15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ދަރިވަރުންގެ އުގެނުމުގެ ވައްޓަފާޅި އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން - ދިރާސާ

ގޫގުލް އިން ދަރިވަރުންގެ އުނގެނޭ ގޮތަށް ކިހާ އަސަރެއް ކުރޭބާ؟

ގޫގުލް އިން ދަރިވަރުންގެ އުނގެނޭ ގޮތަށް ކިހާ އަސަރެއް ކުރޭ ތޯ ބެލުމަށް ދިރާސަތައް އަންނަނީ ކުރެވެމުންނެވެ. މިދިރާސާތަކުން އެހާ ސާފު ޖަވާބެއް އަދި ލިބިފައި ނުވިނަމަވެސް މިޒަމާނުގެ ކުދިން އުގެނޭ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ.

އެގޮތުން ކްލާހުގައި ދަރިވަރުން ސުވާލެއް ކުރާއިރަށް އަވަސްވެގަންނަނީ އެސުވާލެއްގެ ޖަވާބު ގޫގުލް އިން ހޯދުމަށެވެ. ފޯނުން ނުވަތަ ކޮމްޕިއުޓަރުނެނެވެ. ސުވާލެއް ކުރާއިރަށް އެއިގެ ޖަވާބު އިނގިލި ކުރީ ހިސާބުން ހާމަވެގެން ދެއެވެ.

ޚާއަސަކޮށް “ގޫގުލް” އަދި “ސިރީ” ފަދަ އެހީތެރިން އީޖާދުވެގެން އައުމާއެކު ކޮންމެހެން ސުވާލުގެ ޖަބވާބު ހޯދުމަށް ޓައިޕް ކުރާކަށް ވެސް ނުޖެހެއެވެ. އަނގައިން ސުވާލު ކިޔާލާ އިރަށް ޖަވާބު ހާމައަށް ފެންނަ ހިސަބުގައި އޮވެއެވެ.

ދުނިޔޭގެ ތަރައްގީއާއި މައުލޫމާތު އަދަދު ނުކުރެވޭ ވަރަށް ގިނަވެފައިވާ ހިނދު މިޒަމާނުގެ ގޫގުލްގެ ޖީލުގެ ދަރިވަރުން ކުރީގެ ދަރިވަރުންނަށް ވުރެ ހުޝިޔާރު(ސްމާރޓް) ހެއްޔެވެ؟

އެމެރިކާގެ ކެންޓަކީގެ ކުރީގެ އިނގިރޭސި ޓީޗަރެއް ކަމުގައިވާ ޓެރީ ހެއިކް ހާމަކުރައްވާ ގޮތުން އޭނާގެ ދަރިވަރުން ގާތުން، އޭނާ ސުވާލެއްގެ ޖަވާބު ހޯދުމުގެ ކުރިން އެދެނީ ވަގުތު ކޮޅަކު އެސުވާލާއި މެދު އަމިއްލައަށް ވިސްނައި، ބޭނުން ވަނީ ކޮންކަހަލަ މައުލޫމާތެއް ތޯ ބެލުމާއި، މައުލޫމާތު ވަޒަންކުރާނެ ގޮތަކާއި، އެއާއި ގުޅޭ ފުށުއަރާ ތަފާތު ވިސްނުަންތައް އެއްކޮށްގެން ޖަވާބު ގެންނާނެ ގޮތަކާއި މެދު ފިކުރު ހިންގުމަށެވެ. ކޮންމެހެން އަވަސް އަރުވާލައިގެން ފުން ވިސްނުމުން އެއްކިބާވެ ގޫގުލްގެ އަވަސް ޖަވާބެއް ހޯދުމަކަށް ނޫނެވެ.

ގޫގުލް އިން ވިސްނުމަށް ޖާގަ ފުންވީ ހެއްޔެވެ؟ ނުވަތަ ވިސްނާނެ ވަގުތު ކުރުވީ ހެއްޔެވެ؟

ޓެކްނޮލޮޖީން ބަވަނަ ވަމުން މިދާ ދުނިޔޭގައި ގޫގުލް ފަދަ ސާޗް އިންޖީން ތަކުން ދަރިވަރުންގެ އުނގެނުމަށް ކުރާ އަސަރު އެހާ ސާފުކޮށް އަދި ހޯދިފައެއް ނުވެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުން ފަސޭހަކަމާއެކު މައުލޫމާތު އަތްފޯރާފަށުގައި ހުރުމުން އިންސާނުންގެ ސިކުޑީގައި އެއަށް ވިސްނާނެ ޖާގަ ފުޅާވެގެން ދާނެއެވެ. މިއީ ކުރީގެ ޖީލުތަކުގެ މީހުންގެ ވިސްނުން ވެސް ފުޅާވެގެން އައިގޮތް ކަމަށް އެމީހުން ބުނެއެވެ.

