25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

މަޖުލީހުގެ 27 ގޮނޑި ޖޭޕިއަށް ދޫކޮށްލަން ރައީސް ނަޝީދު ހުށަހެލުއްވި

މަޖުލީހުގެ 27 ގޮނޑި ޖޭޕީއަށް ދޫކޮށްލަން ރައީސް ނަޝީދު ހުށަހެޅުއްވި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ޖޭޕީއަށް 27 ގޮނޑި ދޫކޮށްލަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ގައުމީ މަޖުލީހަށް ހުށަހަޅުއްވައި ވަކާލާތު ކުރެއްވި ތަން ލައިވް ޓީވީގައި ގިނަ ބަޔަކަށް ވަނީ ފެނި ހާމަވެފައެވެ. ނަމަވެސް އެމްޑީގެ ގައުމީ މަޖުލީހުގައި އާއްމު މެމްބަރުން ތަމްސިލުކުރައްވާ މެމްބަރުން ބޭނުންވީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ވޯޓުތައް އެޕާޓީގެ ކެންޑިޑެޓުންނަށް ލެވޭގޮތަށް މަޖުލީހުގެ ހުރިހާ ދާއިރާތަކަށް ކުރިމަތި ލުމަށެވެ. އެއާއެކު ގައުމީ މަޖުލީހުގެ ގިނަ ބަޔެއްގެ ތާއިދާއެކު އެގޮތަށް ފާސްވެ އެއާއެ އެއްގޮތަށް އެޕާޓީން އަމަލުކުރަން ފެށީއެވެ.

އެކަމުގަިއ އެޕާޓީީގެ ރައީސް ނަޝީދު ކުށްވެރިކުރަންޖެހެ ސަބަބެއް ނެތެވެ. އެއީ މަގުބޫލުކަމުގެ ވާދަވެރިން ބާވައެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވީ މަޖުލީހުގެ 22 ގޮނޑި ޖޭޕީއަށް ދޫކުރަން ކަމަށާއި އެފުރުސަތު ޖޭޕީއަށް ނުދިނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ޖޭޕީގެ ލީޑަރ ގާސިމު އިބްރާހިމް ވާހަކަފުޅު ދެއްކެވިޔަސް އެއީ މިހާރު މީހުން ގަބޫލުކުރާނެ އުސޫލެއް ނޫނެވެ.

އާ ގާނޫނު އަސާސީއާއެކު ރައީސްގެ މެމްބަރުނެއް މަޖުލީހުގައެއް ނުތިބެއެވެ. ރައީށް އިބްރާހިްމ މުހައްމަދު ސޯލިހު އައްޔަން ކުރާ މެންބަރުްނނެއް ނުތިބޭއެވެ. ތިބެނީ ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މެމްބަރުންނެވެ. ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ގިނަބައެއްގެ ތާއިދު ހޯދުމުން އެޕާޓީއެއް މެމްބަރުން މަޖުލީހަށް ރައްޔިތުން ހޮވުމުގެ ފުރުސަތު ބޮޑުވަނީ ކަން ގަބޫލުކުރަން ޖެހެއެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައިސްކަން އެމްޑީޕީީގެ ތާއިދާއެކު ލިބިފައިވާ ގާސިމު އިބްރާހިމްގެ އެވިދާޅުވާ ވާހަކަފުޅުގައި ޖޭޕީއަށް މަޖުލީހުގެ 22 ގޮނޑީގެ ފުރުސަތު ނުދެން މަސައްކަތް ކުރީ އެމްޑީޕީ ރައީސް، ރައީސް ނަޝީދު ކަމަށް އަމާޒު ކުރެއްވިޔަސް ހަގީގަތަކީ އެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ކުރިމަތިގައި ލައިވް ޓީވީން ދައްކަމުން ދިޔަ އެމްޑީޕީގެ ގައުމީ މަޖުލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވމުން ވިދާޅުވީ ޖޭޕީއާއެކު ވާހަކަދެކެވި މަޖުލީހުގެ 60 ދާއިރާ އަށް އެމްޑީޕީ ކުރިމަތިލާފައި ދެން އޮތް 27 ދާއިރާ އެޕާޓީއަށް ދޫކޮށްލަން ހުށަހެޅުއްވިއެވެ. ނަމަވެސް އެމްޑީޕީގެ އާއްމު މެމްބަރުންގެ ވިންދު ހުރީ އެގޮތަކަށް ނޫންކަމަށްވެ އާއްމު މެންބަރުން އެދޭ ގޮތަށް އެމްޑީޕީގެ ކަންތައްތައް ނިމިގެން ދިޔައީމާ އެއީ ރައީސް ނަޝީދު ކުށްވެރިކުރަން ޖެހޭ ކަމެއް ނޫނެވެ. އެކަން ކުށްވެރި ކުރާނަމަ ވޯޓު ދޭންތިބި އެމްޑީޕީގެ އާއްމު މެމްބަރުން ކުށްވެރި ކުރާށެވެ. ނޫުނީ އެމްޑީޕީގެ ގައުމީ މަޖުލިސް ކުށްވެރިކުރާށެވެ.

މަޖުލީހުގެ ގޮނޑިތައް ރައީސް އިބުރާހިމް މުހައްމަދު ސޯލިހުއާއި ރައީސް ނަޝީދު، ރައީސް މައުމޫނު އަދި ޖޭޕީގެ ލީޑަރު ބޭނުންފުޅު ވިޔަސް ސަރުކާރުގެ މަގާމުތައް ބެހިގޮތަށް ބަހަން އެމްޑީޕީގެ 80 ހާހަށް ވުރެ ގިނަ އާއްމު މެމްބަރުން ބޭނުމެއް ނުވެއެވެ. ވުމާއެކު އެގޮތަށް މަޖުލިސް ބެހިދާނެ ކަމަށް ދުށުމަކީ މޮޔަހީއެކެވެ.

ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް ރާއްޖޭގައި ސީޔާސީ ޕާޓީހިންގަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބުނެގެނެއް ނުދާނެއެވެ. ރޫހީ ލީޑަރު ކަމަށް މަހުޖަނުން ހެނދެން ފައިސާތައް ޚަރަދުކުރުމުން މިގައުމުގެ ކޮންމެވެސް ބައެއްގެ ތާއިދު ލިބި މަޖުލީހުގެ މަދު ގިނޑިކޮޅެއް ލިބިދާނެއެވެ. ނަމަވެސް މެޖޯރިޓީއާިއ ކައިރިވެސް ނުކުރެވޭނެކަން ކޮންމެ މީހަކު ވެސް ގަބޫލުކުރެއެވެ.

އެމްޑީޕީ ބޮޑުވެ ބާރު ގަދަވަނީ ރައްޔިތުންގެ ބަސްއަހައި އެގޮތަށް އަމަލުކުރާތީއެވެ. ވެރިމީހާ ބޭނުން ހުރިހާކަމެއް ވަރިހަމަކޮށް ދޫކޮށް ނުލާތިއެވެ.

ޖެޕީވެސް ރާއޖޭގެ ސިޔާސީ މަސްރަހޫގަިއ ބާރު ގަދަކުރަން އެދޭނަމަ އާއްމު މެމްބަރުން ބާރު ގަދަކުރުމަށް ޖާގަ ދެއްވާށެވެ. މަޖުލީހުގެ ޓިކެޓްތައް ހިތަށް އެރި ބަޔަކަށްް ނުބަހާ ޑިމޮކްރަސީގެ އުސޫލާއި އެއްގޮތަށް ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލައިގެން ޕްރައމަރީ ބާއްވައި މީހުން ހޮވާށެވެ.

ޕްރައިމަރިން ޕާީޓއަށް އަރާ ލޮޅުމަށްވުރެ ޕާޓީގެ އަސާސަށް އާއްމު މެމްބަރުން ކުރާ އިތުބާރު ވަރުގަދަވެ، މުސްތަގުބަލަށް ފަހިކަން ގެނެސް ދޭނެއެވެ.

މިފަހަރު ޖޭޕީއަށް މަޖުލީހުގެ 15 ގޮނޑިވެސް ނުނެގޭނެތީ ބިރުން ތިމާގެ ސިޔާސީ ހަޔާތް ނިމެނީހެން ހީވަނީ ބާވައެވެ؟ އެނގޭ ކަމަކީ އަންނަން އޮތް މަޖުލީހިގައި އެންމެ ބޮޑުވަރުވިަޔސް ހުންނަން ޖެހޭނީ ތިރީ ގޮނޑިއެއްގައި ކަމެވެ. ތަދައްކަވާ ވާހަކަތަކާއި އަމަލު ކުރައްވާ ގޮތުން މަތީ ގޮނޑިއަކަށް ކުފޫ ހަމަނުވާކަން ދިވެހި ރައްޔިތުންނަށް ސާވުވެއެވެ.  ޖޭޕީއަށް މިފަހަރުގެ މަޖުލީހުގެ ކިތައް ގޮނޑި ލިބޭނެ ބާވައެވެ؟

banner


ކިޔުންތެރިންގެ ޚިޔާލު


  1. އޭނަ 29 މާރިޗު 2019 09:03

    ހާދަ ބޮޑަކަށް އަންނި ކޮޅަށް ޖެހިފަ ހުރި ލިޔުންތެރިއެކޭދޯ!

    1. ފްރީޑަމް 29 މާރިޗު 2019 23:03

      ޙަގީގަތް ހާމަކުރާނަމަ އަންނި ކޮޅައް ނުޖެހި ސިޔާސީ ހަގީގަތެއް ހާމަނުކުރެވޭނެ ދޮންމަނިކާ

  2. ޝިޢާ 18 އޭޕްރީލް 2019 10:04

    މިނޫހަކީ ަބަދުވެސް އެމް ޑީ ޕީ ޕްރޮމޯޓް ކުރާ ނޫހެއްކަން މިނޫހުގައި ހުންނަ ލިޔުންތަކުން ވަރަށް ސާފުކޮށް އެނގޭނެ.