A wide advertisement which will be shown on all devices. (700 x 100)

ދަރިވަރުންނަށް ވަނަ ދިނުން ސިންގަޕޫރުގައި ހުއްޓާލައިފި

ސްލޫލުގެ ކިޔެވުން ވާންޖެހެނީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށް ދިނުމަށް

ތައުލީމީ ނިޒާމު ތަކުގެ ތެރެއިން މުޅި ދުނިޔޭގައި ވެސް މަޝްހޫރު ސިންގަޕޫރުގެ ތައުލީމީ ނިޒާމުގައި ދަރިވރުންނަށް ވަނަ ދިނުން ހުއްޓާލަން ނިންމައިފިއެވެ. މިއަހަރުން ފެށިގެން އެންމެ ދަށް ކްލާހުން ފެށިގެން އެންމެ މަތީ ކްލާހުގެ ދަރިވަރުންގެ ވެސް ރިޕޯރޓް ފޯމުގައި ވަނަ ނުލިޔާ ގޮތަށް ގޮތަށް ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ދަރިވަރުންގެ ރިޕޯރޓް ފޯމުގައި ނުޖަހަނީ ހަމައެކަނި ދަރިވަރުންގެ ވަނަ އެކަންޏެއްނޫނެވެ. ކުރިން ހިމަނަމުން އައި އެތައް ބައިވަރު ނަމްބަރުތަކެއް ނުހިމަނާ ގޮތަށް ވަނީ ނިންމާފައެވެ.

ދަރިވަރުންގެ ރިޕޯރޓް ފޯމުގައި ނުޖަހަން ނިންމާފައިވާ މައުލޫމާތުތައް

  • ދަރިވަރުގެ ކްލާހާއި ގްރޭޑް/ކްލާސް އެވްރެޖް
  • އެންމެ ދަށް އަދި އެމްނެ މަތީ މާކްސް
  • ކުލަކުލައިން ނުވަތަ ދަށުރޮނގުން ފެއިލްވިކަން ހާމަކުރުން
  • ފައިނަލް ނަތީޖާއިން ފާސް ނޫނީ ފެއިލްވި ކަން
  • މާއްދާގެ އެވްރެޖް
  • ޖުމްލަ މާކްސް

ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ބަދަލު މިގެނެވުނީ ދަރިވަރުން މިންކޮށް ވަޒަންކުރުމުގައި ދަރިވަރުންގެ ވާދަ ވެރިކަން ނައްތާލުމުގެ ގޮތުންނެވެ. މީގެ ސަބަބުން އުނގެނުމަކީ ވާދަވެރިކަމެއް ނޫން ކަމަށް ދަރިވަރުންނަށް ވިސްނިގެން ދާނެއެވެ.

މިއަހަރުން ފެށިގެން ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް އިމްތިހާނު ދިނުމުން ހުއްޓާލުމުގެ އިތުރުން  އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ދަރިވަރުންގެ ފައިނަލް ނަތީޖާއާއި ގުޅުވައިނުލެވޭނެ ކަމަށެވެ.

ނަމަވެސް ދަރިވަރުންގެ އުނގެނުމުގެ މަސައްކަތް ކުރަމުންދާ ގޮތް މުދައްރިސުން ބަލަމުންދާނެ ކަމަށް ހާމަކުރެއެވެ. އެގޮތުން ކްލާސް މަޝްވަރާތަކާއި ގޭގެ މަސައްކަތްތަކާއި ކުދި ޓެސްޓްތަކުން ދަރިވަރުންގެ ފެންވރު ދެނެގަނެވޭނެ ކަމަށެވެ. މި ލެވެލްގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި މާކުހާއި ގްރޭޑް ދިނުމުގެ ބަދަލުގައި ބޭނުން ކުރެވޭނީ “ކޮލިޓޭޓިވް ޑިސްކްރިޕްޓަރސް” ކަމަށެވެ. ކޮލިޓޭޓިވް ޑިސްކްރިޕްޓަރސް ދަރިވަރުގެ ގާބިލްކަން ބުނެދޭނެ އަދި އިތުރަށް ހާސިލުކުރުން އެދޭ ގާބިލްކަމުގެ ވާހަކަ ހުށަހަޅާނެ ކަމަށެވެ.

އެއަށްވުރެ ބޮޑެތި ކުދިން، ޕްރައމަރި އަދި ސެކަންޑަރީ ކުދިންގެ މާކްސްތައް ޑެސިމަލް/ފްރެކްޝަނުން ދިނުމުގެ ބަދަލުގައި ފުރިހަމަ ނަމްބަރަކަށް ބަދަލުކުރެވިގެން ދާނެކަމަށެވެ. އެއިގެ ސަބަބުން މާކްހަށް ސަމާލުކަން ދިނުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. މިއާއެކު ވެސް ބެލެނިވެރިންނަށް ދަރިވަރުންގެ އުނގެނުން ކުރިޔަށް ދާގޮތުގެ މައުލޫމާތު ޕޭރެންޓް-ޓީޗަރ މީޓިންއިން ލިބެމުންދާނެކަމަށް މިނިސްޓްރީން ހަމަކުރެއެވެ.

ސްކޫލްތަކުގައި ވަނަ ދިނުމަކީ ޒަމާނުއްސުރެ ބައެއް ދަރިވަރުންނާއި ބެލެނިވެރިންނަށް ޝަރަފެއް ލިބޭ ކަމެއްކަން އެނގޭ ކަމަށާއި ނަމަވެސް އެކަން ބަދަލުކުރަނީ އެންމެންގެ ރަގަޅަކަށް ކަމަށް ބެލެނިވެރިންނާއި ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓރު ހާމަކުރެއްވިއެވެ. މީގެ ސަބަބުން އުނގެނުމަކީ ވާދަވެރިކަމެއް ނޫންކަމަށާއި އެއީ ހަޔާތުގައި އަމިއްލަ ނަފުސު ރަނގަޅު ސުލޫކެއްގައި ގެންގުޅެން ދަސްކުރުންކަން އެންމެ ތުއްތު އިރުއްސުރެ ދަރިވަރުންނަށް ވިސްނިގެންދާނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !