10 ޑިސެމްބަރ 2019 ( އަންގާރަ )

ވަން-ފުވައްމުލައް އެންޖިއޯއިން އިސްނަގައިގެން ކުރިން ބަންޑާރަ ކިޅި ސާފުކުރި. ފޮޓޯ: ވަންފުވައްމުލައް

ބަންޑާރ ކިޅި ލޮޓަސް އިން ފުރެނީ-ދެން…؟ 2

ފުވައްމުލައް ސިޓީ “ބަންޑާރަ ކިޅި” ލޮޓަސް ގަހުން ފުރޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

(އިއްޔެގެ ބަޔާއި ގުޅޭ) މިބައިގައި މިބަލާލަނީ ކެމިކަލް ބޭނުންކޮށްގެން ލޮޓަސް ގަސް ކޮންޓްރޯލް ކުރާނެ ގޮތުގެ މައްޗަށެވެ.

3. ކެމިކަލް މެނޭޖްމެންޓް ނުވަތަ ބޭސްބޭނުން ކޮށްގެން ފެނުގެ ގަސްތައް ކޮންޓްރޯލް ކުރުން

ފެނުގެ ގަސްތައް ކޮންޓްރޯލް ކުރުމަށް އާއްމުކޮށް ބޭނުން ކުރަނީ ހާބިސައިޑްސްގެ ދެވައްތަރެކެވެ. އެއީ “ސިސްޓަމިކް ހަބިސައިޑް” އާއި “ކޮންޓެކްޓް ހާބިސައިޑް” އެވެ.

ސިސްޓަމިކް ހާބިސައިޑް ފެނާއެކުވެ ގިރިގެން ގޮސް ގަހުގެ ތަނޑިގަނޑާއި މުލުން ގަހުގެ އެތެރެއަށް ދެއެވެ. އެއާއެކު ގަހުގެ އެކިހިސާބަށް އެއިގެ އަސަރުކޮށް މަރުވާން ފަށައެވެ. ސިސްޓަމިކް ހާބިސައިޑްން އެތަނެއްގައި ހުންނަ އެހެން އެއްޗެއްސަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. އެކަމަކު ކޮންޓެކްޓް ހާބިސައިޑަށް ވުރެ ނަތީޖާ ނިކުންނަލެއް ލަހެވެ.

ސިސްޓަމިކް ހާބިސައިޑްގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ސިލެކްޓިވް އާއި ނަންސިލެކްޓިވް، ހާބިސައިޑް އެވެ. ސިލެކްޓިވް އަކީ ވަކި ވައްތަރެއްގެ ގަހަށް އެކަނި އަސަރުކުރާ ގޮތަށް ހުންނަ ހާބިސައިޑެވެ. ނޮން-ސިލެކްޓިވް އިން އެތަނެއްގައި ހުންނަ ހުރިހާ ގަހަކަށް އަސަރުކުރުމުގެ ފުރުސަތު ބޮޑެވެ.

ކޮންޓެކް ހާބިސައިޑު ގޮސް ގަހުގައި ޖެހޭ ތަނެއް މަރުވާން ފަށައެވެ. ވުމާއެކު މި ހާބިސައިޑްގެ އަސަރު އަވަހަށް ފެނެއެވެ.

ބަންޑާރަ ކިޅީގައި ލޮޓަސް ގިނަވެ ކަންބޮޑުވުން އިތުރުވަނީ

1. 2،4-ޑީ (ވަރަށް ކާމިޔާބު) –  2,4D – Rated: Excellent

ޓޫފޯ-ޑީ އަކީ 2 އެމައިން ބަޓޮކްސީ އެތިލް އެސްޓަރ އެވެ. ލޮޓަސް ކޮންޓްރޯލް ކުރުމުގައި ވަރަށް ކާމިޔާބު ކަމަށް އެމެރިކާގައި ރޭޓް ކުރެވިފައިވާ މި ކެމިކަލްއަކީ ސިސްޓަމިކް ހާބިސައިޑްއެކެވެ.

މިވައްތަރުގެ ކެމިކަލް އެކުލެވޭ، ބާޒާރުގައި ހުރި ބޭހުގެ ބައެއް ބާވަތްތަކަކީ:

  • ނެވިގޭޓް، Navigate
  • ވީޑަރ 64، Weedar 64
  • ރެސްޓޯރ، Restore

2. ޓްރައިކްލޯޕަރ (ވަރަށް ކާމިޔާބު) –  Triclopyr – Rated: Excellent

ދިޔާކޮށް ހުންނަ ޓްރައިކްލޯޕަރ އަކީ ވެސް ސިސްޓަމިކް ހާބިސައިޑެކެވެ. އަދި މިއީ ބޮޑަށް ފުޅާ ފަތް ހުންނަ ވައްތަރަށް ޚާއްސަ ސިލެކްޓިވް ހާބިސައިޑް ބޭހެކެވެ. ފެނަށް ޚާއްސަ ‘ސާފެކަންޓް’ (ފަތް ނުވަތަ ތަނޑިގަޑުގެ ފަށަލަ މަޑުކޮށްދޭ މާއްދާއެއް – ފަސޭހައިން ބޭހަށް އެތެރެއަށް ވަދެވޭ ގޮތްވުމަށް) ބޭހާއި އެކު ބޭނުންކުރުމުން ނަތީޖާ އަވަސްވެއެއެވެ.

ބާޒާރުގައި ހުރި މިބާވަތުގެ ކެމިކަލް އެކުލެވޭ ބޭހުގެ ބައެއް ނަންތަކަކީ:

  • ރެނޮވޭޓް، Renovate
  • ނެވިޓްރޯލް، Navitrol
  • އިކޯޓްރޮލިޕަރ، Ecotrilopyr

3. ފްލޮރައިޑޯން (ވަރަށް ކާމިޔާބު) – Fluridone – Rated: Excellent

ފްލޮރޯޑިންގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. މިއީ ވެސް ސިސްޓަމިކް ހާބިސައިޑެކެވެ.

އާމުކޮށް ބާޒާރުގައި ހުރި މިބާވަތުގެ ކެމިކަލް އެކުލެވޭ ބޭހުގެ ބައެއް ނަންތަކަކީ:

  • ސޯނަރ، Sonar
  • އެވާސްޓް، Avast

ހާބިސައިޑްއާއެކު ސާފެކަންޓް ބޭނުންކުރުމުން ފެނުގެ ހާބިސައިޑްގެ އަސަރު ބޮޑަށް ކުރޭ.

4. އެންޑޯތަލް (ރަނގަޅު) – Endothall – Rated: Good

އެންޑޮތަލް ގެ ދިޔާ ވައްތަރަކާއި ފުއްފުކަށް ހުންނަ ވައްތަރެއް ހުރެއެވެ. އެންދޯތަލްގައޮ އެކުެވެނީ ޑަިޕޮޓޭސިއަމް ސޯލްޓްސް އެވެ. އެންޑޮތަލްގެ ބާރުގަދަކުރުމުގެ ގޮތުން ކޮޕަރ (ލޯއި)ގެ ބާވަތްތަކާއި އެއްކުރުމުން ނަތޖާ ރަނގަޅުވެއެވެ. މިއި ކޮންޓެކްތް ހާބިސައިޑަކަށް ވުމުން ވަރަށް އަވަހަށް ގަހުގައި ޖެހޭތަނުން ސެލްތައް މަރުވާން ފަށައެވެ.

ބާޒާރުގައި އާއްމުކޮށް ހުރި މިބާފަތުގެ ކެމިކަލް އެކުލެވޭ ބޭހުގެ ބައެއް ނަންތަކަކީ:

  • އެކުއަތޯލް ކޭ، Aquathol K
  • އެކްއަތޯލް ސުޕަރ ކޭ، Aqualthol Super K
  • ހައިޑްރޯތޯލް 191، Hydrothol 191 – މިއީ އޭކައިލް އެމައިން ސޯލްޓް އެކެވެ.

5. ގްލައިފޮސޭޓް (ރަނގަޅު) – Glyphosate – Rated: Good

މިއި އެމެރިކަން ލޮޓަސްއަށް ވަރަށް ކާމިޔާބު ވައްތަރެއްގެ ބޭހެކެވެ. ގްލައިފޮސޭޓްގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މިއީ ސިސްޓެމިކް ހާބިސައިޑެކެވެ. ވުމާއެކު މީގެ އަސަރުގަހަށް ކުރާނީ މުލާއި ދަނޑިގަނޑުގެ ތެރެއިން ގަހަށް ބޭސް ގޮސް ގެން އެތެރެއިން ފެށިގެން ލަސްލަހުންނެވެ. މިވައްތަރަށް ވެސް ފެނުގައި ބޭނުންކުރުމަށް ޚާއްސަ ސާފެކަންޓެއް (ފަތް ނުވަތަ ތަނޑިގަޑުގެ ފަށަލަ މަޑުކޮށްދޭ މާއްދާއެއް – ފަސޭހައިން ބޭހަށް އެތެރެއަށް ވަދެވޭގޮތް ވުމަށް) ބޭނުންކުރުމުންް ނަތީޖާ ރަނގަޅުވެއެވެ.

ބާޒާރުގައި އާއްމުކޮށް ހުރި މިބާފަތުގެ ކެމިކަލް އެކުލެވޭ ބޭހުގެ ބައެއް ނަންތަކަކީ:

  • ރޮޑެއޯ، Rodeo
  • އެކުއަރމާސްޓަރ، Aquamaster
  • އިރޭޒަރ އޭކިއު، Eraser AQ
  • ޓަޗްޑައުން ޕްރޯ، Touchdown Pro
  • އެކުއަރނީޓް، AquaNeat
  • ރެފިއުޖް، Refuge

ހާބިސައިޑްގެ ބައެއް ބާވަތްތައް

6. އިމާޒަމޮކްސް Imazamox

މިއީވެސް ވަރަށް ގިނަ ބާވަތްތައް އެކުލެވެ ސިސްޓަމިކް ހާބިސައިޑެކެވެ. މިވައްތަރަށް ފެނުގައި ބޭނުންކުރުމަށް ޚާއްސަ ސާފެކަންޓެއް (ފަތް ނުވަތަ ތަނޑިގަޑުގެ ފަށަލަ މަޑުކޮށްދޭ މާއްދާއެއް – ފަސޭހައިން ބޭހަށް އެތެރެއަށް ވަދެވޭގޮތް ވުމަށް) ބޭނުން ކުރަން ޖެހެއެވެ.

