A wide advertisement which will be shown on all devices. (700 x 100)

“ސައިބޯރގް” Cyborg އިން އިންސާނުންނަށް އިތުރު ކުރިއެރުން ހޯދިދާނެ

މިރޭ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ޕްރޮފެސަރ ކެވިންވާރވިކްގެ "ސައިބޯރގް" ގްރެޒެންޓޭޝަން. ފޮޓޯ: މިކަލް ނިއުސް

ސައިބޯރގް އިން އިންސާނުންނަށް އިތުރު ކުރިއެރުންތަކެއް ހޯދިދާނެ ކަމަށް ޕްރޮފެސަރ ކެވިން ވާރވިކްގެ ތަހުލީލުތަކުން ދައްކުވައިދީފިއެވެ. މިރޭ ގައުމީ ޔުނިވަރސިޓީގައި، ޕްރޮފެސަރ ކެވިން ވާރވިކްގެ ތަހުލީލުތައް ހުށަހަޅައިދިނުމަށް ބޭއްވި ޕްރެޒެންޓޭޝަންގައި، ސައިބަނެޓިކްސް ބޭނުންކޮށްގެން އިންސާނުގެ ހިއްސުތައް އިތުރަށް ފުރިހަމަ ކުރެވިދާނެކަން އޭނާ ދައްކުވައިދިނެވެ. އަދި ސައިބަނެޓިކްސް ބޭނުންކޮށްގެން ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެކަމަށާއި އިންސާނުން މުއާސަލާތު ކުރަމުންދާގޮތް އެތައް ގުނައަކުން އިތުރަށް ފުރިހަމަ ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ސައިބޯރގް އަކީ ކޮބާ؟

ސައިބޯރގް އަކީ ސައިބަނެޓިކްސް ނުވަތަ ސައިބަނެޓިކް އޯރގަނިޒަމް އެވެ. ނުވަތަ މިދެބަިއ ގުޅޭ ހިސާބެވެ. އެލެކްޓްރޯނިކްސް ސެންސަރސް އާއި ދިރުންހުރި އެއްޗެހިގެ ހިއްސުތައް ގުޅުވަދިނުމެވެ. އެހެން ގޮތަކުން ބުނެދޭނަމަ އެއީ އިންސާނުންގެ ބައިތަކާއި މެކޭނިކަލް އަދި އިލެކްޓްރޯނިކްސްގެ ބައިތައް އެއްކޮށްގެން އިންސާނާއަށް އިތުރު ފުރިހަމަކަން ގެނެސްދިނުމެވެ.

މި ވިސްނުމުގެ އަސްލު ބިނާވެގެން އައިސްފައި ވަނީ ސައިންޓިފިކް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ކަމަށް ވިޔަސް، ބޭސްވެރިކަމުގެ ދާއިރާއިންނާއި، ގުނަވަންތައް ބަދަލުކުރުމުގެ ދާއިރާއިން، މިވިސްނުން ތަރައްގީ ކޮށްގެން މިހާރު އަންނަނީ އެކިއެކި ކަންކަމުގައި ބޭނުން ކުރަމުންނެވެ.

ތަޙުލީލުތައް ދައްކާލުން – މާލޭގައި

މި ދާއިރާއިން މިހާރު ކުރިޔަށްދާ ތަހުލީލުތައް ހުށަހަޅާދެއްވަމުން، ޕްރޮފެސަރ ކެވިން ވާރވިކް ވަނީ އޭނާގެ ބައެއް ތަހުލީލުތައް މިރޭ ދައްކާލާފައެވެ. އެ ތަޙުލީލުތަކުގައި ޚުދު އޭނާ ބައިވެރިއެެއްގެ ހައިސިއްޔަތުން އަމިއްލަ އަތަށް އެލެކްޓްރޯނިކް ޗިޕެއް ލައްވައި އޭނާގެ ހިއްސުތަކުގެ ބާރުވެރިކަން އިތުރުކުރި ގޮތްތައް ހުށަހަޅާދިނެވެ.

އޭނާގެ ކޮޓަރީގެ ދޮރާއި ކައިރިވާ ތަނުން އެއީ ކެވިން ކަން ޔަގީން ކުރުމަށްފަހު އޮޓޯމެޓިކުން ދޮރު ހުޅުވުމާއި، އެއްވެސް އިޝާރާތާކާއި ނުލައި ކޮޓަރީގެ ބޮކިތައް ދިއްލުމާއި، އޭނާއަށް މަރުހަބާ ކިޔުން ހިމެނެއެވެ. އަދި އޭނާގެ ހަށިގަނޑުގައި ހެދުމުގައި ނުވަތަ ހަށިގަނޑުގައި ހަރުކުރެވިފައިވާ އަލްޓްރާ ސޮނިކް ވޭވްސް އަދި އިންފްރާ ރެޑް ފަދަ ވޭވްސް މެދުވެރިކޮށް އެކޮޓަރީގައި ވާ ތަފާތު ސިގްނަލްތައް އޭނާގެ ސިކުޑިއާ (ހިއްސުތަކާއި) ގުޅުވައި ދެއެވެ. އެގޮތުން ފިނި ހޫނުމިނާއި، އެހެން އެއްޗެއްހީގެ ހޭލަމޭލަވުން، ހަރަކާތްކުރާ އެއްޗެސާއި އޭނާއާއި ހުރި ދުރު-ގާތްމިން އަންގައިދިނުން ފަދަ ކަންކަން ހިމެނެއެވެ.

މިރޭ ޕްރޮފެސަރ ކެވިން ހާމަކުރެއްވި ގޮތުން އަޅުގަޑުމެންގެ ހިއްސުތަކަށް އެނގެނީ މާހަލުގައި ހިނގާ ކަންކަމުން ވަރަށް މަދު ބައެކެވެ. އެގޮތުން ގާތްގަޑަކަށް %90 ސިގްނަލްތައް އިންސާނުންގެ ހިއްސުތަކަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަނގަކުރެއްވި ގޮތުން އަޅުގަނޑުމެންގެ ވަށައިގެން ވާ މޯބައިލް ސިގްނަލްތަކާއި، ވައިފައި، އިންފްރާ ރެޑް، ރޭޑިއޯ ވޭވްސް ފަދަ އެތައް ސިގްނަލްތަކަކީ އަޅުގަނޑުމެންގެ ހިއްސުތަކަށް ނަގައިގަނެވޭ ވަރުގެ އެއްޗެއްސެއް ނޫނެވެ. ނަމަވެސް އެލެކްޓްރޯނިކް އާލާތަކުން އެސިގްނަލްތައް އަޅުގަނޑުމެންގެ ސިކުޑިއާއި ގުޅުވައިގެން އިންސާނިއްތަށް ވަރަށް ގިނަ ތަފާތު ކުރިއެރުންތަކެއް ހޯދިދާނެކަމަށް ވިދާޅުވިއެވެ.

ޕްރޮފެސަރ ކެވިން ވަނީ އޭނާގެ ހަށިގަނޑުގެ ހިނގުން ނުވަތަ އިޙުސާސުތައް، ދުރުގައި ހުއްޓަސް، އޭނާގެ އަންހެނުން އަޅާ ގަހަނާއެއް މެދުވެރިކޮށް އަންހެނުނަށް އެނގޭ ގޮތް ތަޙުލީލުކޮށް އެކަން ސާބިތުކޮށްދީފައެވެ.

އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުން ހޯދާފައިވާ ރޮބޯޓިކްސްގެ ވެސް މުޅިން އާ ބާބެއް ގެނުވިދާނެ ގޮތް ދައްކުވައި ދިނެވެ. “މީދަލުގެ ސިކުޑީގެ ސެލް” ބޭނުންކޮށްގެން އުފެއްދި ސިކުޑިއެއް، މާހައުލު ދަސްކުރާގޮތް ދިރާސާކޮށްގެން، އިންސާނުން ކަންތައްތައް ދަސްކުރާ ގޮތް މިހާރަށްވުރެ އިތުރަށް އުނގެނެވިދާނެ ކަމަށް ހާމަކޮށް ދެއްވިއެވެ.

މައިގަނޑުގޮތެއްގައި ޑޮކްޓަރީ ބޭހުން ފަރުވާ މިހާރު ލިބިގަނެވެނީ ކެމިކަލްސް (ކާ ބޭހުން) މެދުވެރިކޮށް އެކަނި ކަމަށާއި، އެއިގެ ބަދަލުގައި އިންސާނާގެ ނާރުތަކުގައި ވާ އިލެކްޓްރިކް ސިގްނަލްތައް މެދުވެރިކޮށް ދެވޭ ފަރުވާ އިތުރު ކުރުމުން، ފަރުވާ މާބޮޑަށް ވެސް ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ. އެގޮތުން ޕާކިންސަން ބަލީގެ ބަލިމީހަކަށް މެގްނެޓިކް ރިލޭއެއް ސިކުޑީގައި އިންދައިގެން ހޯދި ކާމިޔާބީގެ ވީޑިއޯއެއް ވެސް އޭނާ ދައްކުވައިދިނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !