21 ނޮވެމްބަރ 2019 ( ބުރާސްފަތި )

އެންމެ ފުރަތަމަ މަގު ޑިޒައިން ކުރެވިފައިވާ ގޮތުގެ ކުރެހުމެއް- ރައްޔިތުން އެދެނީ މިގޮތަށް ކުރިޔަށް ގެންދަން

ފުވައްމުލައް ސިޓީގެ ރިންގް ރޯޑު ހަދަން ޖެހޭނީ އެންމެ ފުރަތަމަ ޑިޒައިނާއި އެއްގޮަތަށް

މި ހަފުތާގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ފުވައްމުލަކުގެ ރިންގް ރޯޑުގެ މަސައްކަތާއި ގުޅިގެން އަނެއްކާ ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ފާޅުކުރަން ފަށައިފިއެވެ. ފުވައްމުލަކު ރިންގްރޯޑުގެ މަސައްކަތުގެ 2.5 ކިލޯމީޓަރުގެ ބައެއް ރައީސް މައުމޫނުގެ ދުވަސްވަރު ހަދާފައި ވަނީ  މިފަހަރުގެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވާ އެމްޓީސީސީ އިންނެވެ.

އެފަހަރުގެ ބައިވެސް ހަދާފައި ވަނީ ރައްޔިތުންނާއި ހިއްސާ ކުރެވުނު ޑިޒައިނާ ޚިލާފަށެވެ. މަގުގެ ތާރުގަނޑުގެ ފެންވަރު ރަނގަޅަސް، މަގުގެ ޑިޒައިނުގެ ސަބަބުން ކުރިމަތިލާންޖެހޭ ހިތި ތަޖުރިބާ ފުވައްމުލަކުގެ ރައްޔިތުންނަށް އިތުރަށް ކުރަން ބޭނުމެއް ނުވެއެވެ.

ބޭނުން މިނަކަށް މަގަށް ޖާގަ ނެގެން އޮތްވާ މަގު ހަނި ކުރުމާއި މަގުގައި ހިނގާ މީހުންނަށް ސަލާމަތްކަމާއެކު ހިނގާބިގާވެ އުޅޭނެ ގޮތެއް ނެތުމުން ހިނގާފައިދާ މީހުން ގައިގައި ދުއްވާ އެއްޗެހިން ޖެހި އަނިޔާވުމުގެ އިތުރުން މީހުން މަރުވެސް ވެފައި ވެއެވެ.

ދެން އެއިގެ ފަހުން އެމަގުގެ މަސައްކަތް ކުރަން ފެށީ ނިމުނު ރައީސް ޔާމީނުގެ ސަރުކާރުންނެވެ. އެފަހަރު ރައްޔިތުންގެ ގާތުން އަހާލުމެއް ކަހާލުމެއް ނެތި މަގުގެ މަސައްކަތް ކުރަމުން ދިޔައީ ގަދަ ބާރުން ކަންކަން ކުރާ އުސޫލުން ސީދާ ސަރުކާރުގެ ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. އެކަމުގައި ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުންނާއި އާއްމު ފަރުދުން އެކި ފެންވަރުގައި އެކި ލެވެލްގައި ހައްލެއް ލިބޭތޯ ކުރި މަސައްކަތްތައް ނިމުނީ ކޮޅެއްގައި ޖެހޭގޮތް ނުވެއެވެ.

އެއިގެ ފަހުން ނިމުނު އާއްމު އިންތިޚާބުގެ އެންމެ ފޯރިގަދަވި ދުވަސްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި މަގުގެ މަސައްކަތް، ސަރުކާރު ކުންފުނި، އެމްޓީސީސީ އާއި ހަވާލު ކުރިއެވެ. އަދި މަސައްކަތް ފެށުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ސަރުކާރުން ސިޓީ ކައުންސިލްގައި އެދުނެވެ. ނަމަވެސް ފުވައްމުލަކު ސިޓީ ކައުންސިލަށް، އެވަގުތު އެމަސައްކަތް އިފުތިތާޙު ކުރުމުގެ މާނައެއް އޮތްކަމަށް ނުފެނުނު ކަމަށް ބެލެވެއެވެ. އެހެނީ އެ ރަސްމިއްޔަތު ފަސްކުރަން ޖެހުމެވެ. ސިޓީ ކައުންސިލާއި ރައްޔިތުންާއި މަޝްވަރާ ނުކޮށް ކަންކަން ކުރަން އުޅޭތީއެވެ.

ސިޓީގެ މޭޔަރ ފަލާޙު ޝަރީފު ވިދާޅުވެފައި ވަނީ ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ކުރަން އުޅެނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވިދާޅުފެވައިވާ ގޮތަށް ރައްޔިތުންގެ ބަސް ހޯދައިގެން ނޫން ކަމަށެވެ. އެއީ އަސްލު އެންމެ ފުރަތަމަ އެމަގު ޑިޒައިން ކުރެވުނު ގޮތާއި ޚިލާފަށް ބަދަލުތަކެއް ގެނެސް ގެން މަގު ހަދަން އުޅޭތީއެވެ. އެކަމާ ސިޓީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުގެންނެސް މަސައްކަތް ކުރަން އުޅޭތީއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންގެ ބަހެއް ނުހޯދާ މަގު ހަދަން މަސަައްކަތް ކުރިގޮތް ރައްޔިތުން ބަލައެއް ނުގަތް.

މަގަކީ އަމާން ފަސޭހަ ތަނަކަށް ހަދަން މަޖުބޫރުވެފައިވާއިރު، މަގަކީ މީހުންގެ ފުރާނައަށް ހުރި ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މިކަން ރާއްޖޭގައި މިހާތަނަށް ހެދިފައިވާ ބޮޑެތި މަގުތަކުން ހާމަވެއެވެ. ނުރައްކާތެރި އެކްސިޑެންޓްތައް އިންތިހާއަށް ގިނަވެފައިވަނީ ސަލާމަތީ ގޮތުން ސަމާލުކަން ދޭންވާ ވަރަށް ނުދީ، މަގު ހަދާފައިވާތީއެވެ. މީހުންގެ ފުރާނައަށް ކުރިމަތިވާ ނުރާކާތެރިކަމުގެ ކަންބޮޑުވުން މުޅިރާއްޖއެއިން އަބަދު ވެސް އިވެއެވެ.

މަގު ހަދަން ޖެހެނީ 5 އަހަރަށްކަށް ނޫނެވެ. ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ޕްލޭން ކުރެވި، ޑިޒައިން ކުރެވިގެންނެވެ.

ފުވައްމުލަކުގެ ރިންގް ރޯޑުގެ މަސައްކަތް ފަށަން އުޅޭ ކަބަރު މީޑިއާއަށް ތިލަވުމާއެކު ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަނެއްކާވެސް ސޯޝަލް މީޑިއާއަށް އޮއްސާލަމުން ދެއެވެ. އަދި ނޫސްތަކުން އެ ކަންބޮޑުވުންތައް ހާމަވާން އަނެއްކާ ވެސް ފެށީއެވެ.

ފުވައްމުލަކުގެ ޒުވާނަކު އޭނާގެ ފޭސްބުކް ސްޓޭޓަސް ގައި މަގުގެ ޑިޒައިނާއި މެދު ސުވާލު އުފައްދަމުން ލިޔެފައިވެއެވެ.

“މީ ރަށް ވަށައިގެން ހެދޭ މުހިއްމު މަގެއް. އުފެދޭ ބައެއް ސުވާލު.

މާލެ ގެ މަގުތަކުގެ ހުންނަ ވައްތަރަށް ކޯރު ކޮނެގެން ފެން ހިންދަނީ ކީއްވެ؟

ކޮޅަކަށް ދުއްވަން ކިތައް ލޭން އޮވޭ ތޯ؟

ޑިޒައިން ކުރީ ކުރިއަށް ކިތައް އަހަރަށް ދަތިނުވާނެ ގޮތަށް ވިސްނައިގެން ތޯ؟

ދެކޮޅަށް ދުއްވާ ލޭންތަކުގެ މެދުގައި ގަސް ޖެހޭ މިންވަރަށް ފުޅާކޮށް ރޯޑް ޑިވައިޑަރ ހުންނާނެ ތޯ؟

ސައިޑް ވޯލްކް އާ ދުއްވާ ލޭން ތަކާ ދޭތެރޭ ކިހާ ފުޅާމިނެއްގެ ޖާގަ ފެންހިދުމަށާ ގަސް ހެއްދުމަށް ހުރި ތޯ؟

ބައިސްކަލު ލޭން އޮތްނާނެ ތޯ؟

މި ކަންކަން ކުރުމުގައި ކަމުގެ މާހިރުންގެ ލަފާ އިރުޝާދު ހޯދިތޯ؟” ހުޒާމު ސުވާލު ކޮށްފައި ވެއެވެ.

ހުޒާމު އިތުރަށް ބުނެފައި ވަނީ އަލަށް ހަދާ މަގު ވާން ޖެހޭނީ:

ޒަމާނީ ވިސްނުމާ އެއްގޮތަށް، ރައްކާތެރިކަމަށް ވިސްނައިގެން، ތިމާވެށްޓާއި ރައްޓެހި، ފެހިކަން އިތުރުވާ ގޮތަށް ވިސްނައިގެން، ރަށުގެ ފެންފަށަލަ ދެމެހެއްޓެނެވި ގޮތަކަށް ވިސްނައިގެން، ހިނގާ މީހުންގެ ހިތްފަސޭހަ ކަމަށް ވިސްނައިގެން،

މުސްތަގުބަލަށް ވިސްނައިގެން ކުރެވޭ މަސައްކަތަކަތަކަށް”. އެ ނޫން ގޮތަކަށް މިކަން ކުރެވިގެން ނުވާނެ ކަމަށެވެ.

މިހާރު މިގެންދަންއުޅޭ ގޮތަށް މި ގޮތަށް މި ޕްރޮޖެކުގެ ކުރިއަށް ގެންގޮސްގެން މަދު އަހަރު ތަކަކަށް ފަސޭހަ ވިޔަސް، މުސްތަގުބަލަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުން ނާއިބު ރައީސް, ވާނެ ކަމެެއް ކަމަށެވެ. އަދި މިކަން މިގޮތަށް ކުރުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ގޮވާލިއެވެ. 



ކިޔުންތެރިންގެ ޚިޔާލު


  1. ފުވައްމުލަކުން 14 އޭޕްރީލް 2019 15:04

    ލާފައިހުރިކުރެހުމަކީ ފުވައްމުލަކު މަގުހަދާނެގޮތުގެ ކުރެހުމެއްނޫނެވެ. އޭރުތިއްބެވި ވެރިންގެ ޚިޔާލެކެވެ.