ބާޒާރުގައި އެންމެ އާއްމުކޮށް ހުރީ މިބާފަތުގެ ކެމިކަލް އެކުލެވޭ ބޭހަކީ:

  • ކްލިއަރކާސްޓް، Clearcast އެވެ.

7. ޕެނޮކްސުލޭމް (ރަނގަޅު) – Penoxsulam – Rated: Good

ޕެނޮކްސިުލޭމް އަކީ ވެސް ވަރަށް ގިނަ ބާވަތްތައް އެކުލެވެ ސިސްޓަމިކް ހާބިސައިޑެކެވެ.

ސިސްޓަމިކް ހާބިސައިޑް ފެނާއެކުވެ ގިރިގެން ގޮސް ގަހުގެ ތަނޑިގަނޑާއި މުލުން އެތެރެއަށް ދެއެވެ. އެއާއެކު ގަހުގެ އެކިހިސާބަށް އެއިގެ އަސަރުކޮށް މަރުވާން ފަށައެވެ. ސިސްޓަމިކް ހާބިސައިޑްން އެތަނެއްގައި ހުންނަ އެހެން އެއްޗެއްސަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. އެކަމަކު ކޮންޓެކްޓް ހާބިސައިޑަށްވުރެ ނަތީޖާ ނިކުންނަލެއް ލެހެވެ.

މިހާބިސައިޑް ސީދާ ގަހަށް މަތިން ސްޕްރޭ ވެސް ކުރެވިދާނެއެވެ. ނުވަތަ ގަސްހެދިފައި ހުރި ހިސާބުގެ ފެންގަނޑަށް އަޅައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. ނަވެސް އަލާންވާނީ ފަސޭހައިން މިބޭހުގެ ބާރު ނުކެނޑ (ޑައިލޫޓް ނުވާ) ވަރުގެ ތަންތާގައެވެ.

މިވައްތަރަށް ވެސް ފެނުގައި ބޭނުންކުރުމަށް ޚާއްސަ ސާފެކަންޓެއް (ފަތް ނުވަތަ ތަނޑިގަޑުގެ ފަށަލަ މަޑުކޮށްދޭ މާއްދާއެއް – ފަސޭހައިން ބޭހަށް އެތެރެއަށް ވަދެވޭގޮތް ވުމަށް) ބޭނުން ކުރަން ޖެހެއެވެ.

އެމެރިކާގައި ލޮޓަސް ކޮންޓްރޯލް ކުރުމަށް ސްޕްރޭ ކުރަނީ.

ބާޒާރުގައި އެންމެ އާއްމުކޮށް ހުރީ މިބާފަތުގެ ކެމިކަލް އެކުލެވޭ ބޭހަކީ:

  • ގެއްލިއޯން، Galleon އެވެ.

އެމެރިކާގެ އާމީގެ އެކްއޭޓިކް ހާބިސައިޑް އިންޖިނިއަރުން ވަނީ މިބާވަތްތަކުގެ ބޭހުގެ އަޖުމަބަލައި ރޭޓް ކޮށްފައެވެ.

ފުރަތަމަ ބައި: ބަންޑާރ ކިޅި ލޮޓަސް އިން ފުރެނީ- ދެން…؟

މައުލޫމާތު: އެގްރިލައިފް އެކްސްޓެންޝަން، އެކުއަރޕްލާންޓް، ޓެކްސަސް – އެމެރިކާ.



ކިޔުންތެރިންގެ ޚިޔާލު


  1. ޝިޢާ 19 މެއި 2019 12:05

    މިއީ ވަރަށް ރަނގަޅު މަޤުލޫމާތުން ފުރިގެންވާ ލިޔުމެއް. މިލިޔުން އަދި އިތުރަށް ފުރިހަމަ ވެގެންދާނެ ލޮޓަސްހެދި ހިކެމުންދާ ސަރަޙައްދުގައި ގިނަ ޢަދަދަކަށް “ބުރުގަސް” ހެދެމުންދާކަން ފާހަގަކޮށް އެއަށް ޙައްލު ހޯދޭނެގޮތް ލިޔެލިނަމަ. ސަބަބަކީ ލޮޓަސް އަށްވުރެ މިހާރުގެ ޙަލަތުން މި ދެންނެވި ވިނައިގެ ސަބަބުން ހިކެމުންދާ މިންވަރު ވަކު ކުޑަ ނޫންވީމަ.