A wide advertisement which will be shown on all devices. (700 x 100)

ކްރިސްޓިއަން ފޮތްތަކަށް ބަލާއިރު އީސާގެ ފާނު ދުނިޔެއަށް ވަޑައިގަތީ ޑިސެމްބަރ 25 ގައެއްނޫން

ކްރިސްޓިއަނުން  އެބައި މީހުންގެ އީދެއްގެ ގޮތުގައި ފާހަގަ ކުރަމުން ގެންދާ ކްރިސްމަސް ޑޭ ނުވަތަ ޑިސެމްބަރ 25 އަކީ އީސާގެފާނު ދުނިޔެއަށް ފޮނުވުނު ދުވަސްކަން ކްރިސްޓިއަން އެއްވެސް ލިޔެކިއުމަކުން އެގޭކަށް ނެތެވެ. ކްރިސްޓިއަން ބައިބްލް އަށް ބަލާއިރު އެގެނީ ޑިސެމްބަރ 25އަކީ އީސާގެ ފާނު ދުނިޔެއަށް ވަޑައިގަތް ދުވަސް ނޫން ކަމެވެ.

ނިއު ކެތަލިކް އެންސައިކްލޮޕީޑިއާގައިވާ ގޮތުން އީސާގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަހެއް އެގޭކަށް ނެތެވެ. ހަމަ އެގޮތަށް، އެންސައިކްލޮޕީޑިއަރ އޮފް އާރލީ ކްރިސްޓިއަނިޓީގައިވެސް ވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަސް އެގެން ނެތް ކަމަށެވެ. އެހެންކަމުން، އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމާ ގުޅޭ ގޮތުން، އީސާއީން ފޮތްތަކުގައި ބުނާ ހާދިސާ ތަކަށް ބަލާލުން މުހިންމެވެ.

އެގޮތުން، ރޯމަން ރަސްގެފާނު ހުރިހާ ރައްޔިތުން ރަޖިސްޓްރީ ކުރުމަށް އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން އެންގެވި ކަމަށް ބައިބްލްގެ ލޫކް(2) ގައިވެއެވެ. އަދި ހަމަ އެ ފޮތުގައި (ލޫކް، 2) ވާގޮތުން، އީސާގެފާނު ދުނިޔެއަށް ފޮނުވުނީ ބަކަރި ހުއިހައްޕާ މީހުންގެ ބަކަރި ބެލެހެއްޓުމަށްޓަކައި ރޭގަނޑު ގެއިން ބޭރުގައި ވަނިކޮށެވެ.

މިދެ ހާދިސާ އަށް ބަލާލާއިރު އެގެނީ، އެއީ އީސާގެފާނު ދުނިޔެއަށް ފޮނުއްވުނު ކަމަށް ކްރިސްޓިއަން ފޮތްތަކުގައި ވަނީ ފިނިމޫސުން ނުވަތަ ވިންޓަރ ނޫން ކަމެވެ. އެހެނީ، ރޯމަން ރަސްގެފާނު ފިނިމޫސުމުގައި ރައްޔިރުން ރަޖިސްޓްރީ ކުރުމަށް އޮފިސަރުން އެދައުލަތުގެ އެކި ހިސާބު ތަކަށް ނުފޮނުވާނެތީއެވެ. ސަބަބަކީ ގަދަ ފިނީގައި ދަތުރުކުރުމަކީ އެޒަމާނުގައި ޝާމްކަރައިގައި ފަސޭހަ ކަމަކަށް ނުވާނެތީއެވެ.

އަދި ހަމަ މީގެ އިތުރުން، ބަކަރިތައްވެސް ގަދަ ފިނީގައި ދޫކޮށްފައި ނުތިބޭނެތީއެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ޑިސެމްބަރ 25 ކްރިސްޓިއަނުން ފާހަގަ ކުރަނީ ކީއްވެބާވައެވެ.

ތާރީޚުން އެގޭ ގޮތުގައި އެންމެ ފުރަތަމަ ޑިސެމްބަރ 25 ފާހަގަ ކޮށްފައިވަނީ މީލާދީ ސަނަތުން 4 ވަނަ ގަރުނުގައި ރޯމަނުްގެ ފުރަތަމަ ކްރިސްޓިއަން ރަސްގެފާނު ކޮންސްޓެންޓައިން އޭނާ ކްރިސްޓިއަން ވުމަށް ފަހުއެވެ. އެގިވަޑައިގަންނަވާނޭ ފަދައިން، ރޯމަން ރަސްގެފާނު ކޮންސްޓެންޓައިން މީލާދީ ސަނަތުން ހަތަރުވަނަ ގަރުނުގައި ކްރިސްޓިއަން ވުމުގެ ކުރިން އެއީ ބުދަށް އަޅުކަން ކުރިބައެކެވެ. އެބައި މީހުން އީދެއްގެ ގޮތުގައި ޑިސެމްބަރ 25 ފާހަގަ ކޮށްފައިވަނީ އެއީ އެމީހުން ގަބޫލުކުރި އިރުގެ ކަލާނގެ އުފަންވި ދުވަސް ކަމަށް ބުނެއެވެ. އިއްތިފާގުން ރޯމަން ރަސްގެފާނު ކްރިސްޓިއަން ވުމަށްފަހު އެދުވަސް ފާހަގަ ކުރަން ފެށުނީއެވެ.

ނޯޓް: (މިލިއުމަކީ 25 ޑިސެމްބަރ 2016 ވަނަ ދުވަހު މިކަލް ނޫހުގައި ލިޔެފައިވާ ލިޔުމެކެވެ.)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !