާތީ މިހާރު މުވައްޒަފުން ވެސް ވާނީ ދޫކޮލާފައި ކަމަށެވެ. އަދި މަސްވެރިކަން ރަގަޅުވެ، ކަންނެލި ލިބެން ފެށުމުން އިތުރު މުވައްޒަފުން ގެނެސް ޕްލާންޓް އޮޕަރޭޓް ކުރެވޭނެ ގޮތަށް މިހާރުވެސް ސްޓޭންބައި ހުރި ކަމަށެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުން “ބިގް ފިޝް” އަށް 22،000 އަކަފޫޓުގެ ބިމެއް ދީފައިވެއެވެ. އެބިމުގައި މަސް މާރުކޭޓަކާއި މަސްކަނޑާ ތަނެއް ތަރައްޤީ ކުރުމަށް ހަމެޖެހިފައި އޮތެވެ. ނަމަވެސް މަސް ކަނޑާތަން ތަރައްގީކުރުމަށް ކަނޑައަޅާފައި އޮތްތަނުގައި، އެފަރާތަށް އެނގުމެއް ނެތި މިފްކޯގެ އައިސް ޕްލާންޓެއް އަޅާފައި ވާތީ އެމައްސަލަ ކަމާއި ބެހޭ ފަރާތަށް ހުށްއަޅާފައި ވާކަމަށށް މައުލޫމާތު ދެއްވިއެވެ.

ބިގްފިޝްގެ އައިސް ޕްލާންޓް ގަތުމަށް މިފްކޯއިން މަސައްކަތް ކުރިއެވެ. ނަމަވެސް އެފަރާތުން ހުށަެޅި އަގާއި ދޭތެރޭ ދެފަރާތުން އެއްބަސްވުމަކށް އާދެވިފައި ނުވުމުން އެތަން މިފްކޯއަށް ލިބޭތޮތް ވަނީ ނުވެފައެވެ.

ދާއިމީ ގޮތެއްގައި ފުވައްމުލައް ސިޓީއިން އައިސް ލިބޭނެގޮތެއް ނެތުމުން ބައެއް ދޯނިފަހަރު އައްިސް ހޯދުމަށް ދާންޖެހެނީ ހުވަދު އަތޮޅާއި އައްޑޫ ސިޓީ އަށެވެ. ގިނަ ދޯނިފަހަރު މަސްވެރިކމަށް ނިކުންނީ ހުވަދު އަތޮޅުގައި މިފްކޯއިން ގާއިމުކޮށްފައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ދަތުރުކޯށް އެތަނުން އައިސް އަޅައިގެންނެވެ.

ފުވައްމުލައް ސިޓީއަށް ދަތުރު ކުރަން ބޭނުންވާ، އެހެން ރަށްރަށުގެ މަސްވެރިންނަށް ވެސް ފުވައްމުލަށް ސިޓީއަށް ދަތުރުކޯށް މަސްކިރުމަށްފަހު،  އައިސް ލިބުމުގެ ދަތިކަން ހުންނާތީ އެ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާހަގަކުރެއެވެ.

ކޮންމެއަކަސް ފުވައްމުލައް ސިޓީގެ މަސްވެރިން ބޭނުން ވަނީ އެހެން އަތޮޅުތަކުގެ މަސްވެރިންނެކޭ އެއްގޮތަށް ދާއިމީކޮށް ހުރިހާ ދުވަހެއްގައި ފުވައްމުލަކުން ވެސް އައިސް ލިބޭނެގޮތް ވުމެވެ. އަދި ބާނާ މަހަށް ފުރިހަމަ އަގު ލިބޭނެ އާ ދުވަހަކަށް ފުވައމްުލަކުގެ މަސްވެރިން  އިންތިޒާރު ކުރެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު