A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންގެ މަޖުލިސް މެންބަރުން ބެހިފައިވާ ގޮތް

ރައްޔިތުންގެމަޖުލީހުގެ ގޮނޑިތައް ސިޔާސީ ގޮތުން ނިސްބަތްވާ ގޮތް

ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނަކީ ވަރަށް ގިނަފަހަރާ ޕާޓީ ބަދަލުވާ ބަޔެކެވެ. އެގޮތުން މިހާރު ކުރިޔަށް މިދާ 17 ވަނަ ރައްޔިތުންގެ މަޖުލީހަށް އިންތިޚާބު ވީއްސުރެ މިއަދާއި ހަމަޔަށް ވެސް އެބަދަލުތައް އަންނަނީ ފެންނަމުންނެވެ.

ޚާއްސަކޮށް ސަރުކާރުގައި ހިމެނޭ ޕާޓީީތަކާއި ދިމާލަށް މެންބަރުން މިސްރާބު ޖާހާތަން ފެންނަލެއް ގިނައެވެ. އެގޮތުން މިފަހަރު ވެސް ގިނަ މެމްބަރުން ބަދަލުވެފައި ވަނީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކަށެވެ. ޖޭޕީއާއި އެމްޑީޕީއަށެވެ.

އެމްޑީޕީއަށް ދެ މެންބަރަކު ގުޅުނު އިރު ޖޭޕީއަށް ގިނަ މެންބަރުންތަކެއް ގުޅެމުން އާދެއެވެ.

ގިނަ އިން މެމްބަރުން ބަދަލުވާތަން މި ފެންނަނީ ރިޔާސީ އިންތިޚާބުގައި ބަލިވި ޕީޕީއެމުންނެވެ. ނުވަތަ އެޕާޓީއަށް ނިސްބަތްވެ ފަހުން އެޕާޓީން ވަކިވެފައިވާ މެމްބަރުންނެވެ.

ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު 3 ދާއިރާގެ މެންބަރުގެ ތެރެއިން، އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު މަޖުލިސް ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމް ޓިކެޓްގައި ވާދަކޮށްގެންނެވެ. އަދި ފަހުން ޕީޕީއެމުން ވަކިވެ ދުވަސްތަކެއް ފަހުން ރޭގައި ވަނީ ޖޭޕީއާއި ގުޅިފައެވެ.

މެދުދާއިރާގެ މެންބަރު އަލީ ފަޒާދު ވެސް މަޖުލީހަށް އިންތިޚާބުވީ ޕީޕީއެމް ޓިކެޓްގައި ވާދަ ކޮށްގެންނެވެ. ނަމަވެސް، އެޕާޓީ ތެރޭގައި ޖެހުނު މައްސާލާގައި އަލީ ފަޒާދު ވަނީ އެޕާޓީން ވަކި ކޮށްފައެވެ. އަލީ ފަޒާދު މިހާރު ހުރި މިނިވަން މެމްބަރެއްގެ ގޮތުގައެވެ.

ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު އަކީ ޕީޕީއެމް ޓިކެޓްގައި ވާދަކޮށް މަޖުލިސް ގޮނޑި ހޯދައި، މަޖުލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެހީގައި ދިޔަ ބޭފުޅެކެވެ. މަސީހު ވެގެން ދިޔައީ ޕީޕީއެމްގެ ތެރޭގައި އެންމެ ބާރުގަދަ އެއް މެންބަރަށެވެ. އެއާއެކު މަސީހު އަދިވެސް ހުރީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

ބުނެވޭ ގޮތުން ގިނަ މެންބަރުން ޕާޓީ ބަދަލުކުރަމުން އަންނަނީ ވިޔަފާރިވެރިޔާ ގާސިމްގެ އެހީއާއެކު ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލިސް ގެ އިންތިޚާބުގައި ވާދަކުރުމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !