A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ރަދުން އިސްލާމްވީ ހިޖްރީ ގޮތުން 2 ރަބިލް އާޚިރު މަހުގައި ބާ؟

hukuru miskiy
މާލޭގައި ހުރި ހުކުރު މިސްކިތް- ރާއްޖެ އިސްލާމްދީން އުނގަންނައިދިނުމުގެ މުހިންމު ތަނެއް. ފޮޓޯ: މިކަލް

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަސްކަމުގައި ބެލެވޭ ދުވަހެއެވެ. ރާއްޖެ އިސްލާމްވި ދުވަސް ކަމަށް ބަލަމުން އަންނަނީ އެއިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނު (މުހައްމަދު ބުނި އަބްދުﷲ) އިސްލާމް ދީން ގަބޫލުކުރެއްވި ދުވަސް ކަމަށް ތާރީޚީ ގޮތުން ބެލެވެއެވެ. ތާރީޚީ ލިޔުންތަކުން ބޮޑަށް ބުރަވެވެނީ އެއީ ހިޖުރައިން 540 ވަނަ އަހަރު ރަބިއުލް އާޚިރު މަހުގެ 2 ވަނަ ދުވަސް ކަމަށެވެ.

މިދުވަސް ފާހަނގަ ކުރަން ފެށުނީ ރާއްޖޭ އިސްލާމްވި ކަމަށް ބުނާ ތާރީޚުން (540ހ.) ފެށިގެން 835 އަހަރު ދުވަސް ފަހުން (1374ހ.) ދުވަސް ފަހުން ކަމަށް ތާރީޚު ތަކުން ދައްކައެވެ. އެދުވަސްވަރުގެ ލިޔުންތަކުގެ މަދުކަމާއި ބަލިކަށިކަމާއި އަދި އެހާ ގިނަ ދުވަސް ފަހުން މިދުވަސް (10 ވަރަކަށް ދަރިކޮޅު ނުވަތަ ޖެނެރޭޝަން ފަހުން) ފާހަނގަ ކުރަން ފެށުމާއެކު މިތާރީޚުތައް އެހާ ސާފުސީދާ ނުވެދާނެއެވެ.

އެދުވަސްވަރަކީ އަރަބި ބަހުން ތައުލީމު ހާސިލުކުރުމަށް އިސްކަމެއް ދެވިގެން ދިޔަ ދުވަސްވަރަކަށް ވުމާއެކު ތާރީޚީ ކަންކަމުގައި ބޮޑަށް ބޭނުންކޮށްފައި ވަނީ ހިޖްރީ ތާރީޚެވެ. އެގޮތުން ރާއްޖެ އިސްލާމްވި ދުވަސް ފުރަތަމަ ފާހަނގަ ކޮށްފައި ވަނީ ހިޖްރީ ގޮތުން 1374ގެ ރަބިއުލް އާޚިރު މަހު 2 ވަނަ ދުވަހުއެވެ. އެއީ މިލާދީ ތާރީޚުން 28 ނޮވެމްބަރު 1954 އެވެ. އެ ދުވަސްވަރަކީ ދެ ޖުމްހޫރިއްޔާ ދެމެދުގެ ރަސްކަމުގެ ދުވަސްވަރެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރެވެ. ރަސްކަމުގެ ދުވަސްތަކާއި އެކު ދެ ވަނަ ޑިމޮކްރަސީ ފެށެންދެން މިދުވަސް ފާހަނގަ ކޮށްފައި ވެއެވެ.

ފުރަތަމަ ހަތަރު އަހަރު ރާއްޖެ އިސްލާމް ވި ދުވަސް ފާހަނގަ ކުރެވިފައި ވަނީ ރަބިއުލް އާޚިރު މަހު ދެ ވަނަ ދުވަހުއެވެ. ނަމަވެސް އެއިގެ ފަހުން، 1378ހ. އިން ފެށިގެން މިދުވަސް ފާހަނގަ ކޮށްފައި ވަނީ ރަބިއުލް އާޚިރުމަހުގެ ދެވަނަ 10އިގެ ފުރަތަމަ ހުކުރު ދުވަހުއެވެ.

މިއިން ކޮންމެ ފަހަރަކުވެސް މިކަމަށް ގޮތް ކަނޑައަޅާފައި ވަނީ އެއިރެއްގައި އޮންނަ ތާރީޚީ ކޮމެޓީން ކަމަށް ތާރީޚު ފޮތްތަކުގައި ވެއެވެ. މިދުވަސް ފާހަނގަ ކުރުމުގެ ގޮތުން އެދުވަސްވަރު ދިވެހިން ކުޅަ ޚާއްސަ ކަމަކީ އެއީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސުމާއި ހުކުރު މިސްކިތުގައި މާލޫދު ކިޔުމެވެ.

ސާދަ އަހަރު މިދުވަސް ފާހަނގަ ކުރުމަށްފަހު ދެވަނަ ޖުމްހޫރިއްޔާގެ ފެށުމާއެކު މިދުވަސް ފާހަނގަ ކުރުން ހުއްޓާލެވުނެވެ. ނަމަވެސް ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުގެ ދުވަސްތަކުގައި، 2000 ވަނަ އަހަރު އަލުން މިދުވަސް ފާހަނގަ ކުރަން ފެށިއެވެ. އެއީ އެންމެ ކުރިން ވެސް ފާހަނގަ ކުރި ގޮތަށް 2 ރަބިއުލް އާޚިރުގައެވެ.

އެހާހިސާބުން ފެށިގެން އަނެއްކާވެސް ރަބިއުލް އާޚިރު މަހު 2 އެއީ ދައުލަތުގެ ރަސްމީ ބަނދު ދުވަހެއްކަމުގައި ހަމަޖެހިގެ ދިޔައެވެ.

މިހާރު މިދުވަސް ފާހަނގަ ކުރުމަށް ކުރެވެނީ ކޮން ކަމެއްބާއެވެ؟ އެގޮތުން މިއަދަކީ ވެސް ދިވެހި ދައުލަތުގެ ބަންދު ދުވަހެކެވެ. އާދެ، 1437 ވަނަ އަހަރުގެ ރަބިއުލް އާޚިރު މަހުގެ ދެ ވަނަ ދުވަހެވެ. ރޭ ވެރިރަށް، މާލޭގައި ސަރުކާރުން މިދުވަސް ފާހަނގަކުރުމަށް ރަސްމީ ޖަލްސާއެއް ބޭއްވިއެވެ. އަތޮޅު ތެރޭގައި އެއްވެސް ކަމެއް ކުރި ކަން އެގޭކަށް ނެތެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ސާހިލް

    ފައްކާ

  • ނިހާ

    ފައްކާ