25 މާރިޗު 2019 ( ހޯމަ )

banner

ޗައިނާގައި ސްމާރޓް ޗިޕް ހަރުކުރި ސްކޫލް ޔުނިފޯމް ބޭނުންކުރަން ފަށައިފި

ޗައިނާގެ ސްކޫލްތަކުގައި “ސްމާރޓް ޔުނިފޯރމް” ބޭނުންކުރަން ފަށައިފި

ޗައިނާގެ ސްކޫލްތަކުގައި “ސްމާރޓް ޔުނިފޯރމް” ބޭނުންކުރަން ފަށައިފިއެވެ. ސްމާރޓް ޔުނިފޯމް ތައްޔާރުކޮށްފައި ވަނީ ކޮމްޕިއުޓަރ ޗިޕްތަކެއް ދަރިވަރުންގެ ޔުނިފޯމްގައި ހަރުކޮށްގެންނެވެ. މިގޮތަށް އަމަލުކުރަން ފެށީ ދަރިވަރުން ކްލާސް ކެޓުވުމާއި ދަރިވަރުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށެވެ.

އެގޮތުން ޗައިނާގެ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމަށްވާ ގުއިޒޯ ގެ 11 ސްކޫލެއްގައި “ސްމާރޓް ޔުނިފޯމް” ބޭނުންކުރަން ފަށައިފިއެވެ. އެ ޕްރޮވިންސްގެ ޓެކް ކުންފުންޏެއް ކަމަށްވާ ގުއިޒޯ ގުއަންޔޫ ޓެކްނޮލޮޖީން އުފެއްދި ކޮމްޕިއުޓަރ ޗިޕް ތައް ހަރުކޮށްފަގައި ހުންނަނީ ޔުނިފޯމްގެ ކޮނޑުމަތީގައިވާ ފޮތިގަނޑުގެ ތެރޭގައެވެ.

މި ޔުނިފޯމްގައި ދަރިވަރު ސްކޫލަށް ވަންނަތަނުން ވަގުތުން އެދުވަހުގެ ތާރީޚާއި ގަޑި ރެކޯޑުކުރެވެއެވެ. އަދި މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ބެލެނިވެރިޔާއަށް ދަރިވަރު ސްކޫލަށް ވަންނަތަން ވަގުތާއި ގަޑި އެނގޭ ގޮތަށް ކުރު ވީޑިއޯކޮޅެއް ފޮނުވާލައެވެ.

ޔުނިފޯމް ބަދަލުކޮށްގެން އޮޅުވާނުލެވޭ ގޮތަށް، އަސްލު އެ ޔުނިފޯމު ލަނީ އެއިގެ ވެރިފަރާތުންތޯ ޔަގީންކުރުމަށް ފޭޝަލް ރިކޮގްނިޝަން ފީޗަރ ބޭނުންކުރެއެވެ.

ދަރިވަރުން ކްލާސް ކަޓުވާލާނަމަ ‘އެލާމަކުން’ އެކަން ޓީޗަރަށާއި ބެލެނިވެރިޔާއަށް އަންގާދެއެވެ. އަދި ހުއްދަ ނުހޯދާ ސްކޫލުން ބޭރަށް ގޮސްފިނަމަ އޮޓަމެޓިކުން އެލާމްވާން ފަށައެވެ.

މި ޗިޕްގައި އެކުލެވޭ ޖީޕީއެސް ސިސްޓަމަކުން ދަރިވަރުން ސްކޫލްތެރެއާއި ސްކޫލުން ބޭރުގައި އުޅޭތަން އަންގައި ދެއެވެ.

ޔުނިފޯމުގެ ފޮތިގަނޑުގެ ތެރޭގައި ވާ ދެ ޗިޕަކީ 150 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ހިފަހައްޓާލެވޭ، 500 ފަހަރު ދޮވުނު ކަމުގައިވިޔަސް ގެއްލުންނުލިބޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޗިޕްތަކެއް ކަމަށް މިޗިޕް ތައްޔާރުކުރި ކުންފުނިން ބުނެއެވެ.

ކްލާހުގައި ދަރިވަރުން ނިދާނަމަ ވެސް އެލާމްވާން ފަށައެވެ. އަދި ދަރިވަރު ސްކޫލުގައި ފައިސާ ޚާރަދުރަކުރާ ކަންކަމާއި ޚާރަކުކުރާ ގޮތް އެނގި އެކަން ބެލެނިވެރިޔާއަށް މޯބައިލް އެޕްމެދުވެރިކޮށް، ދަރިވަރުގެ ހޭދަތައް ކޮންޓްރޯލް ވެސް ކުރެވެއެވެ.

މި ޗިޕް އުފެއްދި ކުންފުނީން އާއްމުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން މިއީ ދަރިވަރުންގެ ސަލާމަތަށާއި ސްމާތް މެނޭޖްމެންޓް އަކަށް ތައްޔާރުކުރެވިފައިވާ ޗިޕްތަކެކެވެ. މީގެ ސަބަބުން ދަރިވަރަށާއި ބެލެނިވެރިންނާއި ތީޗަރުންނަށް ވެސް ފައިދާތަކެއް ލިބިގެންދާނެއެވެ.

އެކުންފުނިން ބުނެފައިވަނީ މި ޔުނިފޯމްތައް އުފައްދާފައި ވަނީ އެގައުމުގެ ސްމާރޓް އެޑިއުކޭޝަން ޕޮލިސީއާއި އެއްގޮތަށް ތައުލީމު ކުރިއެރުވުމަށްޓަކައި ސްމާރޓް ކެމްޕަސް އާއި ސްމާރޓް އެޑިއުކޭޝަން މެނޭޖްމެންޓް ހަގީގަތަކަށް ހެދުމުގެ ގޮތުނެންވެ.

ކުންފުނިން ހާމަކުރި ފައިދާތަކަސް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ދަރިވަރުންގެ އިންސާނީ ހައްގުތަކެއް ނޯވޭތޯ ސުވާލު އުފައްދާފައިވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު