22 މެއި 2018 (އަންގާރަ)


މިސްކިތްމަގު އެންމެންގެ ގުޅުމުން މޯލްޑިވިއަން ރކ 3-0ން ބަލިކޮށްފި

މޮޅު ކުޅުންތެރިޔާއަށް ޝާފީ ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ވީއޭއެމް

މޮޅު ކުޅުންތެރިޔާއަށް ޝާފީ ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ވީއޭއެމް

މިއަދު މާލޭގައި ފެށި އަލްމުދިޝް ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗު 3-0 ސެޓުން މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފިއެވެ. ޔޫތު ސެންޓަރުގެ އެތެރޭގެ ވޮލީ ކޯޓުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ފުވައްމުލަކު ދެ ޓީމް ބައިވެރިވެފައި ވެއެވެ. އެއީ މިސްކިތްމަގު ޓީމުގެ އިތުރުން މާދަޑަށް ނިސްބަތްވާ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ)ގެ ވޮލީ ޓީމެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުގެ މައްޗަށް މިސްކިތްމަގު ޓީމުން ސެޓްތައް ހޯދީ 22-25، 17-25 އަދި 25-27ން ނެވެ.

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި މުޅިއެކު މިފަހަރު ވާދަކުރަނީ 5 ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގު އެންމެގެ ގުޅުމުގެ ޖާޒީ ނަމްބަރު 6 ޕްރަތީބާ މަލީ އެވެ.

މޮޅު ކުޅުންތެރިޔާއަށް އިނާމް ދެއްވީ މިއަދު މެޗްގެ ޝަރަފްވެރިމެހްމާން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބް ރައީސް އަދި ކުޅިވަރު ކައުންސިލްގެ ރައީސް ހުސައިން ޝާފީ އިބްރާހިމް އެވެ.

އަންނަ ހޯމަ ދުވަހު (7 ނޮވެމްބަރު)ގައި މިސްކތްމަގު އގ ބައްދަލުކުރާނީ ކ.ޕޯލްސްޓަރ ޓީމާއި އެދުވަހުގެ ހަވީރު އެވެ. ހަމަ އެދުވަހުގެ ރޭގަނޑު 8:30 ފިސްޑާ ބައްދަލުކުރާނީ މޯލްޑިވިއަންގެ ރެކްރިއޭޝަން ކުލަބާއެވެ. މީގެ އިތުރުން މިމުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ ޕޮލިސް ކްލަބެވެ.

ފުވައްމުލަކު ޓީމްތައް މެޗްކުޅޭނެ ތާރީހްތަކާއި ގަޑިތައް
7 ނޮވެމްބަރ – 16:15 މިސްކިތްމަގު އގ – ކ.ޕޯލް ސްޓަރ
7 ނޮވެމްބަރ – 20:30 ފިސްޑާ– މޯލްޑިވިއަން ރސ
10 ނޮވެމްބަރ – 16:15 ފިސްޑާ – ކ.ޕޯލް ސްޓަރ
10 ނޮވެމްބަރ – 20:30 މިސްކިތްމަގު އގ – ޕޮލިސް ކުލަބް
13 ނޮވެމްބަރ – 16:15 ފިސްޑާ – ޕޮލިސް ކުލަބް
16 ނޮވެމްބަރ – 20:30 މިސްކިތްމަގު އގ – ފިސްޑާ

ލީގުގެ އެންމެ ކުރި ހޯދާ ހަތަރު ޓީމެއް ގައުމީ ވޮލީ މުބާރާތަށް ހޮވޭނެއެވެ. އަދި އެމުބާރާތް ކުރިއަށްގެންދާނީ ތިން ސެމީ ފައިނަލް ކުޅޭ އުސޫލަށެވެ.

ފިސްޑާ އަދި މިސްކިތްމަގު އެންމެންގެ ގުޅުން ވޮލީ ލީގަށް ހޮވިފައިވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ވޮލީ ބޯލް އެސޯސިއޭޝަނުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމްގެ ގޮތުގައެވެ. މިލީގުގެ ފިރިހެން ޑިވިޝަންގެ ހަޓީމް ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!