17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މިއަހަރު ނިމުމުގެ ކުރިން ޒަމާނީ ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ ބާ ؟

މިއަހަރު ނިމުމުގެ ކުރިން ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވޭނެ ބާ ؟ މިއީ މިއަދު ފުވައްމުލަކުގެ ގިނަ ރައްޔިތުންގެ އެ ސުވާލަކަށް ޖަވާބު ބޭނުންވެފައިވާ ސުވާލެކެވެ.

ސަބަބުތަކެއް ވެސް ނެތި އެއްނޫނެވެ ! ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ވާހަކަ އަކީ އިއްޔެ އަކު މިއަދަކު ދައްކަމުން އައި ވާހަކައެއް ނޫނެވެ! މިއީ މީގެ އެތަކެއް އަހަރެއް ކުރިން ދައްކަމުން އައިވާހަކައެކެވެ! ރާއީސް މައުމޫންގެ ވެރިކަމުން ފެށިގެން މި ފަހުގެ ތާރީހުގައި ވެރިކަން ކުރި ހުރިހާ ރައީސުން ވަނީ ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމްކޮއްދޭނެކަމަށް ވަޢުދު ވެފައެވެ.

މިއަދު ގެ ރައީސް ޔަމީންގެ ވެރިކަމުގައި ވެސް، މި ވައުދު ވަނީ ތަކުރާރުކޮއް، ފުވައްމުލަކުގައި ޒަމާނީ ފެނާއި ނަރުދަމާ ގާއިމްކޮއްދޭނެ ކަމަށް ވައުދުވެފައެވެ!

އަދި ފުވައްމުލަކުގެ ފެނާއި ނަރުދަމާވަނީ ނިމިދިޔަ 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އިފްތިތާހުކޮއް ޑިޒއިނިންގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނިއަކާއި ވަނީ ހަވާލުކޮއްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެންވާރްމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަޝްރޫއުގެ ޑިޒައިނިންގެ މަސައްކަތް ހަތަރު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އަންނަ އަހަރުގެ ފަހުކޮޅު މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މިމަސައްކަތް ކަނޑައެޅިފައިވާ ދުވަހަށް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށްވސް ތޯރިގު ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުންދާތީ، އެކަމުގެ ޝަކުވާ ފުވައްމުލަކު އަތޮޅު ކައުންސިލްއަށް ތަފާތުގޮތްގޮތަށް ލިބެމުންދާތީ، މިދިޔަ 2015 އަހަރުގެ އޮގަސްޓުމަހުގައި ، އެ ކައުންސިލުން ވަނީ ނޫސްބަޔާނެއް ނެރެފައި އެވެ. ފެނާއި ނަރުދާމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ހަދަންޖެހޭ އެންވަޔަރމެންޓަލް އިންޕެކްޓް އެސެސްމެންޓް (އީ.އައި.ޢޭ.) ނުވަތަ ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ ސާރވޭ ހަދައި އޭގެރިޕޯޓް ނިންމާފައިވާކަމާއި، 11 އޯގަސްޓް 2015 ވަނަ ދުވަހު އެ ރިޕޯޓްގެ ކޮޕީއެއް ފުވައްމުލަކު އަތޮޅު ކައުންސިލްއަށް ލިބިފައިވާ ކަމަށްވެސް އެ ނޫސްބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ހިތަމާއަކީ 2015 ވަނަ އަހަރު ނިމި 2016 ވަނަ އަހަރާއި ފުވައްމުލަކު ރައްޔިތުން ބައްދަލުކުރި އިރުވެސް ފެނާއި ނަރުދަމާ ގާއިމްކުރުމަށްޓަކައި ހަދަންޖެހޭ އެންވާރުމެންޓަލް އިންޕެކްޓް އެސެސްމެންޓް (އީ.އައި.ޢޭ.) ހެދުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކުރިޔަށް ގެންގޮސްފައި ނުވަތަ ނިމިފައިވާ ކަމެއް، ފުވައްމުލަކު އަތޮޅު ކައުންސިލުން އަދި އެންވަރަމްނެޓް މިނިސްޓްރީ އިން ވެސް ހާމަކޮއްފައެއް ނުވުމެވެ.

ނަރުދަމާ ގައިމްކުރެވޭނެ ދުވަހަކަށް ދިގު އިންތިޒާރެއް ކުރަމުން އަންނަ މާޔޫސްވެފައިވާ ފުވައްމުލަކު ރައްޔިތުން މިއަދު ތިބީ، ނަޖިސް ފެން ނޫން ފެނަކުން ފެންވާރަނެ ދުވަހެއްގެ އިންތިޒާރުގައިއެވެ. ސަރުކާރުގެ ބަހުންނަމަ ޒަމާނީ ފެނާއި ނަރުދަމާގެ ނިޒާމް ގައިމްވާނެ ދުވަހެއްގެ އިންތިޒާރުގައި އެވެ. ސާރވޭ އާއި ޑިޒައިންގެ ވަހަކަ އަކީ 2003 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް އިވި ފޫހިވެފައިވާ ވަހަކައެކެވެ. އެހެންކަމުން ރައްޔިތުން މިއަދު ބޭނުންވަނީ މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމެވެ.

