18 ޖެނުއަރީ 2020 ( ހޮނިހިރު )

ހިޖުރީ އާއަހަރުގެ ފެށުން

މިއަދަކީ ހިޖުރީގޮތުން އާ އަހަރެއް ފެށޭ 1441 ވަނަ އަހަރުގެ މުހައްރަމް މަހު 1 ވަނަ ދުވަހެވެ. މިދުވަހުގެ ފެށުން ގޮސް ގުޅިފައި ވަނީ މުސްލިމުނަށް ކާފަރުންގެ އުނދަގުލާހެދި އަމިއްލަ ވަޒަންކަމަށްވާ މައްކާގައި ނުތިބެވިގެން މަދީނާއަށް ކުރެއްވި ހިޖުރައާއި އެވެ. ނުވަތަ ވަޒަން ދޫކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރި ދުވަހާއެވެ. ހިޖުރީ ކަލަންޑަރު ގުނަމުން އަންނަނީ މިދުވަހާއި ގުޅިގެންނެވެ.

މިދުވަހާއި ގުޅުވައިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަަމައްދު ސޯލިހު ގައުމާ މުޚާތަބުކުރައްވައި ވިދާޅުވެފައި ވަނީ އައު އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދީފައިވާ ޢިބްރަތްތަކުގެ އަލީގައި ކުރިމަގު އަލުން ބައްޓަން ކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއް ކަމުގައެވެ.

އެގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވީ މިއަދަކީ އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. މުސްލިމުންގެ ހިޖުރައިގެ މިސާލު ނަންގަވައި ފާހަގަ ކުރެއްވީ މިއީ ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައެވެ. ޤައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައި ވެއެވެ.

ނަބަވީ ހިޖުރައިގެ ގޮތުގައި ފާހަގަ ކުރެއްވީ ރަސޫލު މުހައްމަަދު (ސއވ) މަދީނާއަށް ހިޖުރަ ކުރައްވައި މުހާޖިރިންނާއި އަންސާރުން އަޚުކުރެއްވުމަށާއި މަދީނާއަށް ހިޖުރަ ކުރެއްވި ބޭކަލުންނަށް މަދީނާއިން ހަމަހަމަ ފުރުސަތުތަކެއް ހޯއްދަވައިދެވި ދެއްވުމަށެވެ. މުސްލިމުން އެއްބައެއްގެ ގޮތުގައި އެއްކުރެއްވި އެއްކުރެއްވުމަށެވެ.

ހިޖުރީ އާ އަހަރު ފާހަގަ ކުރަނީ މުސްލިމު ގައުމުތަކުގައެވެ. ހުރިހާ ދީނެއްގެ މީހުން ހެން ވެސް އެބައެއްގެ އައު އަހަރު ފާހަގަ ކުރެއެވެ. އެގޮތުން އެންމެ އާއްމުކޮށް ފާހަގަ ކުރާ އާއަހަރު ތަކަކީ މީލާދީ އާއަހަރާއި ހިޖުރީ އާއަހަރުގެ އިތުރުން ޗައިނީސް ނިއު ޔެއަރ (އާއަހަރު) ފާހަގަ ކުރުން ހިމެނެއެވެ. އާއަހަރު ފާހަގަ ކުރުން ފެށިގެން އައިސްފައި ވަނީ ދީނީ ކަމެއްގެ ގޮތުގައި ނަމަވެސް މިހާރު އާއަހަރު ފާހަގަކުރުން ބޮޑަށް ވެފައިވަނީ އިޖުތިމާއީ ކަމަކަށެވެ.

ދިވެހި ރާއްޖޭގައި އާ އަހަރު ދެ ފަހަރާ ފާހަގަ ކުރެއެވެ. އެއީ މީލާދީ ކެލެންޑަރުން އާ އަހަރު ފާހަގަ ކުރާ ޖެނުއަރީ 1 އާއި ހިޖުރީ ކެލެންޑަރުން ފުރަތަމަ މަސް ކަމަށްވާ މުޙައްރަމް މަހު 1 އެއެވެ.

ހިޖުރީ އަހަރަށް ނިސްބަތްކޮށް ތާރީޚު ދިވެހިން ލިޔާއިރު “ހ.” މިގޮތަށް ތާރީޚުގެ ފަހަތުގައި (މިސާލު 1441ހ.) ލިޔެ އުޅެއެވެ. އަދި މީލާދިން ނަމަ “މ.” މިގޮތަށް ތާރީޚުގެ ފަހަތުގައި (މިސާލު 2019199މ.) ލިޔެ އުޅެއެވެ. ގިނަފަހަރާ ފަހތުަގައި އަނކުރެއް ނެތްނަމަ ބެލެވެނީ އެއީ ނީލާދީ ތާރީޚުގެ ގޮތުގައެވެ.

ހަމަ މިގޮތަށް އިނގިރޭސިން ލިޔާއިރު ހިޖުރީ ތާރީޚު ކަން އަންގަިއ ދިނުމުގެ ގޮތުން ‘އެޗް-  ނުވަތަ “އޭއެޗް”، ނުވަތ އޭޑީ ލިޔެ އުޅެއެވެ.ކިޔުންތެރިންގެ ޚިޔާލު