A wide advertisement which will be shown on all devices. (700 x 100)

ފައިސާ އާއި ވަޒީފާ އަދި ކަންކަމަށް ވޯޓު ނުވިއްކާ!

ވޯޓަކީ ގަނެ ވިއްކާ އެއްޗެއް ނޫންކަމަށް ބުނެ ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ ޕޯސްޓަރެއް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހަށް ކެންޑިޑޭޓުން ރައްޔިތުންނާއި ހަމަޔަށް ދާން ފަށައިފިއެވެ. ކެންޑިޑޭޓުން ދަނީ ވޯޓު ހޯދާށެވެ. ނަމަވެސް ވިސްނަންވީ ވޯޓު ދޭނީ އެމީހަކަށް އެންމެ މަގުބޫލު މީހަކަށެވެ. ވޯޓަކީ ވިއްކަން ވީއެއްޗެއް ނޫނެވެ. ވޯޓު ހޯދަން ދިއުމުން ކެންޑިޑޭޓުންގެ ކިބައިން އެދެން ވަނީ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަށެވެ. ތިމާގެ ވޯޓުގެ އަގަކީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ހަމަހަމަ ކަން ކަމަގައި ހަދާށެވެ.

މިއަދު ކެންޑިޑޭޓުންގެ ކިބައިން މިފަދަ ކަންކަން ކަށަަވަރު ކުރެވެން ގޮތްތަކެއް ދައްކުވައި ދިނުމަށް ޑިމާންޑް ކުރާށެވެ. މިއަދު ކެންޑިޑޭޓުންނަށް ފަސޭހަކަމާއެކު އެފަދަ ކަންކަމަށް އެއްބަސް ވެވިދާނެއެވެ. އަދި އެކަމުގެ ސުވާލު ޖެހިލުމެއް ފަހުން ކުރެވިދާނެއެވެ. ޒިންމާދާރު ކުރުވުމުގެ ގޮތުން ސުވާލު ކުރުމަށް ރައްކާކުރެވިދާނެ ކަންކަމެވެ.

އެގޮތުން ކުރެވެނެ ކަންކަމުގެ ތެރޭގައި މެންބަރުގެ ނަޒާހަތްތެރިކަން ޔަގީންކޮށް ދިނުމަށް މާލީ ބަޔާން ހާމަކުރުމާއި ނުހައްގުން ވަޒީފާހަތައް ވަކި މީހަކަށް ހޯދާދިނުމަށް މަސައްކަތް ނުކުރާނެ ކަމުގެ އިޢުތިރާފު އެއްބަސްވުމަކަށް އެދެވިދާނެއެވެ.

ދާއިރާއަށާއި ރައްޔިތުންގެ ތަރައްގީއަށް އަދި މުޅި ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ގޮތުން ކުރާ މަސައްކަތްތައް ރައްޔިތުންނާއި ގާތުން ހިއްސާ ކުރެވޭނެ ގޮތެއް ގާއިމުކޮށް ދިނުމަށް އެދެވިދާނެއެވެ.

މަޖުލީހުގެ ކަންކަމުގައި އެންމެ އިސްކުރަން ވާނީ ރައްޔިތުންގެ މަސްލަހަތުކަން ގައުމުގެ ވެރިމީހާ އެދޭހާ ގޮތެއް ނޫންކަން ހާމަކޮށް ދިނުމަށް މަޖުލީހުގެ ބަހުސުތަކާއި ވޯޓު ތަކުން އެކަން ހާމަކޮށް ދިނުމަށް އެދެވިދާނެއެވެ. އެގޮތުން ވަކި މީހަކަށް ގާނޫނުތައް ނެހެދުމަށާއި ވަކި މީހަކަށް މަންފާ ހޯދާދިނުމަށް އަދި ވަކި މިހަކަށް ދެރައެއް ގެއްލުމެއް ދޭން ގާނޫނު ހެދުމާއި ދެކޮޅަށް ބަސް ބުނަން ކެރޭކަން ހާމަކޮށް ދިނުމަށް އެދެވިދާނެއެވެ. ތިމާ ވޯޓު ދޭމީހަކު ކަންދައެލުމަުގއި ވަރުގަދަ އަޒުމެއް ކަނަޑައަޅާއި އެއުސޫލުތައް ކެންޑިޑޭޓުންނާއި ހިއްސާ ކުރާށެވެ.

ތިމާގެ ވޯޓަކީ އަގުބޮޑު އަމާނާތެއްކަން ދަނެ އޭގެ އަގު 500 ރުފިޔާއިން ކިރާ ނުލާށެވެ. އެއީ 5 އަހަރު ދުވަހުގެ މުއްދަތަށް ތިމާ ދޭ ވޯޓެއް ކަމާއި އެއިގެ އަގު އެހާ ދަށް ނޫންކަން ގަބޫލުކުރާ ށެވެ. މިއަދު 500 ރުފިޔާއަށް ތިމާ ވޯޓު ވިއްކާލާނަމަ އެޖެހެނީ ތިމާގެ ދުވަހުގެ ވަގުތުން އަގުކުރާއިރު ޖެހެނީ ގަޑިއަކަށް އެންމެ 15 ލާރި އެވެ. މިއީ ތިމާގެ އަގު ހެއްޔެވެ؟ ގަޑިއަކަށް ތިބާގެ އަގަކި 15 ލާރި ނޫންކަން ސާފުކޮށް އެނގިގަންނާށެވެ. އަދި އެކަން ގަބޫލުކުރާށެވެ.

ތިމާގެ ބަސް އިއްވަން މަޖުލީހަށް ފޮނުވާ މީހާ ތިމާއަށް ޖަވާބު ދާރީ ނުކުރެވޭ ގޮތަކަށް ދޫކޮށް ނުލާށެވެ. ތިމާގެ މުސްތަގުބަލަށް ބޭނުންވާ އުސޫލުތަކާއި ތިމާގެ މުޖުތަމިއުގެ ހަމަޖެހުމަށް ގާނޫނާއި އުސޫލުތައް ހަދަން ހަވާލުވާ މީހާ ތިމާގެ ވޯޓު ގަނެގެން ގޮސް ހިތުހުރި ގޮތަކަށް މަޖުލީހުގައި ވޯޓު ދޭން ދޫކޮށް ނުލާށެވެ.

ވޯޓު ވިއްކުން އޮންނަނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. ވަޒާފާއަށާއި ބޭނުންވާ ކަމެއް ކޮށްދޭން އެއް ބަސްވުމުން އާއިލާ މީހުންގެ ވޯޓު ގަނޑުކޮށް ވެސް ވިއްކާކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް މަދެއް ނޫނެވެ. މިއަދު ތިމާ ބޭނުންވާ ކަމަކަށް ވޯޓު ވިއްކައިފިނަމަ މާދަމާ ތިމާ އެދޭ ގޮތަށް ގާނޫނުތައް ހެދިގެން ދަނެކަމަށް އުއްމީދު ނުކުރާށެވެ.

ހަމަ އެގޮތަށް ވަޒީފާއެއް ލިބޭނެކަމަށް ވޯޓު ނުވިއްކާށެވެ. ތިމާއަށް ކާންބޯން ލިބެން އޮތީ އެލިބޭ ވަޒީފާއަކުްނ އެކަންޏެއް ނުނެވެ. ތިމާގެ ބުރަ މަސައްކަތުން ކާންބޯން ލިބުނަކީ މާބޮޑު އުފަލެއް ކަމުަގއި ދެކޭށެވެ. ދުނިޔެއަށް ނިކުމެ މަސައްކަތް ކުރަން ކެރޭ ކޮންމެ މީހަކަށް ކާންބޯންލިބޭ ވަރަށް އަދި އެއަށް ވުރެވެސް ރަނގަޅު އާމްދަނީ އެއް ލިބެ ކަމީ ދުނިޔެ ދައްކާ ހެކިތަކެވެ. ހަމަ އެބީދައިން ވަޒިފާއަކުން ވަކިކުރިއަސް ތިމަގެ ރިޒުގެއް ބަންދެއް ނުވެއެވެ. ތިމާ ކެރިގެން މަސައްކަތަށް ނިކުތުމުން ހުޅުވޭ ދޮރުތައް ފެންނާނެއެވެ. ބޭނުންވަނީ ގޮތެއްގައި ހުރެ ކެރުންތެރިކމާއެކު މަސައްކަތް ކޮށް ހަމަ އިސްކޮޅަށް ތިމާ ދެމިލުމެވެ.

ތިމާގެ ވީޯޓަކީ އެއަށް ވުރެ މާ ޝަރަފުވެރި ގަދަރުވެރި އެއްޗެއްކަން ގަބޫލުކުރާށެވެ. އެއީ ތިމާގެ އަގެވެ. ތިމާ މުޖުތަމިއުގައި މިންކުރާ އެއް ތަރާދެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !