22 ސެޕްޓެމްބަރ 2017 (ހުކުރު)


ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެ ބޭނުން!

ސާއިމް މޫސާ
ބަނދަރު ހެދުމަށްފަހު ކުރިން ގިރާގެން ނުދާހާ ހަލުވި ސްޕީޑްގައި ރަށް ގިރުމުގެ މައްސަލަ ފުވައްމުލަކަށް ކުރިމަތި ވެފައިވޭ

ބަނދަރު ހެދުމަށްފަހު ކުރިން ގިރާގެން ނުދާހާ ހަލުވި ސްޕީޑްގައި ރަށް ގިރުމުގެ މައްސަލަ ފުވައްމުލަކަށް ކުރިމަތި ވެފައިވޭ

ފުވައްމުލަކަށް ދިމާވެފައިވާ ތަފާތު މައްސަލަތަކުގެ ތެރެއިން ރަށްގިރުމުގެ މައްސަލައަކީ އެކަމަކަށް މިހާރުން މިހާރަށް ހައްލު ބޭނުންވެފައިވާ މައްސަލައެކެވެ. ވެތުވެދިޔަ ސަރުކާރު ތަކުންނާއި މިއަދުގެ ސަރުކާރުންވެސް ފުވައްމުލަކުގެ ރަށްގިރުމުގެ ހައްލެ ގެނެސް ދޭނެކަމަށް ތަކުރާރުކޮއް ދަނީ ވައުދުވަމުންނެވެ.

މި ވައުދުތަކަށް އެއްވެސް އަމަލީ ސިފައެއް އަންނަ ތަނެއް ނުފެނެއެވެ، ކޮންމެ ބޭފުޅަކުވެސް މި ވާހަކަތަށް ދައްކަމުން ގެންދަނީ ސިޔާސީ މަގްސަދެއްގައި ސިޔާސީ މަންފާ ހޯދާށެވެ. އެހެން ގޮތަކަށް ބުނާނަމަ މިވާހަކަތަށް ދައްކަނީ އިންތިޙާބު ކަމިޔާބުކުރަން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި އެވެ. އެއްވެސް އިޙްލާސްތެރިކަމެއް ނެތެވެ.

އިޙްލާސްތެރިކަމުގެ ޒައްރެއްގެ މިންވަރު ހުރިކަމުގައި ވިޔަސް ނަޒުކު ތިމާވެއްޓެއް ގެ މައްޗައް، މާސިންގާ ކަނޑުގައި އެކަހެރިކޮއް އުފެދިފައިވާ ފުވައްމުލަށް ހިމާޔަތް ކުރުމަށްޓަކައި މިރަށް ގިރައިގެންދާ ދިއުމަށް އަވަސް ހައްލެ ގެންނަން މަސައްކަތް ކުރާނެއެވެ.

ފުވައްމުލަކު ރަށްގިރުމުގެ މައްސަލައަށް ހައްލެ ގެނައުމަށްޓަކައި ނެދަލޭންޑްސް ގެ ހިލޭ އެހީގެދަށުން 19.5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި 2014 ވަނަ އަހަރު ޑިސެމްބަރު މަހު 11 ވަނަ ދުވަހު ވަނީ ސޮއިކޮއްފައެވެ. އެއެއްބަސްވުމުގެ ދަށުން 2015 ނިމެންވާ އިރަށް، ގިރާ ސަރަހައްދުތައް ދިރާސާކޮށް ހިމާޔަތަށް ޑިޒައިނެއް ތައްޔާރުކުރަން ޖެހެއެވެ. އަމަލީ މަސައްކަތް މި ހިގަމުންދާ 2016 ވަނަ އަހަރު ފަށަން ވަނީ ނިންމާފައެވެ. އަދި މި ޕްރޮޖެކްޓްގެ ކޮންސަލްޓުންގެ ގޮތުގައި ރޯޔަލް ހަސްކޮނިން ޑީއެޗްވީ ކިޔާ ކުންފުންޏަކާއި އެކުވެސް މި އެބަސްވުމުގައި ސޮއިކުރެވުނު ދުވަހު އެއްބަސްވުމަކަށް އައިސްފައިވެއެވެ.

ނަމަވެސް މިވީހާތަނަށް މަސައްކަތުގެ އެއްވެސް ކަމެއް ހިގާކަން އާއްމު ރައްޔިތުންނަށް އެގޭކަށް ނެތެވެ.

ކަމުގެ ފަންނީ ބޭފުޅުން ބުނާ ގޮތުގައި ފުވައްމުލަކު ބަނދަރު ހަނދަން ވާވަރަށް ދިރާސާ ނުކޮއް ހެނދުމުގެ ސަބަބުން، ބަނަދަރު ހެނދުމުގެ ކުރިން ގިރާގެން ނުދާހާ ހަލުވި ސްޕީޑްގައި މިހާރު ރަށް ގިރުމުގެ މައްސަލަ ފުވައްމުލަކަށް ކުރިމަތި ވެފައިވާކަމަށެވެ. އަދި މިކަމަށް ހައްލެ ނުހޯދައި ފަރުވާ ކުޑަކޮއްފިނަމަ ކައިރި މުސްތަޤްބަލެއް ގައި ފުވައްމުލަކުގެ ބޮޑު ބައެއް ގިރައިގެންދާނެ ކަމަށެވެ.

.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!