23 މެއި 2019 ( ބުރާސްފަތި )

banner

ޕްލާަސްޓިކުން ތެޔޮ އުފައްދަ މެޝިން - ފްރާންސް

ޕްލާސްޓިކުން ތެޔޮ އުފައްދާ މެޝިނެއް ފްރާންސްގައި އީޖާދުކޮށްފި

ފްރާންސްގެ މީހަކު ޕްލަސްޓިކުން ތެޔޮ އުފައްދާ މެޝިނެއް އީޖާދުކޮށްފިއެވެ. އުކާލެވޭ ޕްލާސްޓިކްގެ އެތިކޮޅުތައް އެއްކޮށްގެން މެޝިނަށް ލައި 450 ޑިގްރީ ސެލްސިއަސް ހޫނުކޮށްގެން ޕްލާސްޓިކްގެ އަސާސީ ބައިތައް ބަދަލު ވެގެންދަނީ ޑިސަލާއި ޕެޓްރޯލް އަދި ދަގުއިގެ ގޮތުގައި ކާބަން ވަކިކުރެވެއެވެ.

މިމެޝިން އިޖާދުކުރި މީހުން ހާމަކުރާ ގޮތުން 1 ކިލޯގެ ޕްލާސްޓްިކަށް 1 ކިލޯގެ ތެޔޮ (ޑީސަލާއި ޕެޓްރޯލް) އުފެއްދޭނެއެވެ. މީގެ ސަބަބުން މީހުން އުކާލެވޭ ޕްލާސްޓިކަކީ އަގުހުރި އެއްޗަކަށްވެ، މީހުން ޕްލާސްޓިކު ކުނީގެ ގޮތުގައި އުކާނުލާނެ ކަމަށް އެމީހުން އުއްމީދުކުރެއެވެ. އޭގެ ބަދަލުގައި މީހުން ޕްލާސްޓިކް ފުޅިތައް ރައްކާ ކޮށްގެން ގެންގުޅޭނެ ކަމަށެވެ.

މި މެޝިން އުފެއްދި މީހުން މަސައްކަތް ކުރަނީ 2019 ގެ މެދެއްހާ ހިސާބަށް މީގެ ބޮޑު މެޝިނެއް އުފެއްދުމަށެވެ. އޭރުން ގަޑިއެއް ހާއިރުތެރޭ 40 ލިޓަރުގެ ތެޔޮ އުފެއްދޭނެ ކަމަށެވެ.

އެމީހުން ބޭނުން ވަނީ އެމެޝިން އިތުރަށް ތަރައްގީކޮށް އެއިގެ އުފެއްދުންތައް އިތުރު ކުރުމަށް ކަމަށް އަލްޖަޒީރާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެއެވެ.

ޕާލްސްޓިކުން އުފެއްދި ތެލުން ޖަނެރޭޓަރު ހިންގަނީ

މިއީ އިޖުތިމާއީ އިގުތިސޯދީ އަދި ތިމާވެށީގެ އަގުހުރި ހަތިޔާރެއް ކަމަށް އެމީހުން ދެކެއެވެ.

މިމެޝިނުގެ އަމާޒަކީ އުކާލެވިފައިވާ ޕްލާސްޓިކު ކުނިތައް އެއްކުރެވި، އެއިން ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޭނުންހިފުމެވެ. ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިތުރު ވަޒީފާތައް އުފެއްދުން ކަމަށް އެމީހުން ބުނެއެވެ.

މީގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ޕްލާސްޓިކު ކުނިތައް އެއްކުރެވި އެއިގެ ސަބަބުން ވަޒީފާތައް އުފެދިގެންދާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ.

ކޮންމެ އަހަރަކު ވެސް ދުނިޔޭގައި ގާތްގަޑަކަށް 260 މިލިޔަން ޓަނުގެ ޕްލާސްޓިކު އުފައްދައެވެ. އެއިގެ ތެރެއިން 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑަށް އެޅި ކަނޑުގެ ދިރުންތަކަށް ނުރައްކާ ވާ އެއްޗަކަށް ވެގެން ދެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު