12 ނޮވެމްބަރ 2019 ( އަންގާރަ )

banner

އިލެކްޝަންސް ކަމިޝަންގެ ރައީސާއި ނާއިބު ރައީސް މީޑިއާއަށް މައުލޫމާތު ދެއްވަނީ

ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރު އޭޕްރީލް މަހު

ކުރިޔަށް އޮތް ދައުރަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރު އޭޕްރީމް މަހު ފުރަތަމަ ހަފުތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ނަމަވެސް އެއިންތިޚާބު ބާއްވާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައި ނުވާކަމަށް ވެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބެވެ. އެ އިންތިޚާބުގައި ކޮންމެ ރަށެއްގައި ވެސް ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލަށް ނުޔވަތަ ސިޓީ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލާނެއެވެ. މިއީ ވަރަށް ފޯރިއާއެކު ހުރިހާ ހިސާބެއްގައ ިވެސް ކުރިޔަށް ދާ އިންތިޚާބެކެވެ. ލޯކަލް ކައުންސިލްތަކުގެ 4 ވަނަ އިންތިޚާބަކަށް ކުރިމަތިލާއިރު، އެންމެ ފަހުން އެ އިންތިޚާބު ބޭއްވުނީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލަރުންގެ އަދަދު މަދުކޮށް ގެންނެވެ. އަދި ފުވައްމުލަކުގެ އަވަށު ކައުންސިލްތަކާއި އަތޮޅު ކައުސިލް އުވާލައި، ކުރީގައި ތިބި 30 ކައުންސިލަރުންގެ ބަދަލުގައި، 3 ކައުންސިލަރުންގެ ސިޓީ ކައުންސިލެއް ވަނީ އުފައްދާފައެވެ.

ކައުނސިލްތަކަގެ ކުރީގެ ތަޖުރިބާއަށް ފަހު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ކުރިން އަނެއްކާވެސް އެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްތަކުގައި އަންހެންމެންބަރުން ހިމެނުމުގެ ގޮތުން %33 ގެ ކޯޓައެއް ކަނަޑައެޅުމާއި އަންހެނުން ކޮމެޓީގެ ރައީސާ  ކައުންސިލްގައި ހިމެނުމާއި، ވަކިން އަތޮޅު ކައުންސިލެއް އިންތިޚާބުކުރުމުގެ ބަދަލުގައި ރަށު ކައުންސިލްތަކުގެ ރައީސުން އެކުލެވޭ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުން ފަދަ ބައެއް އިސްލާހުތައް ގެނެވޭނެ ކަމަށް ބެލެވެއެވެ.

ލޯކަލް ކައުންސިލްގެ ގާނޫނު އެންމެ ފުރަތަމަ ވުޖޫދުވެގެން އައިއިރު ވެސް ފުވައްމުލަކަށް އޮތީ ވަކިން ޚާއްސަ ގޮތްތަކެއް ކަނޑައަޅާފައެވެ. އެއީ ފުވައްމުލައްކަކީ އެއްރަށެއްގެ މައްޗަށް އެކުލެވޭ އަތޮޅެއް ކަމަށްވެފައި އެއަތޮޅުގައި، އެއަތޮޅުަގއި ބޮޑު އާބާދީއެއް އޮތުމުން ރަށު ކައުންސިލްގެ ބަދަލުގައިި އަވަށު ކައުންސިލްތަކެއް އުފެއްދާށެވެ. އެގޮތުން ފުވައްމުލަކުގެ 8 އަވަށުގައި 8 އަވަށު ކައުންސިލް އަދި އަތޮޅުގެ އިދާރީ 3 ދާއިރާ ނިސްބަތް ވާގޮތަށް ކޮންމެ ދާއިރާއަކުން 2 މެންބަރުން އެކުލެވޭ ގޮތަށް އަތޮޅު ކައުންސިލެއް އުފެއްދިއެވެ.

އަދި އެގާނޫނުގައި ޚާއްސަކަމެއްގެ ގޮތުގައި ފުވައްމުލަކުގެ ކަނޑައެޅ، ީރާއްޖޭގެ އެހެން ރަށްރަށުގައި އާބާދީ މަދުވެގެން ވެސް 5 ކައުނސިލަރުން އައްޔާން ކުރާއިރު، ފުވައމްުލަކުގެ ކޮންމެ ކޮންމެ އަވަށު ކައުންސިލަކަށް އިންތިޚާބުކުރަން އޮތީް 3 މެންބަރުންނެވެ.

އެއާއެކު ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެކަން ބަދަލުކޮށްފައެއް ނުވެއެވެ. އެފަހަރު އަމާޒުވިއެވެ. އެންމެ ބޮޑުފާޑުކީ އެއްކަމަކީ އަވަށު ކައުންސިލްގައި 3 މެންބަރުން ތިބޭ ހިނދު އެކަކު ރައީސް ކަމަށް އަދި އަނެއްމީހާ ނާއިބު ރައީސް ކަމަށް، އައްޔާން ވާ ހިސާބުން ދެން ބާކީ ހުންނާނީ އެންމެ މެމްބަރަކަށްވެ، ކަންކަމުގައި ބަހުސު ކުރަން އެންމެ ގިނަ ވެގެން ވެސް ތިބޭނީ ދެމީހުން ކަމަށްވީއިރު، އެއީ ރައްޔިތުންގެ މައްޗަށް ކަންކަން ނިންމުމުގައި ބަހުސު ކުރަން އެކަށީގެންވާ ގޮތްތޯ އުފެއްދި ސުވާލެވެ. އަދި ބައެއް ހާލަތުގައި 1 ކައުންސިލަރަކު ބަލިވެގެން ނުވަތަ ޗުއްޓީގައި، ނުވަތަ ރަށުގައި ނެތުމުން، އެފަދަ ކަމެއްގައި ބަހުސު ކުރެވޭނެ ގޮތެއް ނެތުން ފަދަ މައްސަލަތައް ފާހަގަކުރެވި އަޑު އުފުލުނެވެ.

ނަމަވެސް އެއިގެ ފަހުން ލޯކަލް ގަވަރމެންޓް ގާނޫނަށް ގެނެވުނު އިސްލާހާއިއެކު ފުވައްމުލައް ސިޓީއަކަށް ބަދަލުވުމުން ވެސް ސިޓީ ކައުންސިލްގައި ތިބީ އެންމެ 3 މެންބަރުންނެވެ. އަދި ފެނިގެންދިޔައީ ކުރީގައި އޮތް 6 މެންބަރުންގެ އަތޮޅު ކައުންސިލަށްވުރެ ހަރަކާތްތެރިކަން ކުޑަކޮށް ކަމަށް އާއްމުން ބުނަމުން ދެއެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އަލަށް ގެނެވޭ އިސްލާޙު ތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ސިޓީ ކައުންސިލްގެ ރައީސާއި ނާއިބު ރައީސ،ް މުޅި ރަށުން ވޯޓްލައިގެން ހޮވާގޮތަށް ހަމަޖެއްސުމާއި އެއިގެ އިތުރުން އިންތިޚާބީ ކޮންމެ ދާއިރާއަކުން 1 މެންބަރު ހޮވުމާއި އަންހެނުންގެ ކޮމެޓީގެ ރައީސާ ސިޓީ ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ކަމަށް އިއްޔެ ކަމިޝަނުން އިއުލާންކުރި އިރު އެގާނޫނުނަށް އިސްލާހު ހުށަހަޅާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެ އިސްލާހުތަކުގެ ތަފުސީލު އަދި އާއްމު ކުރައްވާފައެއް ނުވެއެވެ.

މިހާރު ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރަނީ 3 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް އެމުއްދަތު 5 އަހަރަށް ބަދަލުކުމުގެ ވިސްނުމެއް ވެސް ސިޔާސީ ޕާޓީތަކުން ގެންގުޅެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ މިހާރުގެ އިންތިޚާބީ ދާއިރާގެ ސަރަހައްދަށް ވެސް ބަދަލުއައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ޚިޔާލު