A wide advertisement which will be shown on all devices. (700 x 100)

ނަލަ ނަލަ ފުވައްމުލައް، ކުނި ގޮނޑަކަށް ނަހަދަމާތޯ؟

ފުވައްމުލަކު ބަނދަރު ކުނިން ފުރިފައި - ފޮޓޯ އަފްރާޙް މުހައްމަދު - 2018

ފުވައްމުލަކުގައ އެއާޕޯޓެއް ހެދުމާއިއެކު އެކީހެން, ފުވައްމުލަކުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެ ފުވައްމުލަކުގެ ރީތި ކަން ހަމަލޮލުން ދެކިލުމަށް އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ނަމަވެސް މިއަދު ފުވައްމުލަކުގެ އެކި ސަރަހައްދު ތަކުން މި ފެންނަމުން ދަނީ، ރަށުގެ ރީތި ކަމާއި ހިތްގާއިމުކަން ދެކިލަން އަންނަ ފަތުރުވެރިންނަށް ބަލާލަން އެހާއި ފަސޭހަ މަންޒަރުތަކެއް ނޫނެވެ. އެއްވެސް ވިސްނުމެއް، ފިކުރެއްނެތި، ހިތަށް އެރިހާއި ތަނަކަށް ކުނިއަޅުމުގެ ސަބަބުން “ނަލަ ފުވައްމުލަށް” މިއަދު މިވަނީ ނޭގި ނަމަވެސް “ކުނި ގޮނޑަކަށް” ވެފައެވެ.

ކޮންމެ ކަމެއްގައި އެއްބަޔަކު އެނެއްބަޔަކު ކުއްވެރި ކުރުމުގެ އުސޫލް ދޫކޮއްލާފައި ކޮންމެ ފަރާތަކުންވެސް އެބަޔެއްގެ ޒިންމާއެއް ވާކަން ދަނެ، އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކަރަން ޖެހެއެވެ.

މި ރަށުގެ ހިތްގާއިމު ރީތި މާހައުލް ސާފުކޮއް ބެލެހެއްޓުމަކީ އަޅުގަނޑުމެން ރަށްދެކެ ލޯބިވާ، ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާ އެއްކަން ޔަގީނެވެ. ހަމަ މިއާއި އެކު އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައިވާ، އެންމެހާއި ތަންތަން ޒިންމާދާރުކޮއް ބެލެހެއްޓުމަކީ އަތޮޅު ކައުންސިލްގެ ވެސް ޒިންމާއެކެވެ. އެ ޒިންމާ އޭގެ ފުރިހަމަ ގޮތުގައި އަދާކުރަންޖެހެއެވެ.

ފުވައްމުލަކުގައި ހިންގާ ގެސްޓް ހައުސްތަކުން އިސްނަގައިގެން، ފުވައްމުލަކު ތުނޑި ސާފުކުރުމުގެ ހަރަކާތެއް 26 ޑިސެމްބަރ 2014 ވާ ހުކުރު ދުވަހު 15:00ގައު ހިންގުމަށް ވަނީ ހަމަޖެހިފައިއެވެ. މި ހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !