A wide advertisement which will be shown on all devices. (700 x 100)

ސަތޭކައިގެ ނޫޓުގެ 1.5 ބިލިޔަން ޑޮލަރަކީ 12 ޕެލެޓުގެ ފައިސާބާ؟

1.5 ބިލިޔަން ޑޮލަރަކީ، 100 ޑޮލަރުގެ ނޫޓުން ނަމަ މުދާ ޖަހާ ޕެލެޓްގެ 12 ޕެލެޓް ފުރެންދެން ޖެހޭނެ ވަރުގެ އަދަދެއް

ދޮޅު ބިލިޔަން ނުވަތަ 1.5 ބިލިޔަން ޑޮލަރު (1500000000) އެއްތަނުން އަނެއްތަނަށް ގެންދާނީ ކިހިނެތް ހެޔެވެ؟ ޚާއްސަކޮށް ހަމައެކަނި 100 ޑޮލަރުގެ ނޫޓުން ވެއްޖެއްޔާ އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟ ކަމުގެ ތަޖުރިބާ ކާރުން ބުނާ ގޮތުގައި ނަގުދު ފައިސާ އެއް ގައުމުން އަނެއް ގައުމަށް، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެއެވެ. ބައިނަލް އަގުވާމީ އަދި ގައުމުތަކުގެ ގާނޫނުތަކުން ހުރި ހުރަސްތަކުގެ އިތުރަށް ސައިޒުގެ ގޮތުން އުފުލުން ވެސް ފަސޭހަކަމަށް ނުވާނެއެވެ.

އަދަދުގެ ގޮތުން ބަލާނަމަ އެއީ 15000000 (15 މިލިޔަން) 100 ޑޮލަރުގެ ނޫޓެވެ. ބަރުދަނުގެ ގޮތުން ބަލަމާ ހިނގާށެވެ. އެމެރިކާ ޑޮލަރުގެ ކޮންމެ ނޫޓަކީ ގާތްގަޑަކަށް 1 ގްރާމެވެ. ވީމާ އެއީ 15000 (15 ހާސް) ގްރާމް ނުވަތަ 15 ޓަނުގެ ބަރުދަނެވެ. އަދި އެފަދަ އެއްޗެއް ގެންދިއުމުގައި ހުރިހާ ގޮތަކުން ސަލާމަތީ ކަންކަމަށް ވެސް ބަލަން ޖެހޭތީއެވެ.

އެހެން ހުރިހާ ކަމެއް އެއްފަރާތްކޮށްލާފައި ހަމައެކަނި ސައިޒަށް ބަލަމާ ހިންގާށެވެ. ދޮޅު ބިލިޔަން ޑޮލަރުގެ ސައިޒަކީ މުދާޖަހާ ޕެލެޓް ސައިޒުން ބުނާނަމަ 12 ޕެލެޓުގައި ފުރާ ޖެހޭ ވަރުގެ ނޫޓުތަކެވެ. މުދާ ވެރިކަމަށް ބަލާއިރު ބޮޑެތި އިމާރާތްތަކާއި، އަގުބޮޑު ޖަވާހިރުގެ ގަޑިއާއި، އަނގޮޓީ އަދި އަގުބޮޑު ކާރުތަކަކީ މިއަދަދާއި އަޅާ ކިރާލެވޭ ވަރަށް ވުރެވެސް މާ ކުޑައެއްޗެކެވެ.

ވުމާއެކު މިވަރުގެ އަދަދަކުން އެއްގައުމުން އަނެއްގައުމަށް ގެންދަންޏާ ފްލައިޓެއް ޗާޓަރުވެސް ކުރަން ޖެހޭނެއެވެ. އަދި މޮޅު ޕްލޭންތަކެއް ވެސް އޮންނަން ޖެހޭނެއެވެ. ބާރުގަދަ ނުފޫޒުތަކެއް ވެސް ނެތި އެވަރުގެ އަދަދެއް ގައުމެއްގެ ވިޔަފާރީގެ ތެރެއަށް ނުވެސް ވެއްދޭނެއެވެ.

ދާދިފަހުން އަލްޖަޒީރާ ނޫސް ޗެނެލުން ބުނި ގޮތުގައި ރާއްޖެއަށް ވެސް އެގޮތަށް ފައިސާ އެތެރެކުރަން ކުރީގެ ނާއިބު ރައީސް އަދީބު އުޅުއްވިއެވެ. އަދި އެދުވަސްވަރު އަދީބަށް އެފަދަ ބާރާކާއި ނުފޫޒުތަކެއް ލިބިފަިއ އޮވެމެ، އެނުފޫޒު ބޭނުން ކުރައްވައިގެން ގައުމުގެ ދިފާއީ ބާރުގެތެރެއިން ބައެއްގެ އެހީތެރިކަމާއެކު އެކަން ކުރިކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.

ފައިސާ އެތެރެކުރި ކަމަށް ބުނެވުނު ދުވަސްވަރު އެތަނުން 2 ޕެލެޓެއް ގެއްލުނު ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް ފަހުން އެކަން ހިނގިގޮތް އެނގޭގޮތް ވަނީ ނުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !