A wide advertisement which will be shown on all devices. (700 x 100)

ނަސީބު މޭވާ…

ޗައިނާގެ އައު އަހަރުގެ ނަސީބު މޭވާ

ޗައިނާގެ އާއަރުފެށުން ނިމެމުން ދާއިރު އާއަހަރާއި ދިމާކޮށް އަބަދުވެސް ނަސީބު މޭވާގެ ގޮތުގައި ބަލާ މޭވާތަކެއް ފާހަގަ ވެއެވެ. އޮރެންޖާއި، ކަމްކުއަޓްސް (ކުދި މެންޑެރިން އޮރެންޖު) އަކީ ޗައިނާގައި އާއަހަރު ފެށުމާއި ގުޅުވައިގެން ވަކި ޚައްސަކަމެއް ދެވޭ ދެވޭމޭގެ ބާވަތެވެ.

މީގެ އިތުރުން ނަސީބުގެ މޭވާގެ ގޮތުގައި އެމީހުން ބަލާ މޭވާތަކުގެތެރޭގައި އަންނާރާއި ޕޮމެލޯ އަދި ދޮންކެޔޮ ފާހަގަ ކުރެވެއެވެ.

ރަތް އަންނާރު

ރަތް އަންނާރަކީ ނުބައި ސުންފާކަން ދުރުކޮށްދޭ އެއްޗެއް ކަމަށް ޗައިނާގައި ބެލެވެއެވެ. އަދި އުފާވެރިކަން ރަމްޒުކޮށްދޭ މޭވާއެއްގެ ގޮތުގައި ބަލައެވެ. އަންނާރުގައި ހިމެނޭ ގިނަ އޮށްތަކުން އަންނަން އޮތް ދަރިފަސްކޮޅަށް ހެޔޮނަސީބު ލިބޭނެކަން ރަމްޒުކުރާ ކަމަށް ގަބޫލުކުރެއެވެ.

ޕޮމެލޯ

ޕޮމެލޯއަކީ ޗައިނާގައި އާދަކާދައެއްގެ ގޮތުން އާއަހަރު ފެށޭ އިރު ހަދިޔާއެއްގެ ގޮތުގައި ދެވޭ މޭވާއެކެވެ. ހުތް ފޮނިރަހައެއް ދޭ މި މޭވާއިން ރަނގަޅު ސިއްހަތެއް ރަމްޒުކޮށދޭކމަށް އެމީހުން ގަބޫލުކުރެއެވެ.

ދޮންކެޔޮ

މޭވާގެ ބާވަތްތައް ދޮންކޭލާއި ނުލައި ފުރިހަމަ ނުކުރެވޭ ކަހަލައެވެ. ޗައިނާ މީހުން ގަބޫލުކުރާ ގޮތުގައި މޭވާގެ ބާވަތްތައް ފުރިހަމަ ވާނީ ދޮންކެޔޮ އޭގެ ތެރޭގައި ހިމެނިގެންނެވެ. ދޮންކެޔޮއަރިއަކީ އެންމެގެ އެކުވެރިކަން ރަމްޒުކޮށްދޭ އެއްޗެއް ކަމަށް ބަލައެވެ. އަދި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އުނގެނުމަށް ދޮންކެޔޮވަރުގެ ދެވަނަ މޭވާއެއް ނެތެވެ. ދޮންކެޔޮ ކެއުމުންއުނގެނުމަށް ފަހިކަން ގެނެސްދީ ވިސްނުން ތޫނުކޮށްދެއެވެ.

“ގޮން ޒީ ފާ ޗައި” ހެޕީ ނިއު ޔެއަރ

އަލަނާސި:

ޗައިނާ ބަހުގެ ތެރޭގައި ހިމެނޭ “ހޮކިއެން” އާއި “ފުކިއެން” ބަހުރުވައިން އަލަނާސިއަށް ކިޔަނީ “އޮން ލައި” އެވެ. ބަހުގެ ގޮތުން އޭގެ މާނައަކީ ރީނދޫ ޕެއަރ އެވެ. ނަމަވެސް ‘އޮން ލައި’ ގެ އަޑުން އެއީ ނަސީބު އައުން ކަމަށް ވެސް މާނަ ކުރެއެވެ. ވުމާއެކު އަލަނާސި ވެސް ވަނީ ޗައިނާގައި ނަސީބާއި ގުޅިފައެވެ.

ޗައިނާގެ އާއަހަރު ފާހަގަ ކުރުމަށް ތަންތަން ޒީނަތްތެރި ކުރާއިރު އަލަނާސި ރަމްޒުވާ ގޮތަށް ކަރުދާހުން އަލަނާސި ދައްކުވައި ދީފައިވާތަން ވަރަށް ގިނަ އިން ފެންނާނެއެވެ. ނަމަވެސް އައު އަހަރުގެ ޒީނަތްތަކުން އެންމެ އާއްމުކޮށް ފެންނާނީ ޗައިނާގެ ރެޑް ލެންޓަން އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !