24 ޖުލައި 2019 ( ބުދަ )

ބަރު ސްކޫލް ދަބަހުން ބުރަކަށްޓަށް ގެއްލުން ވޭ. ސްކުލް ދަބަސް ލުއި ކުރަން ވިސްނަން ޖެހޭ.

މާ ބަރު ސްކޫލްދަބަސް އުފުލުމުން ބުރަކަށްޓަށް ގެއްލުންވޭ

ސްކޫލް ދަބަސް ބަރުވުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ. ނަމަވެސް މިކަމާއި މެދު ރާއްޖޭގެ ސްކޫލުތަކުން ވިސްނަނީ ކިހާ ވަރަކަށް ބާއެވެ؟

ބަރު ސްކޫލް ދަބަސް ގިނައިން އުފުލުމުން ހެދި ބޮޑުވަމުންދާ ކުދިންގެ މައިބަދައިގެ ބައްޓަމަށް ބަދަލު އާދެއެވެ. އެގޮތުން ބުރަކަށީގެ މެދުގެ ގޮންޏާއި (ކާރވޭޗަރ) ތިރީ ގޮންޏަށް ބަދަލު އަންނަކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ. މީގެ ސަބަބުން އުނނަގަޑުގައި ރިހުމާއި ބުރަކަށީގެ މެދު ބައިގައި ރިހުމާއި މޭކަށިތަކާއި ހުޅުތައް އަދި މަސްތަކުގައި ރިހޭ ގޮތްވެ ތަދުވުން ފަދަ ކަންކަން ދިމާވެއެވެ. މިކަމުގެ އަސަތުތަކުގެ ތެރޭގައި މީހާގެ ހަށިގަނޑުގެ ބައްޓަމަށް ބަދަލު އައިސް ގިނަ ފަހަރާ މީހާގެ ހަށިގަނޑުގެ މަތީބައި ކުރިއަށް ޖެހި ގުދު ވާގޮތަށް ހަށިގެނޑު ބަދަލުވެގެން ދެެއެވެ. އަދި ބައެއްފަހަރު ބުރަކަށީގައި ގޮށްގަޑެއް ލާގޮތް ވެސް ވެއެވެ. އުމުރުގެ ފަހު ބައިގައި ހަށިގަނޑު ކޮޅަށް ބަހައްޓަން އުނދަގޫވެ ބެލެންސް ގެއްލި ކުރިއަށް ވެއްޓޭ ގޮތްވާ ކަމަށް ވެއެވެ. އަދި ހަނގު އުމުރުގައި ރާއްޖެ ބަލި (އާރތްރިޓްސް)ގެ އަލާމާތް ފެންނުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދެއެވެ.

ރާއްޖޭގައި ދަރިވަރުން ސްކޫލަށް ގެންދާ ދަބަސް ބަރުވެގެން ގިނަ ފަހަރާ އުފުލަން ޖެހެނީ ބެލެނިވެރިންނަށެވެ. ނަމަވެސް އެއީ އެކަމުގެ މުޅި ހައެލެއް ނޫންނެވެ. ދަރިވަރުން ވެސް އެބަރު ދަބަސް އުފުލަން ޖެހުމާއި ބައެއް ފަހަރާ ނުއުފުލިގެން ސްކޫލްތެރޭގައި ދަމާފައި ގެންދާތަން ވެސް އާދެއެވެ. އަދި ކުދިން ބަރު ދަބަސް އަޅުވައި ބެލެންސް ކުރަން ވެގެން ހަށިގަނޑު ގުދުކޮށްގެން ހިގާފައި ސްކޫލަށް ދާތަނާއި އަންނަތަން ފެނެއެވެ. މިއީ އެކުދިންގެ ހަށީގަނޑަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ސްކޫލް ދަބަހުގެ ބަރުދަން ހުންނަން ވީ ކިހާ ވަރަކަށް؟

ދަރިވަރުން ސްކޫލަށް ގެންދާ ދަބަހުގެ ބަރުދަނާއި މެދު ތަފާތު ދިރާސާތަކެއް ދުނިިޔޭގައި ކުރެވި މިންގަނޑުތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން އެމިންގަނޑުތައް އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މެދުގަިއ ވެސް ތަފާތުވެގެން ދެއެވެ. އަދި އުމުރުގެ ގޮތުން ވެސް ތަފާތު ވެއެވެ.

ސްކޫލް ދަބަހުގެ ބަރުދަނުގެ އެވްރެޖް މިންގަނޑު %10- އާއި %20 އާއި ދެމެދު ބެހެއްޓުމަށް ދި އެމެރިކަން އެކަޑެމީ އޮފް ޕީޑިއޭޓްރިކްސް އިން ލާފާ ދެއެވެ.

ގްރޭޑް 1-3 (ދަށް ގްރޭޑްތައް) ދަރިވަރުންގެ ސްކޫލް ދަބަހުގެ ބަރުދަން އެކުދިންގެ ބަރުދަނުގެ %10 އަށް ބެހެއްޓުން ރަނގަޅު ކަމަސ ްއިލްމީ ހޯދުންތަކުްނ ހާމަވެއެވެ.

ހަވަނަ ކްލާހުގެ ދަރިވަރެއްގެ ދަބަހުގެ އެވްރެޖް ބަރުމިނަކަށް ވާން ޖެހެނީީ ގާތްގަޑަކަށް 8.34 ކިލޯ ގްރާމެވެ. އެއީ އެކުދިންގެ ބަރުދަނުގެ %10 އާއި %20 އާއި ދެމެދުގެ މިންގަނޑަކަށް ވާގޮތަށެވެ.

ބޮޑެތި ކުދިން/މީހުން، ހަށިގަނޑުގައި 68 ކިލޯ ގްރާމް ވަރު ހުންނަ މީހުންނާއި ކުދިން އުފުލާ ބެކްޕެކް ނުވަތަ ބުރަކަށީގައި އަޅުވާ ދަބަހުގެ ބަރުދަން 13.6 ކިލޯ ގްރާމަށް ވުރެ ބަރުވުން ރަނގަޅެއް ނޫނެވެ. އެއީ ހަށިގަނޑުގެ ބަރުދަނުގެ %20 އަށްވުރެ ބަރުވުން ރަނަގޅު ނުވާތީއެވެ.

ސްކޫލްދަބަސް ލުއިކުރުން އިންޑިއާ މައިސަރުކާރުން ނިންމާފައި

އިންޑިއާގެ މައިސަރުކާރުން ފާއިތުވި 2018 ވަނަ އަހަރު ނޮވެމްބަރު މަހު ވަނީ ސްޓޭޓް ސަރުކާރުތަކަށް އެސްޓޭޓްގެ ދަރިވަރުންގެ ސްކޫލު ދަބަހުގެ ބަރުދަން ލުއިކުރުމަށް އަންގާފައެވެ. އަދި އެކަމަށް ބޭނުްނވާ އުސޫލތައް މައިސަރުކާރުން އަނގާފައިވާ މިންގަޑަށް ފެތޭ ގޮތަށް ހަދައި އަމަލުކުރުމަށް ވަނީ އިރުޝާދު ދިފައެވެ.

އެގޮތުން އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި ވެސް ގްރޭޑް 1 އަދި 2 ގެ ދަރިވަރުންގެ ދަބަހުގެ ބަރުދަން ހުންނަން ޖެހެނީ 1.5 ކިލޯ ގްރާމް ގައެވެ. ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށ ގޭގައި ކުރުމަށް މަސައްކަތް (ހޯމްވޯކް) ދީގެން ނުވާނެއެވެ.

ގްރޭޑް 3-5 އަށް ދަބަހުގެ ބަރުދަނަކަށް 2-3ކިލޯ ގްރާމެވެ. ގްރޭޑް 6-7 ގައި 4.5 ކިލޯ ގްރާމް އަދި ގްރޭޑް 8-10އަށް ހުންނަން ޖެހނީ 4.4 – 5ކިލޯގެ މިންވަރަށެވެ. އިތުރު ްއެއްޗެހިވާންޖެހެނީ  ފިރިހެންކުރުންިނަށް

ތަރައްގީވެފައިވާ ގައުމުތަކުގައި ސެކަންޑަރ ދަރިވަރުން އާއްމުކޮށް ސްކޫލަށް ގެންދާ ދަބަހުގެ އެވްރެޖް ބަރުދަބަނކީ 6.5 (ފިރިހެން) – 6.8 (އަންހެން) ކިލޯ ގްރޭމެވެ. މިއީ އެކުދިންގެ ހަށިގަނޑުގެ ބަރުދަނުގެ %11.5 އާއި %12 އެވެ. އެންމެ ބަރުކޯށް ވެސް އުފުލާކަމަށް ވަނީ 13.5 ކިލޯ ގްރާމެވެ. އެއީ ހަށިަގނޑުގެ ބަރުދަނުގެ %27 އެވެ. ނަމަވެސް އެއީ ކުޑަ ދަބަހަކާއި (4 ކގ.) ބޮޑު ދަބަހެއް (9.5 ކގ.) ގޮތަށް ދެދަބަހުގައެވެ.

ބަރު ދަބަސް އުފުލުމުން މީހާ ކުރުވާނެހެއްޔެވެ؟

ބަރު ދަބަސް އުފުލިޔަސް މީހާގެ މައިބަދަ ކުރުގަންނާވާލާ ގޮތެއް ނުވއެވެ. އަދި ހެދި ބޮޑުވުމުގައި ކުރުވާކަމުގެ އެއްވެސް ހެއްކެއް އަދި ހާމަވެފައެއް ނުވާކަމަށް ވެއެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބޭނުންވާ ރަނގަޅު ކާނާއާއި ބަރާބަރަށް ނުލިބުމުން މީހާގެ އިސްކޮޅު ފުރިހަމައަށް ލިބިގަތުމަށް މާބޮޑަށް ވެސް އަސަރު ކުރާ ކަމަށް ވެއެވެ.

ޚާއްސަކޮށް ޅައުމުރު ފުރާގައި ކެއުމުގެ ރަނގަޅު އާދައާއި ފައިދާހުރި ކާނާ ބޭނުންނުކުރެވޭނަމަ މީހާގެ ހަށިގަނދު ފުރިހަމައަށް ހެދި ބޮޑުވުމަށް ހުރަސް ތަކެއް ދިމާވެ ހަށިގނަޑު ކުރުކޮށް ހުންނަން ދިމާވާކަމަށް ވެއެވެ.

ދަބަސް ލުއިކުރާނި ކިހިނެތް

ސްކޫލުގެ ޓައިމްޓޭބަލް ހަދާއިރު ގެންނަންޖެހޭ ފޮތްތަކަށް ވިސްނުން

ކްލާހުގައި ބައެއް ފޮތްތައް ބެހެއްޓޭ ގޮތް ހެދުން

ލިޔެކިޔުމާއިގުޅޭ ސާމާނު ވީވަރަކުން މަދުން ސްކޫލަށް ގެންދިއުން

އިތުރު ތަކެތި ގެންދަން ޖެހޭނަމަ ވަކި ދަބަހެއްގައި ގެންދިއުން

އިންޓަވަލް ދަބަސް ވަކިން ގެންގުޅުން

ގާވާއިދުން ކޮންމެ ދުވަހަކު ފޮތް ދަބަސް ބަލައި ސާފުކޮށް ބޭނުންނުވާ ތަކެތި ނެގުން

މީގެ އިތުރުން ދަބަސް ލުއިކުރުމަށް ދަބަސް އަޅާގޮތް ވެސް މުހިންމެވެ. އެގޮތުން މާބޮޑަށް ބާރު ނުކުރުމާއި މާބޮޑަށް ދޫކޮށް ދަބަސް ނޭޅުން ހިމެނެއެވެ. އަދި ދަބަހުގެ ދެފަށް ވެސް ދެކޮނޑުގައި ހަށިގަނޑުގެ މެދަށް ހަމަވާގޮތަށް ދެފަރާތުން އެޅުމާއި ކުރިމަތިން، މަތިން ދެފަށް ގުޅުވާލަދޭ ކުޑަފަށް ބޭނުން ކުރުމުން ދަބަހުގެ ބަރުދަން މުޅި ހަށިގަނޑަށް ބެހިގެން ދިއުމުން ބަރުދަން އިހުސާސު ކުރެވޭލެއް ކުޑަވެއެވެ.

މީގެ ސަބަބުން ބަރު ދަބަހުން ވެސް ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ ކުރެވިގެން ދެއެވެ.

ސްކޫލް ދަބަސް ރަނގަޅަށް އަޅާނީ ކިހިނެތް؟ކިޔުންތެރިންގެ ޚިޔާލު