އަބަދުވެސް އައު ޓެކްނޮލޮޖީއެއް ކުރިއަރާދާއިރު އެއާއި މެދު ޝައްކުގެ ނަޒަރުން ދެކޭ މީހުން ތިބެއެވެ. އެގޮތުން ފުރަތަމަ ނޫސް އަދި ޓީވީގެ މަގުބޫލުކަން އިތުރުވެގެން އައި ދުވަސްވަރު ވެސް އެއެއްޗެއްސަކީ އިންސާނުގެ ސިކުޑީގެ ވިސްނުމުގެ ބާރަށް ކުރިމަތިކުރުވާ ނުރައްކަލެއް ކަމަށް ބުނެވުނެވެ. އަދި ފަހުން ޓައިޕްރައިޓަރާއި ކޮމްޕިއުޓަރު މަގުބޫލުވުމުން ލިޔާ މީހުންނަށް ނުރައްކަލަކަށް ބެލެވުނު ދުވަސްވަރެއް ވެސް ދިޔައެވެ.

ނަމަވެސް ހާވަރޑް ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރެއް ކަމުގައިވާ ސަޓެވެން ޕިންކް 2010ގައި ދަ ނިއުޔޯކް ޓައިމްސް އަށް ލިޔުއްވާފައި ވަނީ އަހަރެމެނަކީ ނުވިސްނޭ ބަލިކަށި ބަޔަކަށް ހެދުމުގެމުގެ ބަދަލުގައި، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އިންޓަރ ނެޓާއި ޓެކްނޮލޮޖީއަކީ އަހަރެމެން ހުޝިޔާރު ބަޔަކަށް ހަދާ ވަސީލަތްތައް ކަމުގައެވެ.

ޔުނިވަރިސޓީ އޮފް ޖެނީވަރގެ ޕްރޮފެސަރެއް ކަމުގައިވާ ޑެފަން ބެވޭލިއަރ (2011ގައި) ލިޔުއްވާފައި ވަނީ ފުރަތަމަ ލިޔާނެ އަކުރު ތައާރަފުވުމުން އެއިގެ ކުރީގެ ހުނެރެއް ކަމުގައިވާ “އަނގައިއން އަގަޔަށް އަޅައިދީގެން” ހިތުދަސްކުރުމުގެ ހުނަރު ކުޑަވެގެން ދިޔަކަމަށެވެ. އެކަމަކު އެއާއިއެކު އިތުރު ދެހުނަރު ކަމުގައި ވާ ލިޔުމާއި ލިޔުން ދިރާސާކުރުންމުގެ ހުނަރު އިތުރުވެގެން ދިޔަ ކަމަށެވެ.

އެކަމަކު ލިޔުންތެރިއެއް ކަމަށްވާ ނިކޮލަސް ކާރ (2008) ދި އެޓްލާންޓިކް މަޖައްލާގައި މިކަމާއި ދެކޮޅަށް ލިޔުއްވާފައި ވަނީ ގޫގުލް ނުވަތަ އިންޓަރނެޓްގެ ސަބަބުން އިންސާނުންގެ ފުން ވިސްނުމުގެ ބާރާއި ދުރު ކުރުވާ ކަމަށެވެ. “އިންޓަރނެޓުގެ ސަބަބުން އަޅުގަޑު ކަމަކަށް ފުންކޮށް ވިސްނަން އަދި ފަހުން އެކަމަށް ފިކުރު ހިންގުމަށް ލިބިފައިވާ ބާރު އަޅުގަޑުގެ ކިބައިން އެއްކިބާ ކުރާ ކަމުގެ އިހުސާސުތައް ކުރުވާ” ކަމަށް ކާރ ލިޔުއްވާފައި ވެއެވެ.

މިހާތަނަށް މިމައުޟޫއަށް ކުރެވިފައިވާ މަދު ދިރާސާތަކުން މިކަމުގައި ގޫގުލްގެ ޖީލު ކޮޅަކަށް ބުރަވާން އަދި މުޅިން އުނދަގޫކަމަށް ބެލެވެއެވެ.

އިގިރޭސި ލިއިބްރަރީން (2008) ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެގެން ދިޔައީ އޮންލައިން ކޮށް ލިބެންހުންނަ މައުލޫމާތު ޒުވާން ޖީލުގެ ކުދިން، އެމައުލޫމާތެއްގެ ސައްޙަ ކަމާއިމެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި ގަބޫލުކުރާކަމެވެ.

ހަމައެއާއެކު 2011ގައި ‘ސައިންސް’ ޖާރނަލް އިން ކުރި ދިރާސާއަކުން ހާމަވެގެން ދިޔައީ އިންސާނުންނަށް މައުލޫމާތު ފަހުން ވެސް ލިބެން ހުންނަަކަން އެނގުމުން، އެމައުލޫމާތެއް ހިތުން ދަސްކުރުމުގެ ބަދަލުގައި، އަލުން އެމައުލޫމާތު ހޯދާނެ ތަން ހަނދާނުގައި ރައްކާކުރަން އިސްކަންދޭ ކަމަށެވެ. އެގޮތުން ތިމާގެ މީހުނާއި ގާތް މީހުންގެ ފޯނު ނަންބަރު ހަނދާނުގައި ބެހެއްޓުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފޯނުގެ ކޮންޓެކްޓް ލިސްޓުން ނުވަތަ އެހެންވެސް މައުލޫމާތު ރައްކާ ކުރެވިފައިވާ ތަނަކުން ބަލާލުމުގެ އާދަ އަށަގަނެއެވެ. (ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު