20 ޖުލައި 2019 ( ހޮނިހިރު )

19 ވަނަ ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ 3 ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުން

މަޖުލިސް އިންތިޚާބުގެ ކެންޑިޑޭޓުންނަކީ ކޮބާ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލިސް އިންތިޚާބުގައި ފުވައްމުލަކުން ވާދަކުރަނީ ކޮންބައެއް ކަން އަދި މުޅިން ސާފެއް ނުވެއެވެ. ސާފުވެފައި ވަނީ އެމްޑީޕީގެ 3 ކެންޑިޑޭޓުންނެވެ. އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން އަދި މުޅިން ސާފު ނުވި ކަމުގައި ވިޔަސް ކިޔާ ނަންތަކެއް އެބަހުއްޓެވެ.

ރައްޔިތުނަގެ މަޖުލީހުގެ އިންތިޚާބަށް އިއްޔެ (29 ޖެނުއަރީ) މިވަނީ ހުޅުވާލާފައެވެ. އިންތިޚާބުގައި ވާދަކުމުގެ ފުރުސަތު ބަންދުވާނީ އަންނަ ފެބްރުއަރީ މަހު 21 ވަނަ ދުވަހުއެވެ.

މިއިންތިޚާބުގައި މުޅިރާއްޖެއިން 87 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރާނެއެވެ.

އެމްޑީޕީން 86 ދާއިރާއަށް ވާދަކުރާއިރު އަދާލަތު ޕާޓީން ވާދަކުރަނީ 13 ދާއިރާއަކަށެވެ. އަދި ޖޭޕީން 61 ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ޕީޕީއެމުން ވާދަކުރާނެ ދާއިރާތަކުގެ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ފުވައްމުލައް ސިޓީގައި ވެސް މައިގަނޑު އޮތީ ސިޔާސީ ދެ ފިކުރެކވެ. އެއީ އެމްޑީޕީގެ ފިކުރާއި ޕީޕީއެމްގެ ފިކުރެވެ. މަދުމަދުން އަދާލަތު ޕާޓީ އާއި ޖޭޕީއަށް ތާއިދުކުރާ މީހުން ކޮންމެ ދާއިރާއެއްގައި ވެސް އެބަތިއްބެވެ.

ފުވައްމުލަކު އުތުރު ދާއިރާ

އާބާދީގެ ގޮތުން އެންމެ ބޮޑު މިދާއިރާއިން އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލީ އެންމެ މީހެކެވެ. އެއީ ހޯދަޑު ހަރުމަލުގެ މުހައްމަދު ރަޝީދު (ދޮންބެ) އެވެ. ވުމާއެކު އެދާއިރާގެ އެމްޑީޕީ ޓިކެޓް ލިބެނީ ދޮންބެއަށެވެ.

ޕީޕީއެމްއާއި ޕީއެންސީ ވަކިކުރަން ނޭގުނު ކަމުގައި ވިޔަސް މިދެޕާޓީގެ ފަރާތުން ޕްރައިމަރީ އަކަށް ހުޅުވާލައިފިނަމަ ވާދަކުރާނެ ކަމަށް ބުނާ ފަރާތްތަކެއް އެބަތިއްބެވެ. އެގޮތުން ސިޓީ ކައުންސިލް މެންބަރު، ހޯދަޑު، ވާރުތަ، ހަމަދު އަބަދުﷲ އާއި ދަޑިމަގުން ޚާލިދު އަބްދުﷲ އާއި ހޯދަޑު، ސަނީސައިޑް އިބްރާހިމް ރަޝީދު (ރައްޓޭ) އާއި ހޯދަޑު ކާމިނީގެ ހަސަން އަބްދުﷲ ހިމެނެއެވެ.

ނަމަވެސް ގިނަ މީހުން ބުރަވަނީ އެޕާޓީން ޕްރައިމަރީ އެއް ނުބާއްވާނެ ކަމަށެވެ. ޚަބަރުތަކުން އެނެގޭ ގޮތުގައި ޓިކެޓް ލިބޭނެކަމަށް ބޮޑަށް ބެލެވެނީ ހަމަދު އަބުދުﷲ އަށެވެ.

ދެން އޮތީ މިހާރުގެ މެންބަރު އަލީ ޝާހުގެ ކެންޑިޑެންސީއެވެ. ޝަހު ވަނީ ދާދި ފަހުން ޖޭޕީއާއި ގުޅިފައެވެ. އަދި ޖޭޕީގެ ޓިކެޓްގައި ޝާހު މަޖުލީސް އިންތިޚާބުގައި ވާދަކުރާނެ ކަމަށް ގިނަބަޔަކު ބުނަމުންދެއެވެ.

އަދާލަތު ޕާޓީން މިދާއިރާއަށް ވާދަކު ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ދެން އޮތީ ރައީސް މައުމޫނު ގެ ފަރާތުންނާއި އަލަށް އުފެއްދި ޕާޓީތަކުގެ ވާހަކައެވެ. މިއިން އެއްވެސް ފަރާތެއްގެ ކެންޑިޑޭޓެއް މިދާއިރާއިން މިފަހަރު ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ.

މިފަހަރު ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން

  • މުހައްމަދު ރަޝީދު، ހަރުމަލުގެ، ހޯދަޑު  – އެމްޑީޕީ
  • ހަމަދު އަބްދުﷲ ވާރުތަ، ހޯދަޑު – ޕީޕީއެމް/ޕީއެމްސީ
  • އަލީ ޝާހު، ދޫރެސްގޭ، ދަޑިަމގު – ޖޭޕީ

ފުވައމްުލަކު އުތުރު ދާއިރާއަށް ވާދަކުރާނެކަމަށް ބެލެވޭ ކެންޑިޑޭޓުން

ފުވައްމުލަކު މެދު ދާއިރާ

ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރި ކާމިޔާބުކޮށް ހުސޭން މުހައްމަދު ވަނީ އެދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓްގެ ސީޓް ހޯދަފައެވެ. ދެން އޮތީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ކެންޑިޑޭޓެވެ. ޕީޕީއެމްގެ ރައީސް ޔާމީނު ވަނީ ފުވައްމުލަކު މެދު ދާއިރާގެ އެޕާޓީގެ ޓިކެޓް މިސްކިތްމަގު، މަންޒަރުގެ ހަސަން ޚާލިދު (ސޭންޑޭ)އަށް ދީފައެވެ.

އެހެން ޕާޓީއަކުން މިދާއިރާއަށް ކުރިމަތިލާނެ ކަމަކަށް ނުބެލެވެއެވެ. ވުމާއެކު މިދާއިރާގެ ދެ ކެންޑިޭޑޓުން މިތިބީ ހާމަވެފައެވެ.

މިފަހަރު ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން

  • ހުސޭން މުހައްމަދު، ހުނުބޮލި، މާލެގަމް – އެމްޑީޕީ
  • ހަސަން ޚާލިދު (ސޭންޑޭ) މަންޒަރުގެ، މިސްކިތްމަގު – ޕީޕީއެމް/ޕީއެންސީ

ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން

ފުވައްމުލަކު ދެކުނު ދާއިރާ

މިދާއިރާގައި ވެސް އެމްޑީޕީގެ އެތެރޭގެ ވާދަވެރި ކެމްޕޭނަކަށްފަހު ޕްރަމަރީއެއް ބާއްވައި އެއްޑިޑޭޓަކު ވަނީ ކަނޑައަޅާފައެވެ. އެއީ ދޫނޑިގަމު، ޒީނިޔާ މުހައްމަދު މުމްތާޒުއެވެ. ޕީޕީއެމުން ވަނީ މިހާރުވެސް އެދާއިރާގެ މަޖުލިސް މެންބަރު މަސީހުއަށް ޓިކެޓް ދީފައެވެ. ނަމަވެސް މަސީހު އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ. އަދި މަޖުލިސް ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް މަސީހު ބައިވެރިވެފައެއް ނުވެއެވެ. މަސީހުގެ ގާތް ބައެއް މީހުން ބުނާ ގޮތުގައި މިފަހަރު މަޖުލިސް އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަމެއް މަސީހު ނެތެވެ.

އަދާލަތު ޕާޓީން ވަނީ މިދާއިރާއަށް ކެންޑިޑޭޓަކު ނެރެފައެވެ. އެއީ ފުނާޑު އަވަށު ކުޑަފަރީގެ ހަސަން އަލީ އެވެ. މީގެ އިތުރުން މިދާއިރާއިން އަމިއްލަ ކެންޑިޑޭޓެއް ވެސް ވާދަކޮށްފާނެ ކަމަށް ބުނާ އަޑުތަކެއް ވެއެވެ.

މިފަހަރު ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން

  • މުހައްމަދު މުމްތާޒު، ޒީނިޔާ، ދޫނޑިގަމް – އެމްޑީޕީ
  • ހަސަން އަލީ، ކުޑަފަރީގެ، ފުނާޑު – އަދާލަތު ޕާޓީ
  • އަބްދުﷲ މަސީޙު، ހުސްނުހީނާގެ، ފުނާޑު – ޕީޕީއެމް/ޕީއެންސީ

ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާނެކަމަށް ބެލެވޭ ކެންޑިޑޭޓުން



ކިޔުންތެރިންގެ ޚިޔާލު