19 އޮކްޓޯބަރ 2019 ( ހޮނިހިރު )

banner

މިފަހަރުގެ ބަހުސުން އެންމެ ގިނަމީހުންގެ ތާއިދު އިތުރުކުރި ފުވައްމުލަކުގެ ކެންޑިޑެޓް ހުސޭމް މުހައްމަދު- ފުވައްމުލަކު މެދު ދާއިރާ

މަޖުލިސް ބަހުސުގައި އެންމެ ގިނަ ބައެއްގެ ތާއީދު އިތުރުވީ ހުސޭން އަށް

ޕީއެސްއެމް މަޖިލިސް ބަހުސް 2019 ގައި ބައިވެރިވި ފުވައްމުލަކުގެ 7 ކެންޑިޑޭޓުންގެ ތެރެއިން ބަހުސަށްފަހު އެންމެ ގިނަބަޔެއްގެ ތާއިދު އިތުރުވެގެން ދިޔައީ މެދުދާއިރާގެ އެމްޑީޕީ ކެންޑިޑެޓް ހުސޭން މުހައްމަދު އަށް ކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. ހުސޭންއަށް ކުރި ސުވާލުތަކަށް  ދޫފަރިތަކަމާއިއެކު ދިން ޖަވާބުތަކުން އެހެން ކެންޑިޑޭޓުންނާއި ތަފާތު ފެނިގެން ދިޔައެވެ. ކޮންމެ ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވިފައިވާ ވަނީ ވެސް ހުސޭން އަށް ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ.

މަޖުލިސް އިންތިޚާބަށް ވާދަކޮށްފައިވާ ފުވައްމުލަކުގެ 8 ކެންޑިޑޭޓުންގެ ތެރެއިން ޕީއެސްއެމް މަޖުިލސް ބަހުސް 2019ގައި ބައިވެރި ނުވީ ހަމައެކަނި ފުވައްމުލަކު ދެކުނު ދާއިރާއިން އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު އަޙުމަދު އަބްދުﷲ (މޯޑު) އެކަންޏެވެ. އަނެއް 7 ކެންޑިޑޭޓުން ވަނީ ބަހުސުގައި ފޯރިއާއި ޖޯޝާއެކު އެކެންޑިޑޭޓަކު ފުވައްމުލަކާއި މެދު ގެންގުުއްވާ ތަސައްވުރެއް ހާމަކޮށްދެއްވާފައެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ 3 ކެންޑިޑޭޓުން ކަމަށްވާ އަލީ ޝާހު އާއި ހަސަން އަބްދުﷲ އަދި މުހައްމަދު ރަޝީދު (ދޮންބެ) ވަނީ ބަހުސުގައި ބައިވެރިވެ އެބޭފުޅުންގެ ވިސްނުންތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

މަޖުލީސް ބަހުސުގައި އުތުރު ދާއިރާގެ މުހައްމަދު ރަޝީދު (ދޮންބެ) ވެސް ރަނގަޅު ޕާފޯމަންސެއް ދެއްކި.

މެދު ދާއިރާގެ ދެ ކެންޑިޑޭޓުން ކަމަށްވާ ހުސޭން މުޙައްމަދު ދީދީ އާއި ހަސަން ޚާލިދު (ސޭންޑޭ) ވެސް ބަހުސުގައި ބައިވެރިވެ އެބޭފުޅުންގެ ތަސައްވަރު ރައްޔިތުންނާއި ހައްސާ ކުރެއްވިއެވެ. މި ބަހުސުގައި ހުސޭން މުހައްމަދު ދީދީގެ ވާހަކަތަކަށް ގިނަބައެއްގެ ސަމާލުކަން ލިބުނުކަން ހާމަވިއެވެ. ޖުޑިޝަރީ އިސްލާހު ކުރުމާއި މެދު ގެންގުޅުއްވާ ވިސްނުން ހާމަކުރުމަށް ސުވާލަށް ސޭންޑޭ ވަނީ އެއްޗެކޭ ނުބުނެ ދުކޮށްލާފައެވެ.

ނަމަވެސް އެމްޑީޕީ ކެންޑިޑޭޓް ހުސޭން މުހައްމަދު ހާމަކުރެއްވީ އެޖެންޑާ19ގައި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަނޑައަޅާފައިވާ ކަމަށާއި ޖުޑިޝަރީ އިސްލާހުކުުރުމުގެ ގާނޫނުތައް ތަރުތީބުކުރެވި އެގާނޫނުތައް ފާސްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެޖެންޑާ19ގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކައެއް ނެތް ކަމަށް ހުސޭން މުހައްމަދު ހާމަކުރެއްވިއެވެ.

އެސުވާލުގައި ހިމެނޭ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ބެހޭ ބަޔަށް ޖަވާބު ދެއްވަމުން ސޭންޑޭ ހާމަކުރެއްވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ފުރުސަތު ނުދޭނީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭނީ ރިޔާސީ ނިޒާމަކުން ކަމުގައި ވާތީ ކަމަށެވެ.

ދެކުނު ދާއިރާގެ 3 ކެންޑިޑޭޓުން ގެތެރެއިން ބަހުސުގައި ބައިވެރިވީ އަލީ ފަޒާދު (އަލިބެ) އާއި މުހައްމަދު މުމްތާޒު އެވެ. އެދެ ކެންޑިޑޭޓުން ވެސް އެބޭފުޅުންގެ ވިސްނުން ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ. މިބަހުސުގައި ފަރިތަކަމާއިއެކު އަވަސް ސްޕީޑެއްގައި އަލީ ފަޒާދު ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް ނިންމާލި ގިނަފަހަރު ތަކުގައި ހުސްވަގުތު އޮތްކަން ފާހަގަ ވިއެވެ.

ބަހުސުގައި ބައިވެރި ނުވީ ދެކުނު ދާއިރާގެ ކެންޑިޑޭޓް މޯޑު

ނަމަވެސް މިދާއިރާއިން އަމިއްލަގޮތުން ވާދަ ކުރައްވާ މުހައްމަދު އަހުމަދު އްބަދުﷲ (މޯޑު) ވަނީ އޭނާގެ ސިޔާސަތުތައް ހާމަކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރައްވާފައެވެ. މިއީ ރައްޔިތުންނަށް ބަލައިގަނެވޭވަރުގެ ކަމެއް ނޫނެވެ. އަމިލް ގޮތުން ވާދަކުރާވައްވާ ކެންޑިޑޭޓުންނަށް ފުވައްމުލަކުގެ ރައްޔިތުނަށް އޭނާގެ ސިޔާސަތު ހާމަކޮށް ދިނުމަށް އެކަށީގެންވާ ވަރުގެ ބޮޑު ބައްދަލުވުމެއް ބޭވުމަކީ ވަރަށް ނާދިރު ކަމަކަށް ވާއިރު މިފަދަ ބަހުސަކުން އެލިބުނު ފުރުސަތު ބޭނުން ނުހިފުމުން ރައްޔިތުން މާނަކުރަނީ ސިޔާސަތެއް ނެތް މީހެއްގެ ގޮތުގައެވެ. އާއްމު ފޯރަމް ތަކުގައި ތިމާގެ ވިސްނުން ހާމަކުރަން ނުކެރޭވަރުގެ މީހަކީ ރައްޔިތުން ތަމްސީލުކުރަން ކުފޫ ހަމަވާ މީހެކޭ ބުނާނެ ބަޔަކު މިއަދުގެ މާހައުލުގައި ނުތިބޭނެ ކަމަށް ފުވައްމުލަކުގެ ރައްޔިތަކު ހާމަކުރިއެވެ.

މަޖުލީހަށް ހޮވަން މިއުޅެނީ ހަމައެކަނި ބިލްބޯޑު ޖަހާލެވޭ މީހުނެއް ނޫން ކަމަށާއި ރައްޔިތުންގެ ތުރާލަށް ފަރުވާ ހޯދުމަށް ވަކާލާތު ކުރަން ކެރޭ ފެންވަރުގެ މީހުން ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި މީހާ ހާމަކުރިއެވެ.

އިއްޔެ ލައިވުކޮށް ކުރިޔަށް ގެންދިޔަ ބަހުސުން މޯޑު ނުފެނުމުން އޭނާއާއި މެދު އާއމު ރައްޔިތުން ދެކޭގޮތް ވަރަށް ބޮޑުތަން ދަށްވެގެން ދާނެ ކަމަށް ބެލެވެއެވެ. އެކަން އެނގެނީ ގިނަބަޔަކު އައީ މިބަހުސުތަކުގައި ދައްކާ ވާހަކަތައް އަޑުއެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ވަގުތު ހުސްކުރަމުންނެވެ. ނަމަވެސް ފަހު ވެގުތު ބަހުސުން ނުފެނުމުން އޭނާއަށް ވޯޓު ދޭން ތިބި ބައެއް މީހުން ވެސް ވަނީ މާޔޫސް ކުރުވާފައެވެ.ކިޔުންތެރިންގެ ޚިޔާލު