6 އޭޕްރީލް 2020 ( ހޯމަ )

banner

ފޭސްައެޕްއިން ހަދާފައިވާ ފޮޓޯ

ފޭސްއެޕާއި މެދު ސަލާމަތީ ކަންބޮޑުވުންތަކެއް

މި ދުވަސްކޮޅު ރާއްޖޭގައި ވެސް މަގުބޫލުކަން އިތުރުވަމުން އަންނަ ފޭސްއެޕް އާއި މެދު ސަލާމަތީ ގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ފަންނީ މާހިރުން ފާހަގަކުރަން ފަށައިފިއެވެ. މިއެޕް ބޭނުންކޮށްގެން މީހުންގެ ފޮޓޯތައް އެތައް އަހަރެއް ފަހުން ހުންނާނެ ގޮތާއި ގާތްކުރާ ގޮތަކަށް ބަދަލުކޮށް ދެއެވެ. ގިނަ ބަޔަކު އަންނަނީ އެގޮތަށް ބަދަލުކުރާ ފޮޓޯ ސޯޝަލް މީޑީއާގައި ޝެއަރ ކުރަމުންނެވެ.

ރަޝިއާގައި 2017 ގައި އުފެއްދި އޭޖިން ފޭސް އެޕްއިން އެމީހަކު އެއަށް ލާ ފޮޓޯއެއް މީގެ 50 ހަކަށް އަހަރު ފަހުން ހުންނާނެ ގޮތަށް އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބަދަލުކޮށް ދެނީ މުޅިން ހިލޭ އެވެ. އެގޮތުން ފޮޓޯގެ މަތިން އެއްގޮތް ލޭޔައެއް ހަދައި، އިސްތަށީގެ ކުލަޔާއި އުމުރުން ދުވަސްވާ ގޮތަށް މޫނު ބަދަލުކޮށްލަދެއެވެ. ތުބުޅި މަތިމަސް ހިމެނުމާއި މީހާގެން ޖިންސް (އަންހެން ފިރިހެން) ވެސް ބަދަލުކޮށްލެވެއެވެ. ބައެއްފަހަރު އެޕަށް ލާ ފޮޓޯގެ އަސްލު އުމަރަށްވުރެ 2 ގުނަ ނުވަތަ 3 ގުނަ އިތުރު ވާގޮތަށް ގެނެސް ދެއެވެ. އަދި ޒުވާންވާގޮށް، ނުވަތަ އުމުރު ހަނގުވާގޮތަށް ވެސް ބަދަލުކޮށްދެއެއެވެ.

މި ދުވަސްވަރު މުޅި ދުނިޔޭގައި ވެސް ފޭސްއެޕްގެ މަޝްހޫރުކަން ވަނީ އިތުރުވެފައެވެ. އެގޮތުން އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމްތަކަށް އެންމެ ގިނަ އިން ޑައުލޯޑުކުރާ އެއް އެޕަކީ ފޭސްއެޕް ކަަމަށް ވެއެވެ.

ފޭސްއެޕްގެ މަޝްހޫރު ކަމާއެކު އޭގައި ބޭނުންކުރާ ޒާތީ މައުލޫމާތުގެ ސަލާމަތްތެރިކަމާއި މެދު ވަނީ ސުވާލުތައް ގިނަވާން ފަށާފައެވެ. އެގޮތުން ފޭސްއެޕަށް ފޯން ފޮޓޯ ގެލަރީގެ ފޮޓޯތައް އިތުރު އެހުމަކާއި ނުލައި ބޭނުންކުރަން ހުއްދަ ދޭ މާއްދާ އެއް ޔޫޒަރ އެގްރިމެންޓްގައި ހިމަނާފައިވާތީ ވަނީ ކަންބޮޑުކުން ފާޅުކުރަން ފަށާފައެވެ.

މިސްރުގެ މަޝްހޫރު ފުޓްބޯޅަ ތަރި ސޮލޯހް ގެ ފޮޓޯ ފޭސްއެޕްއިން

ޓެކްނޮލޮޖީގެ ދާއިރާގެ ޔޫކޭގެ ޑިޖިޓާސް ކުންފުނީގެ ސްޓްރެޓެޖިސްޓެއް ކަމަށްވާ ޖޭމްސް ވެޓްލޭ ހާމަކުރައްވާ ގޮތުން ތިބާ ފޭސްއެޕްގެ އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ އަގެއްގެ ގޮތުގައި ތިބާގެ ފޯންގެ ފޮޓޯގެލަރީގެ ފޮޓޯތައް، ދާއިމަށް ބޭނުން ކުރުމަށާއި، އެޑިޓުކޮށް ބޭނުން ކޮންމެ މީޑީއާ ފޯމެޓެއްގައި ބެހުމަށާއި ނުވަތަ ޑިސްޓްރިބިއުޓު ކުރުމަށް ރޯޔަލްޓީ ފްރީ – ހިލޭ ދިނުމަށް ތިބާ އަށް އެއްބަސް ވެވެއެވެ.

މީގެ ސަބަބުން މީހުންގެ ފޮޓޯތަކާއި މެދު މިއެޕްލިކޭޝަނުން އަމަލުކުރަނީ ކޮން ގޮތަކަށް ކަމާއި އެފޮޓޯތައް ބޭނުންކުރަނީ ކޮންކޮން ކަމަކަށް ތޯ ވަނީ ސުވާލު އުފައްދަން ފަށާފައެވެ. އެއާކު އާއްމު މީހުންގެ މައުލޫމާތުގެ ސިއްރު ނުހިފެހެއްޓުމާއި ސަލާމަތާއި މެދު ކަންބޮޑުވުންތައް ފާޅުކުރަން ވަނީ ފަށާފައެވެ.

ފޭސްއެޕް އިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް – ޖިންސް ބަދަލުކުރެވިފައިކިޔުންތެރިންގެ ޚިޔާލު