20 ޖެނުއަރީ 2019 ( އާދީއްތަ )

banner

ޏ.އޭއީސީ: އަންނަ އަހަރު ފަށާ ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ސްކޫލެއް

ފުވައްމުލަކު ހުރިހާ ސްކޫލެއްގައި ގްރޭޑް 9 އުފެއްދުން ރަނގަޅު ބާ؟

އަންނަ ދިރާސީ އަހަރު ފެށޭ އިރު ފުވައްމުލަކުގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ގްރޭޑް 9 އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި އެކަން އެސްކޫލްތަކަށް ވަނީ އަންގާފައެވެ. އެގޮތުން ފުވައްމުލަކުގައި ކުރިން ޕްރައިމަރީ އަށް ކިޔަވައިދެމުން އައި ހާފިޒު އަޙުމަދު ސްކޫލް (ހޭޒް) އާއި މަދަރުސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ފުވައްމުލަކު ސްކޫލު (އެފްއެސް) ގައި ވެސް އަންނަ އަހަރު ގްރޭޑް 9 އުފައްދަން ނިންމާފައި ވެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ކުރިން ވެސް ކިޔަވައިދެމުން އައި ސެކަންޑަރީ ސްކޫލް، ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގައި ވެސް އަންނަ އަހަރު ގްރޭޑް 7،8 އަލުން އުފައްދައި އަދި ގްރޭޑް 9 ގެ ކިޔެވުން ކުރިޔަށް ގެންދާގޮތަށް އެ ސްކޫލުން ވެސް ވަނީ އިއުލާންކޮށް ފައެވެ.

 

މިއާއެކު ފުވައްމުލަކުގެ ބައެއް ބެލެނިވެރިންނާއި ޓީޗަރުންގެ ކަންބޮޑުވުން މިކަމާއި މެދު އަންނަނީ ފާޅުކުރަމުން ދެއެވެ. އެގޮތުން ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވުން ފާޅުކުރާ ކަންތައްތަކުގެ ތެރޭގައި:

  • ކުރިން ޕްރައިމަރީ ސްކޫލްތަކުގެ ގޮތުގައި ހުރި ހޭޒް، އެމްޖޭއެސް، އަދި އެފްއެސް ގައި ސެކަންޑަރީއަށް ކިޔަވަން ބޭނުންވާ އެކަށީގެން ވާ ވަސީލަތްތައް ނެތުން – ސައިންސް ލެބޯރޓަރީ، ލައިބްރަރީ، ކޮމްޕިއުޓަރ ލެބް.
  • އެކަށީގެންވާ މިންވަރަށް ސެކަންޑަރީ އަށް ކިޔވައިދޭން ތަމްރީނުވެފައި ތިބި ޓީޗަރުން ޕްރައިމްރީ ސްކޫލްތަކުގައި ނެތުން.
  • ޓީޗަރުންގެ ނިސްބަތް ދަރިވަރުންގެ އަދަދާއި ގުޅުވާފައި ވުމުން އެއް ޓީޗަރުންނެއް ގިނަ މާއްދާތަކެއް ގިނަ ގްރޭޑްތަކަށް ކިޔަވައިދޭން ޖެހުމުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވުން – ކްލާސް މެނޭޖްމެންޓް މައްސަލަތައް އިތުރުވުން.
  • ގިނަ ސްކޫލެއްގައި ވަސީލަތްތައް ގާއިމުކޮށްދޭން ސަރުކާރަށް ނުކުޅެދުން – ސްކޫލްތަކުގެ މެދުގައި އިތުރު ތަފާތު ކުރުން ފެނިގެންދިއުން.
  • ދަރިވަރުންނަށް ސްރީމް ނެގުމަށް ފުރުސަތު ހަނިވެ – ކުރިން މިގައުމުގައި ސެކަންޑަރީ ފެށިގެން ދިޔަ ގޮތަށް ހުސް އެއް ސްޓްރީމެއް (ބިޒިނަސް) ކުދިންނަށް ކިޔަވަށް ޖެހުން.
  • ޏ.އޭއީސީ ގައި ގާއިމުވެފައިވާ ވަސީލަތްތައް ބޭނުންނުކުރެވި ޖާގަ ހުސްވެ ބޭކާރުވުން.
  • މީގެ ސަބަބުން ސިންގަލް ސެޝަނަށް ޕްރައިމަރީ ސްކޫލްތައް ސްކޫލްތައް ބަދަލުކުރުން ދަތިވުން.

މިފަދަ ކަންކަން ހާމަކޮށް ފާޑުކިޔާ ބެލެނިވެރިން ބުނަމުން ދަނީ “ވަސީލަތްތައް ހަމަނުކޮށް ހަމައެކަނި ސްކޫލުގެ ނަންބޯޑު ބަދަލުކުރަނީ” ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ބޭފުޅަކު ވިދާޅުވީ މިސަރުކާރުން ސްކޫލްތަކުގެ ހަމައެކަނި ނަންބޯޑު ބަދލެއް ނުކުރާނެ ކަމަށެވެ. ޕްރައިމަރީ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށެވެ.

ފުވައްމުލަކުގެ ހުރިހާ ސްކޫލްތަކެއްގައި އަންނަ އަހަރު ގްރޭޑް 9 އުފައްދަން ސަރުކާރުން ނިންމަން ޖެހުނީ އެ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންގެ %90 އަށް ވުރެ މަތިން ކުރިން ތިބި ސްކޫކްތަކުގައި ގްރޭޑް 9 އަށް ކިޔަވަން އެދުމުންނެވެ.

ޕްރައިމަރީ ސްކޫލްތަކުގައި ގްރޭޑް 9 އުފެއްދުމަށް ނިންމުމަށް ތާއިދުކުރާ ބެލެނިވެރިން ދެކޭ ގޮތުގައި، ޏ.އޭއީސީ އާއި މެދު އެމީހުންގެ އިތުބާރު ކުޑަވުން ހިމެނެއެވެ. އެސްކޫލަށް ދަރިވަރުން ބަދަލުކުރުމުން ކާމިޔާބު ކަމާއެކު ސެކަންޑަރީ ސްކޫލް ނިންމާލެވޭނެ ކަމުގެ އުއްމީދު ކުޑަވުން ހިމެނޭކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ. އެގޮތުން އެސްކޫލްގެ މެނޭޖުމެންޓާއި އުންގަންނައި ދިނުމުގެ މާހައުލާއި މެދު ގިނަ ބެލެނިވެރިންތަކެއްގެ ކަންބޮޑުވުން އެބަ އޮތެވެ.

މިކަމާއި މެދު ތަފާތު އެހެން ނަޒަރަކުން ވިސްނާ ބައެއް މީހުން ބުނާ ގޮތުގައި ޏ.އޭއީސީގެ ސެކަންޑަރީ ޓީޗަރުންގެ ތެރެއިން މަދު ޓީޗަރުން ކޮޅެއް މިކަމާއި ދެކޮޅު ހަދަނީ އެޓީޗަރުން ސެކަންޑަރީ ކްލާސްތަކަށް ކިޔަވައިދިނުމަށް ޕްރަމަރި ސްކޫލްތަކަށް ދާން ޖެހިދާނެތީއެވެ. އެފަދަ ހާލަތެއްގައި އެމީހުންގެ ހައިބަތު ކުޑަވެ، މުޅި ރަށުގެ ބަދަލުގައި އަވަށްތަކަށް ނުވަތަ ހިސާބުތަކަށް ލޯކަލައިޒްވެގެން ދާނެތީ ކަމަށް އެމީހުންނަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އެގޭ ކަމަކީ މިކަމުގައި ގިނަ ފަރާތްތަކުން ވިސްނާ ޚިޔާލު ފާޅުކުރާ ކަންކަމުގައި އަދި މިނިސްޓްރިން ވެސް ވިސްނާ ކަންކަމުގައި ބުރަދަނެއް ހުރިކަމެވެ. ބުނާހާ ފަސޭހައިން ވަކިގޮތެއް ކަނޑައެޅުމަށް ވުރެ މަސްހުނި ކަން އެކުލެވޭ ކަމެއް ކަމަށެވެ.

ފުވައްމުލަކޭ ދާދި އެއްކަހަލަ ގޮތަކަށް ސްކޫލްތައް ހުރި ރަށްތައް ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށިގައި ވެސް އެޑިއކޭޝަން މިނިސްޓްރީގެ ނިންމުމަކީ އެތަނުގެ ބެލެނިވެރިން އެދޭ ގޮތެވެ. އެގޮތުން އެރަށްރަށުގެ ބެލެނިވެރިންނަށް ފެނުނީ ދަރިވަރުން ސެކްނޑަރީއަށް ކިޔަވަން ބޮޑަށް ރަނގަޅުވާނީ ކުރިން ވެސް ހުރި ސެކްނޑަރީ ސްކޫލަސް ފޮނުވައިގެން ކަމަށްވާތީ އެމީނުހް އެދުނީ އެގޮތަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މިނިްސްޓްރީން ނިންމީ އއެއެދުމާއެއްގޮތަށް ހުރިހާ ސްކޫލެއްގައި އަދި ސެކަންޑަރީ އަށް ކިޔަވައިދޭން ނުފަށާށެވެ.

ވުމާއެކު މިނިސްޓްރީން އިސްކަން ދީފައިވަނީ ބެލެނިވެރިންގެ އެދުމާއ އެއްގޮތަށް އަދި އެމިނިސްޓްރީގެ ސިޔާސަތެއް ކަމަށްވާ ހުރިހާ ސްކޫލެއްގައި 1-10 ށް ކިޔަވައިދނުމުގެ ސިޔާސަތާއި އެއްގޮތަށް ކަންކަން ފެށުމަށެވެ.

މިކަމުގައި ޕްރަމަރީ ސްކޫލުގައި ކިޔެވުމަށް ކަންބޮޑުވާ ބެލެނިވެރިންނަށް ޏ.އޭއީސީއަށް ވެސް ބަދަލުވުމުގައި ހުރަހެއް ނެތެވެ. ހުރިހާ ޗޮއިސްއެއް ބެލެނިވެރިންނަށް ލިބި ކަމުގައި އުފުޅާން ޖެހޭ ބުރައެއް އުފުލަން މިނިސްޓްރން އޮތީ ތައްޔާރަށެވ ބުނެވިދާނެއެވެ. އެއީ ސްކޫލްތަކަށް ވަސީލަތްތައް ގާއިމުކުރުމާއި ޓީޗަރުން ހޯދައި ދިނުމެވެ.

ފުވައްމުލަކުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ވިސްނުމަކީ ޏ.އޭއީސީގައި ސެކަންޑަރީއަށް ކިޔަވުމުން ދަރިވަރުންނަށް ފައިދާ ބޯޑުކަމަށް ފެންނަނަމަ އެކަމަށް ލޮބީކޮށް ގިނަ ބަޔަކަށް އެކަން ވިސްނާދީ ހުރިހާ ދަރިވަރުންހެން ޏ.އޭއީސީއަށް ބަދަލުވުމަށް ބެލެނިވެރިން މެދުވެރިކޮށް އެދެން ވީއެވެ. އެހެން ވެއްޖެ ނަމަ އާޚިރުގައި އެޑިއުކޭޝަން މިނިސްޓްރީން ސެކަންޑަރީ ބައި ހިންގަން ޖެހޭނީ ހަމައެކަނި ޏ.އޭއީސީގައެވެ. ނުސިދާކޮށް އެޑިއުކޭޝަން މިނިސްޓްރީން ޏ.އޭއީސީގެ ސެކަންޑަރީއަށް ބާރުއަޅާ ކަމެއްގެ ގޮތުގައި، އަންނަ އަހަރު ފަށާ ‘ހެނދުނު ނާސްޓާ ދިނުން ޕްރޮގްރާމު’ އެސްކޫލު ފަށަން ހިމެނުން ބެލިދާނެއެވެ.

ވުމާއެކު ބެލެނިވެރިން ގޮތް ނިންމާށެވެ. އެޑިއުކޭޝަނުން އެތިބީ ބެލެނިވެރިންގެ އެދޭގޮތަކަށް ޖާގަ ދީގެންނެވެ. މިކަމުގައި ވަކިބަޔަކު ކުށްވެރި ކުރާނެ ޖާގައެއް ނެތެވެ.

banner


ކިޔުންތެރިންގެ ޚިޔާލު