22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

އައިއެސް އާއި ގުޅިފައިވާ މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން

ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ދިޔަ މޮޗޯގެ ވާހަކަ

މިދިޔަ އޮކްޓޫބަރ ނިމިގެންދިޔައީ ފުވައްމުލަކު އައިރީ، އަހުމަދު މުންސިއު (މޮޗޯ) އާއި ސުމާ އަލީ ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ދިޔަ ޚަބަރާއިއެކުއެވެ. މުންސިއުގެ އިތުރުން ރ.މީދޫ އާއިލާއެއްވެސް ވަނީ ޖިހާދަށް ގޮސްފައެވެ. މިފަދަ ގޮތްގޮތަށް ޖިހާދަށް ބުނެ ސީރިއާއަށް ދާ ފަރާތްތަކުގެ މައުލޫމާތާއި އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ގިނަ ބަޔަކު އަޑުއަހާލަން ބޭނުންވެއެވެ. އެގޮތުން، ތިރީގައި މިހިމަނާލަނީ އައިއެސް ނުވަތަ ދައުލަތުލް އިސްލާމިއްޔާ އަށް ތާއީދުކުރާ ބަޔަކު މުންސިއުގެ އެކުވެރިއަކާއި ބައްދަލުވެ އެއެކުވެރިޔާ އޭނާއާއި ގުޅޭ ގޮތުން ކިޔައިދީފައިވާ ވާހަކައަށް ކަމަށް ބުނެ ލިޔެފައިވާ ލިއުމެއްގެ ޚުލާސާ ނަކަލެކެވެ.

އަޙްމަދު މުންސިއު ނުވަތަ މޮޗޯ އަކީ، ހިދާޔަތުގެ އަލިކަން ލިބުމުގެ ކުރީގައި ވިއްސިވިހާލިވެފައިވާ ދިރިއުޅުމެއް ވޭތުކުރި ޒުވާނެކެވެ. ބަދުނަސީބު ދިރިއުޅުމެއް އުޅެމުން އުޅެމުން އައި ޒުވާނެކެވެ. އެ ނުބައި އުޅުމުގެ ތެރެއިން އޭނާ ޖަލަށް ލެވުނެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ވަނިކޮށް އޭނާޔަށް ވަރަށް އާދަޔާޚިލާފު ހުވަފެނެއް ފެނުނުކަމަށް އޭނާގެ އެކުވެރިޔާ ކިޔާދިނެވެ. އަދި ނިދިން ހޭލެވުނު އިރު ހިތަށް ވަނީ ގޮތްނޭގޭ ބިރުވެތި ކަމެއް ވެރިވެފައެވެ. އަދި އޭނާޔަށް އުޅެވިފައިވާ ވިޔާނުދާގޮތްތައް ދޫކޮށް ތެދުމަގު އިޚްތިޔާރު ކުރުމުގެ ރޫހު އޭނާގެ ހިތާހަށިގަނޑުގެ ތެރޭގައި ހިނގައިގަތްކަމަށް އޭނާ ކިޔާދިން ކަމަށްވެއެވެ. އުފެދުނު ވަރުގަދަ އަޒުމާއެކު މޮޗޯ ﷲ ގެ ހަޟްރަތަށް ރުޖޫޢަވެ ތައުބާވިކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.

މޮޗޯއަކީ އޭނާގެ އަނދިރި މާޒީގައި، އަނދިރި ގޮތްގޮތުން ފައިސާ ހޯދާފައިވާ ތަނަވަސް ޒުވާނެކެވެ. އަތުގައި ގިނަ އަދަދަކަށް ފައިސާ ހުއްޓެވެ. އެހެނަސް ތެދުމަގު ލިބުމާއެކު ކުރިން އޭނާއަށް ލިބުނު ބައިވަރު ފައިސާތައް އޭނާ ދޫކޮށްލިއެވެ. އަދި އޭނާ އިޚްތިޔާރުކުރީ ﷲ ތަޢާލާގެ ފާފަފުއްސެވުން ހޯދުމަށް މަސައްކަތް ކުރުމަށެވެ. އެކުވެރި ރަހުމަތްތެރީންވެސް މިކަމަށްޓަކައި ދޫކޮށްލަންޖެހުނެވެ.

މޮޗޯ ކިޔައިދިންކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ: [ބުރޯއަށްވެސް އެނގޭނެ އަހަރެންގެ އެންމެ ގާތް އެކުވެރިއަކީ (…) ކަން، އަހަރެން އޭނާއާއި ވަކިވާން ވަރަށް އުދަގޫވި، ވަރަށް ނަޞޭހަތްތެރިވީން، އެހެނަސް މާކަށްބޮޑު ބަދަލެއް ނައުމުން އެކަމާއި ހިތާމަކުރިން. ދެން އަހަރެން ޤުރްއާން ތަރުޖަމާ ކިޔައި، ޤިޔާމަތްދުވަހުން ދުނިޔޭގައި ﷲ އެއްލާލައިފި ބަޔަކު ޤިޔާމަތްދުވަހުން އަހަރެންވެސް އެއްލާލާނޭކަން އެނގުނު، ދެން ﷲ އަށްޓަކައި ގުޅުން ކަނޑާލީ]
އެގޮތުން އޭނާ މާލެ ދޫކޮށް އޭނާގެ އުފަން ފުވައްމުލަކަށް ބަދަލުވިއެވެ. އަދި ކައިވެންޏަކަށް އަވަސްވެގަތެވެ. އެއީ އޭނާގެ ޒުވާންކަމުގެ މައްޗަށް ޝައިތާނާގެ ވަސްވާސްތައް ގަދަވެގަނެ ފާހިޟް ޢަމަލަކަށް އަރައިގަނެވިފާނެ ކަމުގެ ބިރު ހީވާތީއެވެ. އެގޮތުން އެނާ ކައިވެނީގެ ގޮތުން ގުޅުނީ ޒުވާން މަރިޔަމް ސުމާއާއިއެވެ.

ކައިވެންޏަށްފަހު ދެޒުވާނުންގެ ހަޔާތުގެ ދުވަސްތައް ވޭތުކުރަމުން ދިޔައީ މޮޗޯގެ މައިންބަފައިންގެ ކައިރީގައެވެ. ކައިވެނި އޭގެ ޅަފަތުގައިވީ މިމަފިރިންނަށް އެމީހުންގެ ޙަޔާތުގެ އުފާވެރިކަމަށް މިމުޖްތަމަޢުގެ ފަސާދަވެރިކަމާ ނުބައިކަން ހުރަސް އަޅަމުން ދާކަން ވިސްނެން ފެށިއެވެ. އެބާއްޖަވެރި ކައިވެނީގެ ބަރަކާތުން އެދެމަފިރިން އިންދާއޮށުން ފަޅާގަސް އެއީ މިފަދަ ފަސާދައިން ފުރިފައިވާ ބިމަކުން ފަޅާ ގަހަކަށް ވުމަށް އެދެހިތެއް ނޭދުނެވެ. ކިތަންމެ ސާފު ފެނެއް އެގަހަށް ދިންކަމުގައި ވިޔަސް، ތަޣައްޔަރުވެފައިވާ ބިމަކުން އެގަހައް ލިބޭ ނުބައި ކާނާޔާ، ވިހަ ޖައްވަކުން އެގަހަށްލިބޭ ވިހަވައިގެ ސަބަބުން އެގަހަކީ ޅަފަތުގައި މަރުވެފައިވާ ގަހަކަށްވެދާނެކަމުގެ ބިރު އެދެމަފިރިންނަށް ހީވަމުން ދިޔައެވެ.

އެހެންކަމުން، ކައިވެންޏަށް އެންމެ އަހަރެއްވެސް ނުވާ ދެމަފިރިން ދިރިއުޅުން ދައުލަތުލް އިސްލާމަށް ބަދަލު ކުރީއެވެ. އަމިއްލަ ވަޒަނާއި، މައިންބަފައިންނާ އާއިލާޔާ ގާތްތިމާގެ މީހުން ދޫކޮށް އެދެމަފިރިން ދަތުރުފަށާފައިވަނީ ނުހަނު ފޮނި އުންމީދު ތަކަކާއެކުގައި ކަމަށްވެއެވެ.

އެދެމަފިރިން ޖިހާދަށް ކަމަށް ބުނެ ދިޔައީ، އެދެމަފިރިންގެ ޙަޔާތަށް އައުމަށް އެދޭ މެހެމާނާޔަށް، އެންމެ ރިވެތި އަދި އެންމެ ހެޔޮ މެހެމާންދާރިއެއް ދެވޭނެފަދަ މެހެމާން ޚާނާއެއް ހޯދުމަށް ކަމަށް ބުނެއެވެ. އެދެމަފިރިން އެދެނީ އެދެމަފިރިންގެ އަލަތު ދަރިފުޅުވެސް އެފަދަ ބާއްޖަވެރި ބަރަކާތްތެރި ބިމަކަށް އުފަންވުން ކަމަށް ބުންޏެވެ.

banner

ކިޔުންތެރިންގެ ޚިޔާލު