ސުވާލަކީ މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް ސަރުކާރުން ކުރިން ބުނިގޮތަށް، ނިންމާލެވޭނެތޯ އެވެ؟

ކުރުގޮތަކަށް ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ސަރުކާރުތަކުން ކޮއްފައި ހުރި މަސައްކަތްތަށް…

ރައީސް މައުމޫން ވެރިކަން :

• ދިވެހި ސަރުކާރާއި އައިޑީބީގެ ލޯން އެހީގައި ފުވައްމުލަކުގައި ނަރުދަމާ ނިޒާމެއް ގާއިމު ކުރުމަށް 2013 ވަނައަހަރު ހަމަޖެހުނެވެ.

• ފުވައްމުލަކުގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް ޕާކިސްތާނުގެ ކުންފުންޏަކުން 2003 ވަނަ އަހަރު ސާރވޭތަކެއް ވަނީ ކޮއްފައިއެވެ.

• ފުވައްމުލަކުގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް 25 ފެބްރުއަރީ 2007 ގައި ވަނީ ސާރވޭކޮއްފައިއެވެ

• ފުވައްމުލަކުގައި ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ޑިޓެއިލް ޑިޒައިން ހަދަން މިހާރުވެސް މި މަސައްކަތް ކުރުމަށް ހާވަލުކޮއްފައިވާ ރިޔަން ޕްރައިވެޓް ލިމިޓެޑާއި 24 ޖުލައި 2008 ގައި ވަނީ ހަވާލުކޮއްފައި އެވެ.

ރައީސް ނަޝީދުގެ ވެރިކަން :

• ފުވައްމުލަކުގައި ސާފު ބޯ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގުވުމުގެ ލައިސަންސް އެމް ޑަބްލިޔު އެސްސީއަށް 23 އެޕްރީލް 2009 ގައި ވަނީ ދީފައެވެ

• ދެކުނު ޕްރޮވިންސުގެ ފެނާއި ނަރުދަމާ މަޝްރޫއުގައި 2010 ވަނަ އަހަރުގެ މާރޗް މަހުގައި ސޮއިކުރެވޭނެކަމަށް ސަދަން ޔޫޓީލިޓީސްއިން 14 މާރޗް 2010 ގައިވަނީ ބުނެފައެވެ.

• ދެކުނު ޕްރޮވިންސުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭނީ އެމްޑަބްލިއުއެސްސީންކަމަށް 23 މާރޗް 2010 ގައި އެ ކުންފުނިން ވަނީ ހާމަކޮއްފައިއެވެ.

• ދެކުނު ޕްރޮވިންސަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެކު 29 މާރޗް 2010 ގައި ވަނީ ސޮއިކޮއްފައެވެ.

ރައީސް ވަހީދުގެ ވެރިކަން :

• އައްޑު އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށޭނެކަމަށް 27 މަރޗް 2012 ގައި ސަދަން ޔުޓިލިޓީސް ވަނީ ހަމާކޮއްފައި އެވެ

• ފުވައްމުލަކު ނަރުދަމާ ނިޒާމުގެ އެގްރީމަންޓުގައި އޮކްޓޫބަރު މަހު ސޮއިކުރެވޭ ވަރުވާނެކަމަށް 20 އޯގަސްޓް 2013 ވަނަ ދުވަހު ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.

• ފުވައްމުލަކުގެ ފެނާއި ނަރުދަމާ ގާއިމުކުރަން 11 މިލިއަން ޑޮލަރުގެ ލޯނެއް 04 ނޮވެމްބަރު 2013 ގައި ރައްޔިތުންގެ މަޖްލީހުން ވަނީ ފާސްކޮއްފައި އެވެ .

ރައީސް ޔާމީންގެ ވެރިކަން :

• ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ލޯނަށް 26 ނޮވެމްބަރު 2013 ގައި މަޖްލީހުން ވަނީ ހުއްދަދީފައެވެ.

• ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް 28 ޖެނުއަރީ 2014 ގައި ކުވެއިތު ފަންޑުން ވަނީ ލޯނު ދީފައެވެ

• ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޑިޒައިނިންގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާއި 03 ފެބުރުއަރީ 2015 ގައި ވަނީ ހަވާލު ކޮއްފައެވެ.

• ނަރުދަމާ ހެދުމަށް ބޭނުންވާ (އީ.އައި.ޢޭ.) ނުވަތަ ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ ސާރވޭ ހަދައި އޭގެރިޕޯޓް ނިމި އެ ރިޕޯޓްގެ ކޮޕީއެއް 11 އޯގަސްޓް 2015 ގައި ފުވައްމުލަކު އަތޮޅުކައުންސިލް އަށް ލިބިފައިވާކަމަށް 25 އޯގަސްޓް 2015 ގައި އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހާމަކޮއްފައިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު